އިހަވަންދޫ ވިމަންސް ކޮމިއުނިޓީ ގުރޫޕާއި ކޮމިއުނިޓީ ސްކައުޓް ގުރޫޕު ގުޅިގެން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް
އިހަވަންދޫ ވިމަންސް ކޮމިއުނިޓީ ގްރޫޕާއި އިހަވަންދޫ ކޮމިއުނިޓީ ސްކައުޓް ގްރޫޕް ގުޅިގެން ، ކުދިންގެ ފަރާތުންފެންނަ ތަފާތުތައް ، ޅައުމުރުގައި ދެނެގަންނާނެގޮތާއި އެހީތެރިވެވޭނެގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދޭ ސެޝަންތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ސެޝަންތަކުގެ މަގުސަދަކީ ކުދިންގެ ފަރާތުން ފެންނަ ތަފާތުތައް ޅަ އުމުރުގައި ދެނެގަނެ، އެހީތެރިވެވޭނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުން ކަމަށް ވިމަންސް ކޮމިއުނިޓީ ގުރޫޕުން ބުނެއެވެ.
މި މަހުގެ 18 ވަނަ ދުވަހު މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ސެޝަންތަކުގައި މައުލޫމާތު ދެއްވާނީ ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާއިން މާސްޓާރސް ނަންގަވައިގެން ހުންނެވި، ވިމަންސް ކޮމިއުނިޓީ ގުރޫޕުގެ ނައިބު ރައީސާ ހަލީމަތު ހުސައިން ކަމަށް މައުލޫމާތު ލިބެއެވެ. ހަލީމަތު ހުސައިނަކީ ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާގައި 18 އަހަރުގެ ތަޖުރިބާ ހުންނެވި ކަނބަލެކެވެ. މީގެ އިތުރުން ހަލީމަތު ހުސައިން ވަނީ ދާއިރާއާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ރާއްޖެއިންނާއި ރާއްޖެއިން ބޭރުންވެސް ފުރިހަމަ ކޮށްފައިވެއެވެ.
މި ސެޝަންތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 9954095 އަށް ގުޅުއްވައިގެން ނުވަތަ މެސެޖް ކޮށްގެން ނަން ނޯޓު ކުރެވޭނެއެވެ. މީގެ އިތުރުން ވިމަންސް ކޮމިއުނިޓީ ގުރޫޕުގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރައްވައިގެންވެސް ނަން ނޯޓު ކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ގުރޫޕުން މި ނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު މި ދުވަހާ ގުޅިގެން އިހަވަންދޫ ވިމަންސް ކޮމިއުނިޓީ ގުރޫޕުން ވަނީ މި މަހުގެ 12 ވަނަ ދުވަހު އެއްހަމަ ހަވީރުގެ ނަމުގައި އިވެންޓްތަކެއްވެސް ކުރިއަށްގެންގޮސްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އެއްހަމަ ހަވީރުގައި ކޮމިއުނިޓީ ސުކައުޓު ގުރޫޕުން ހިންގާނެ ހަރަކާތްތައް ހާމަކޮށްފި
11 - ޑިސެމްބަރު - 2020
އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ ގުރޫޕު، އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ ގެ ނަމުގައި ރެޖިސްޓްރީ ކޮށްފި
7 - ނޮވެމްބަރު - 2021
މަދަނީ ޖަމިއްޔާއެއްގެ ގޮތުގައި IWCG ރެޖިސްޓަރކުރުމުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދަނީ
23 - މޭ - 2021
އިހަވަންދޫގެ އެކިއެކި އެންޖީއޯސް ތަކުން ފުލުހުންގެ އަހަރީދުވަސް ފާހަގަކޮށްދީފި
7 - އޭޕްރީލް - 2021
އައި.ޑަބްލިއު.ސީ.ޖީ.އިން އިހަވަންދޫގައި ކަސްރަތު ޕްރޮގުރާމެއް ފަށައިފި
16 - މާރިޗު - 2021
އެއްހަމަ ހަވީރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކުރެވުނު ހަވީރު
13 - ޑިސެމްބަރު - 2020
އެއްހަމަ ހަވީރުގެ ހަރަކާތްތައް ވަރަށް ތަފާތު
12 - ޑިސެމްބަރު - 2020
އެއްހަމަ ހަވީރުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ: އިހަވަންދޫ ވޮމެންސް ކޮމިއުނިޓީ ގުރޫޕު
11 - ޑިސެމްބަރު - 2020
އައި.ޑަބުލިއު.ސީ.ޖީ ގެ އިސްނެގުމާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަނީ
22 - ނޮވެމްބަރު - 2020
އައި.ޑަބުލިއު.ސީ.ޖީގެ ފަރާތުން ހިލޭ ގާރީ ކޯހަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި
11 - ނޮވެމްބަރު - 2020
ކޮމެންޓް
އަދި ކޮމެންޓެއް ނެތް