| ރަށް | ރަށުކައުންސިލުން އަތޮޅު ކައުންސިލަށް ދީފައިވާ މައުލޫމާތު | ފިޝަރީސް މިނިސްޓްރީއިން އާންމުކޮށްފައި މައުލޫމާތު |
| ތުރާކުނު | 9 | 4 |
| އުލިގަން | 2 | 2 |
| މޮޅަދޫ | 0 | 0 |
| ހޯރަފުށި | 19 | 8 |
| އިހަވަންދޫ | 26 | 27 |
| ކެލާ | 4 | 0 |
| ވަށަފަރު | 9 | 0 |
| ދިއްދޫ | 4 | 2 |
| ފިއްލަދޫ | 2 | 1 |
| މާރަންދޫ | 23 | 0 |
| ތަކަންދޫ | 2 | 0 |
| އުތީމް | 2 | 0 |
| މުރައިދޫ | 0 | 0 |
| ބާރަށް | 2 | 1 |
| ޖުމްލަ | 104 | 45 |
ހއ އަތޮޅުގައި 45 މަސްވެރި އުޅަނދު، 27 އުޅަނދު ނިސްބަތްވަނީ އިހަވަންދޫއަށް
ހއ އަތޮޅުގައި ރަޖިސްޓރީކޮށްގެން މަސްވެރިކަންކުރާ 45 އުޅަނދު އޮޕަރޭޓްކުރާކަމަށް، މިނިސްޓްރީ އޮފް ފިޝަރީސް، މެރައިން ރިސޯސް އެންޑް އެގްރިކަލްޗާއިން އާއްމުކޮށްފައިވާ ތަފާތުހިސާބުތަކުން ދައްކައިފިއެވެ. ފިޝަރީސް މިނިސްޓްރީއިން މިހިނގާ މެއި މަހުގެ 19 ވަނުދުވަހު އާއްމުކޮށްފައިވާ، މަސްދޯނިތަކަށް ހުއްދަ ދީފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު ހއ އަތޮޅުގައި އޮޕަރޭޓްކުރާ 45 އުޅަނދުގެ ތެރެއިން 27 އުޅަނދު ނިސްބަތްވަނީ އިހަވަންދޫއަށެވެ. އެއީ ހއ އަތޮޅުގައި މަސްވެރިކަންކުރާ 60% އުޅަނދެވެ.
ހއ. އަތޮޅު ރަށު ކައުންސިލްތަކުން ހއ. އަތޮޅު ކައުންސިލަށް ފޯރުކޮށްދީފައިވާ މައުލޫމާތަށް ބަލާއިރު ހއ އަތޮޅުގައި މަސްވެރިކަންކުރާ 104 އުޅަނދެއް އޮވެއެވެ. ބައެއް ރަށު ކައުންސިލްތަކުން ތަފާތު ހިސާބު ފޯރުކޮށްދިނުމުގައި އޮޅުވާލުންތައް ގެންގުޅޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. ފިޝަރީސް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހއ އަތޮޅުގައި މަސްވެރި އުޅަނދުފަހަރު އޮޕަރޭޓްކުރަނީ 7 ރަށުގައެވެ. އެއީ ތުރާކުނު، އުލިގަން، ހޯރަފުށި، އިހަވަންދޫ، ދިއްދޫ، ފިއްލަދޫ އަދި ބާރަށެވެ.
މަސްވެރިކަމުގެ ގާނޫނު، ގާނޫނު ނަންބަރު: 2019/14 ގައި ވާގޮތުން،ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ވައްތަރެއްގެ، މަސްވެރިކަންކުރަންވާނީ، މަސްވެރިކަމުގެ ލައިސަންސް ހޯދުމަށް ފަހުއެވެ. ހއ. އަތޮޅުގައި މަސްވެރިންނަށް ހިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ވަސީލަތްތަކަށް ބަލާއިރު ހއ. އިހަވަންދޫ އަދި ހޯރަފުށީގައި، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް އައިސް ޕްލާންޓްވަނީ ގާއިމް ކޮށްފައެވެ. އަދި 21 އޭޕްރީލް 2022 ގައި ވަނީ ހއ. ދިއްދޫގައި އައިސް ޕްލާންޓެއް ހެދުމަށް ޓެންޑަރ އަށް ހުޅުވައިލާފައެވެ. މީގެއިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބަޖެޓުން 486,346.00ރ ހަރަދުކޮށްގެން ހއ. ކެލާގައި މަސް މާރުކޭޓެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިޔަށް އެބަދެއެވެ. ހއ. ކެލާގައި މަސް މާރުކޭޓެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު އެއީ މަސްވެރިކަމުގެ ލައިސަންސް ދޫކޮށްފައިވާ އެއްވެސް އުޅަނދެއް ނެތް ރަށެއްކަން ފާހަގަ ކުރެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ފިޝަރީސް މިނިސްޓަރ ޑރ. ހުސައިން އިހަވަންދޫއަށް ވަޑައިގެންފި
22 - ޑިސެމްބަރު - 2022
ފިޝަރީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފެށޭނީ، މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހިއްކާ ނިމުމުން : ފިޝަރީސް މިނިސްޓްރީ
27 - ފެބްރުއަރީ - 2026
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އިހަވަންދޫގެ ފެންވަރު ދައްކާލައި ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
7 - ނޮވެމްބަރު - 2025
ވަށަފަރާއި އެއްވަރުވުމުން، މިރޭގެ މެޗުން މޮޅުވާން އިހަވަންދޫއަށް މަޖުބޫރު
7 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ހޯރަފުށި ބަލިކޮށް އިހަވަންދޫ އުއްމީދު އާކޮށްފި
6 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އުތީމާއި އިހަވަންދޫއަށް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
4 - ނޮވެމްބަރު - 2025
ތިލައުތުރު ވޮލީ މުބާރާތުގެ ތަށި މިފަހަރުވެސް ގެންދިޔައީ މުރައިދޫއަށް!
2 - ޖޫން - 2025
ތިލައުތުރު ވޮލީ މުބާރާތް 2025: މިފަހަރުވެސް މުރައިދޫއާ އިހަވަންދޫގެ ފައިނަލެއް!
1 - ޖޫން - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް