މަދަނީ ޖަމިއްޔާއެއްގެ ގޮތުގައި IWCG ރެޖިސްޓަރކުރުމުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދަނީ
މަދަނީ ޖަމިއްޔާއެއްގެ ގޮތުގައި IWCG ރެޖިސްޓަރ ކުރުމުގެ މަސައްކަތް ވަރަށް ހަލުއިކަމާއެކު ކުރިއަށްދާކަމަށް އެ ގުރޫޕުގެ ރައީސާ ފާތިމަތު ޝާއިރާ ވިދާޅުވެއްޖެއެވެ. ރެޖިސްޓަރވުމަށް ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުގެ މަސައްކަތްތައް ނިމިފައިވާކަމަށާއި ކުރިއަށް އޮތް 2 ހަފްތާ ތެރޭ ރެޖިސްޓަރ ކުރެވޭނެކަމުގެ ޔަގީންކަން ޝާއިރާ ވަނީ މި ނޫހަށް ދެއްވާފައެވެ.
ރަޖިސްޓަރވުމުގެ ގޮތުން އިފްތިތާހީ ޖަލްސާއެއް ބޭއްވުމަށް މަޝްވަރާކުރަމުންދާކަމަށާއި ކޮވިޑްގެ މި ބަލިމަޑުކަމުން އަރައިގަނެވުނުހާ އަވަހަކަށް ޖަލްސާ ބާއްވާނޭކަމަށް ޝާއިރާ ވިދާޅުވިއެވެ.
ގުރޫޕު ރެޖިސްޓަރ ކުރުމަށް ނިމިދިޔަ އަހަރުގެ ތެރޭގައިވެސް މަސައްކަތް ކުރެވުނުކަމަށާއި ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މަސައްކަތްތައް މަޑުޖެހުނުކަން ފާހަގަކުރައްވާފައިވާއިރު ރަޖިސްޓަރކުރުމަށްފަހު އިހަވަންދޫގެ ރައްޔިތުން ބަލައިގަންނާނެ ފަދަ ތަފާތު ގިނަ ހަރަކާތްތަކެއް ހިންގާނޭކަމުގެ ޔަގީންކަން ޝާއިރާ ވަނީ ދެއްވައިވައެވެ.
މިއީ ފޭސްބުކް ޕޭޖް މެދުވެރިކޮށް އިހަވަންދޫގެ ކަނބަލުން ބާރުވެރިކުރުވުގެ ބޭނުމުގައި އުފައްދާފައިވާ ގުރޫޕަކަށްވީ ނަމަވެސް ރެޖިސްޓަރ ކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އިހަވަންދޫގެ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްވެސް ޖަމިއްޔާގެ މެމްބަރަކަށްވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ޖަމިއްޔާގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތުވެސް އިހަވަންދޫގެ 18 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށް އޮންނާނެކަމަށް ރައީސާ ފާތިމަތު ޝާއިރާ ވިދާޅުވިއެވެ. ހަރަކާތްތައް މިވަގުތަށް މަޑުޖެހިފައިވީ ނަމަވެސް IWCG ރެޖިސްޓަރކުރުމަށްފަހު ގިނަ ހަރަކާތްތަކެއް ހިންގާނޭ ކަމުގެ އުއްމީދު އެބައޮތެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ ގުރޫޕު، އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ ގެ ނަމުގައި ރެޖިސްޓްރީ ކޮށްފި
7 - ނޮވެމްބަރު - 2021
އައި.ޑަބްލިއު.ސީ.ޖީ.އިން އިހަވަންދޫގައި ކަސްރަތު ޕްރޮގުރާމެއް ފަށައިފި
16 - މާރިޗު - 2021
އިހަވަންދޫ ވިމަންސް ކޮމިއުނިޓީ ގުރޫޕާއި ކޮމިއުނިޓީ ސްކައުޓް ގުރޫޕު ގުޅިގެން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް
15 - ޑިސެމްބަރު - 2020
އެއްހަމަ ހަވީރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކުރެވުނު ހަވީރު
13 - ޑިސެމްބަރު - 2020
އެއްހަމަ ހަވީރުގެ ހަރަކާތްތައް ވަރަށް ތަފާތު
12 - ޑިސެމްބަރު - 2020
އެއްހަމަ ހަވީރުގައި ކޮމިއުނިޓީ ސުކައުޓު ގުރޫޕުން ހިންގާނެ ހަރަކާތްތައް ހާމަކޮށްފި
11 - ޑިސެމްބަރު - 2020
އެއްހަމަ ހަވީރުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ: އިހަވަންދޫ ވޮމެންސް ކޮމިއުނިޓީ ގުރޫޕު
11 - ޑިސެމްބަރު - 2020
އައި.ޑަބުލިއު.ސީ.ޖީގެ ފަރާތުން ހިލޭ ގާރީ ކޯހަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި
11 - ނޮވެމްބަރު - 2020
އައި.ޑަބުލިއު.ސީ.ޖީގެ ކޮއްކޮމެންގެ މަދަހަ މުބާރާތް ފެށިގެން ކުރިއަށް ދަނީ...
3 - ޖޫން - 2020
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް