އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި އިހަވަންދޫއަށް ނިސްބަތްވާ 26 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިކަމަށް، މޯލްޑިވެސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ. މިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ، ހއ. އިހަވަންދޫ/ ބިޖިލީގެ، އަޙްމަދު ޝައްމާޚް އެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާ މަސައްކަތް ކޮށްފައިވަނީ ތަކަންދޫއިން އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރުމަށެވެ. އިހަވަންދޫ ޕޮލިހާއި، ތަކަންދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މިމަހުގެ 1 ވަނަ ދުވަހު، އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 2.0 ގުރާމުގެ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަޙްމަދު ޝައްމާޚްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް