ފުލުހުންގެ 88 ވަނަ އަހަރީ ދުވަހާއި ގުޅިގެން އިހަވަންދޫ އެކިއެކި އެން.ޖީ.އޯސް ތަކުން އެދުވަސް ފުލުހުންނަށްފާހަގަ ކޮށްދީފި އެވެ.
މިގޮތުން އިހަވަންދޫ މިނީޓީ އިން މާރިޗް 29 ވަނަ ދުވަހު ވަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން އަށް ޕިއްޒާ ޓްރީޓެއް ދެއްވާފައެވެ. އަދި އިހަވަންދޫ ވޮމަންސް ކޮމިއުނިޓީ ގުރޫޕުން ވަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންނަށް 30 މާރިޗް ގައި ރޭގަނޑުގެ ކެއުމެއް ދެއްވާފައެވެ.
[caption id="attachment_930" align="alignnone" width="584"]

އިހަވަންދޫ ކޮމިއުނިޓީ ސުކައުޓު ގުރޫޕުން ވަނީ ކޮންމެ ފުލުހަކަށް ގިފްޓް ޕެކެއް ހަދިޔާކޮށްފައި[/caption]
އިހަވަން އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫ ކޮމިއުނިޓީ ސުކައުޓު ގުރޫޕުން ވެސް ވަނީ ފުލުހުންގެ 88 ވަނަ އަހަރީ ދުވަހާއި ގުޅިގެން އިހަވަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ ކޮންމެ ފުލުހަކަށް ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ.
[caption id="attachment_931" align="alignnone" width="590"]

މިނީޓީ އިން ދިން ޕިއްޒާ ޓްރީޓް[/caption]
އަދި އިހަވަންދޫ ޖަންގަލް ޓީމުގެ ފަރާތުންވެސް ވަނީ މާރިޗް 29 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އިހަވަންދޫ ޕޮލިސް ސްޓޭޝަން އަށް ދީފައެވެ.
[caption id="attachment_937" align="alignnone" width="574"]

އިހަވަންދޫ ޖަންގަލް ޓީމުގެ ފަރާތުން ފުލުހުންނަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައި[/caption]
ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ރަސްމީގޮތުން ފެށިފައިވަނީ 1932 ވަނަ އަހަރެވެ.