އެއްހަމަ ހަވީރުގެ ހަރަކާތްތައް ވަރަށް ތަފާތު
މިއަދު ހަވީރު 4 ޖަހާއިރު، އިހަވަންދޫ ދެކުނު ފަރާތު ބަނދަރުގައި ކުރިއަށްގެންދާ އެއްހަމަ ހަވީރުގައި ސުޓޯލް ތައްޔާރު ކުރާ ހުރިހާ ފަރާތަކުންވެސް ހިތްގައިމު އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދަންވަނީ ހަމަޖެހިފައެވެ.
އެގޮތުން ފުލުހުން ތައްޔާރު ކުރާ ސުޓޯލްގައި މީގެ ކުރިން މިފަދަ ހަވީރުތަކުގައި ކުރިއަށް ނުގެންދާ ސަޕުރައިޒިން ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމުގައި ވަރަށް މުއުތަބަރު މަސްދަރަކުން މައުލޫމާތު ލިބެއެވެ.
ކުލަބު ޕޯލްސްޓާރ އިން ކުރިއަށް ގެންދާ ހަރަކާތްތަކަކީ ޑުރިލް ޗެލެންޖިންނާއި، ނަޞީބު ބުރު އެނބުރުމާއި، ބޮޅުއެއްލުމާއި، ސުޓްރޯމް ޗެލެންޖެވެ. މިއިން ކޮންމެ ހަރަކާތަކާއެކު ހާއްޞަ ހަދިޔާއެއް ލިބޭނެ ކަމަށް ޕޯލްސްޓާރ އިން މި ނޫހަށް މަޢުލޫމާތު ދެއްވައެވެ. އަދި ވަކިން ހާއްޞަކޮށް ޑުރިލް ޗެލެންޖުގެ ހާއްޞަ ހަދިޔާ އެއްގެ ގޮތުން މަކިޓާބުރޭންޑުގެ 800 ރުފިޔާގެ އަގު ހުރި ބުރުމާއެއް އެންމެ އަވަހަށް މިޗެލެންޖު ފުރިހަމަ ކޮށް ނިންމާލެވޭ ފަރާތަކަށް ލިބިގެންދާނެ ކަމަށާއި މި ހަރަކާތް ސުޕޮންސާ ކޮށްފައިވަނީ ސީފުޓު މޯލްޑިވެސް އިން ކަމަށްވެސް ޕޯލްސްޓާރ އިން ހާމަކުރެއެވެ.
އިމަގު ޖަމިއްޔާއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ނަސީބުބުރާއި، ބޯލް ގޯލަށް ސޫޓްކުރުމާއި، ކްރޮސް ގޭމްއާއި، ފެންފުޅި އެއްލާފަ ކޮޅަށް ބެހެއްޓުމާއި، ކަނުބަދެގެން ކޮން އެއްޗެއްކަން ގެސް ކުރުން ހިމެނޭ ކަމަށެވެ. އަދި މިއިން ކޮންމެ ހަރަކާތަކާއެކު ވެސް ހަދިޔާއެއް ލިބޭނެކަމަށް އިމަގު ޖަމިއްޔާއިން މައުލޫމާތު ދެއެވެ.
ފެނަކައިގެ ސުޓޯލްގައި ޓެކުނިކަލް ޓޫލްސްތައް ދައްކާލުމާއި، ދަސްކޮށްދިނުން އަދި ފެނަކަ ރަމްޒުކޮށްދޭ ހާއްޞަ ބެކް ގުރައުންޑެއްގައި ސޭފްޓީ މެޝާސްއާއެކު ފޮޓޯ ނެގުމާއި، ބާސްކޭޓް ބޯޅަ ވެއްޓުމާއި، ގޯޅަށް ބޯޅަ ޖެހުން ފަދަ ހަރަކާތްތައް ހިމެނޭކަމަށް އިހަވަންދޫ ވޮމެންސް ކޮމިއުނިޓީ ގުރޫޕުން ހާމަކުރެއެވެ.
މިއަދު މި ބާއްވާ ހަވީރަކީ އިހަވަންދޫ ވިމަންސް ކޮމިއުނިޓީ ގުރޫޕުން އިސްނަގައިގެން އިހަވަންދޫގެ މުއައްސަސާތަކާއި ގުޅިގެން މިއަހަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަވީރެކެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ ގުރޫޕު، އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ ގެ ނަމުގައި ރެޖިސްޓްރީ ކޮށްފި
7 - ނޮވެމްބަރު - 2021
މަދަނީ ޖަމިއްޔާއެއްގެ ގޮތުގައި IWCG ރެޖިސްޓަރކުރުމުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދަނީ
23 - މޭ - 2021
އައި.ޑަބްލިއު.ސީ.ޖީ.އިން އިހަވަންދޫގައި ކަސްރަތު ޕްރޮގުރާމެއް ފަށައިފި
16 - މާރިޗު - 2021
އިހަވަންދޫ ވިމަންސް ކޮމިއުނިޓީ ގުރޫޕާއި ކޮމިއުނިޓީ ސްކައުޓް ގުރޫޕު ގުޅިގެން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް
15 - ޑިސެމްބަރު - 2020
އެއްހަމަ ހަވީރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކުރެވުނު ހަވީރު
13 - ޑިސެމްބަރު - 2020
އެއްހަމަ ހަވީރުގައި ކޮމިއުނިޓީ ސުކައުޓު ގުރޫޕުން ހިންގާނެ ހަރަކާތްތައް ހާމަކޮށްފި
11 - ޑިސެމްބަރު - 2020
އެއްހަމަ ހަވީރުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ: އިހަވަންދޫ ވޮމެންސް ކޮމިއުނިޓީ ގުރޫޕު
11 - ޑިސެމްބަރު - 2020
އައި.ޑަބުލިއު.ސީ.ޖީގެ ފަރާތުން ހިލޭ ގާރީ ކޯހަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި
11 - ނޮވެމްބަރު - 2020
އައި.ޑަބުލިއު.ސީ.ޖީގެ ކޮއްކޮމެންގެ މަދަހަ މުބާރާތް ފެށިގެން ކުރިއަށް ދަނީ...
3 - ޖޫން - 2020
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް