އިހަވަންދޫގައި ދުއްވާ އެއްގަމު އުޅަނދުތައް (B) ޒޯނަށް ބަދަލުކުރުމަށް ދީފައިވާ މުއްދަތު އަންނަމަހު 20 އަށް އިތުރުކޮށްފި
އިހަވަންދޫގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން (B) ޒޯނަށް ރަޖިސްޓަރީ ނުކުރާ އުޅަނދުތައް އެ ޒޯނަށް ބަދަލުކުރުމަށް އިހަވަންދޫ ކައުންސިލުން ދީފައިވާ މުއްދަތު، އަންނަ ސެޕްޓެމްބަރު މަހުގެ 20 ވާ ހޮނިހިރު ދުވަހުގެ 12:00 އަށް އިތުރުކޮށްފިއެވެ.
މިކަމާއި ގުޅިގެން އިހަވަންދޫ ކައުންސިލުން މިމަހުގެ 17 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނެއްގައިވަނީ، ހއ. އިހަވަންދޫގައި މިވަގުތު ބޭނުންކުރަމުންދާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ހއ. އިހަވަންދޫ ހިމެނޭ ޒޯން (B) އަށް ރަޖިސްޓްރީ ނުކޮށް ރަށުގައި ދުއްވާ އެންމެހައި އުޅަނދުތައް، (B) ޒޯނަށް ރަޖިސްޓްރީ ކުރުމަށް ދަންނަވާކަމުގައެވެ. މިގޮތުން، މުއައްސަސާތަކާއި، ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިތަކާއި ޢާންމު ފަރުދުންގެ އުޅަނދުފަހަރުތައް (B) ޒޯނަށް ރަޖިސްޓްރީ ކުރުމަށް ކުރިން ދީފައިވާ 6 (ހައެއް) މަސްދުވަހުގެ މުހުލަތު އަންނަ މަހުގެ 29 ވާ ހޮނިހިރު ދުވަހަށް އިތުރުކޮށްފައިވާ ކަމަށް ވެއެވެ.
އިހަވަންދޫ ކައުންސިލުން ދީފައިވާ މުއްދަތުގައި (B) ޒޯނަށް ރަޖިސްޓަރީ ނުކުރާ އުޅަނދުތަކުގެ ވެރިފަރާތްތަކާއި މެދު "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް އިހަވަންދޫ ޕޮލިސްޓޭޝަނަށް ފޮނުވޭނެކަމުގައި ކައުންސިލުން ހާމަކުރެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2026: ފައިނަލްގައި މިރޭ ޕޮލިހާއި ކޮމްބިނޭޝަން ވާދަކުރާނެ!
18 - ޖުލައި - 2026
ވާދަވެރި ޕޮލިހާއި ފެނަކައިގެ މެޗުން އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް މާދަމަރޭ ފަށަނީ...
9 - ޖުލައި - 2026
ޕޮލިސް ސްޓޭޝަން، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އަޅަން ބިން ކަނޑައަޅައިފި!
8 - އޭޕްރީލް - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި ދުއްވާ އެއްގަމު އުޅަނދުފަހަރު (B) ޒޯނަށް ބަދަލުކުރުމަށް 6 މަސް
25 - ޑިސެމްބަރު - 2024
4 ވަނަ ފަހަރަށް އިންޓަރ އޮފީސް ފުޓަސަލް ޗެލެންޖެ ޕޮލިސް ޓީމް ކާމިޔާބުކޮށްފި
7 - ޑިސެމްބަރު - 2024
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް: ކައުންސިލް އަދި ޕޮލިސް ފައިނަލަށް
5 - ޑިސެމްބަރު - 2024
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް: ފެނަކަ، ޕޮލިސް، އާރު.އާރު.ސީ އަދި ކައުންސިލް ސެމީ ފައިނަލަށް
4 - ޑިސެމްބަރު - 2024
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް، އަންނަ ހުކުރުދުވަހުގެ ރޭ ފަށަނީ
26 - ނޮވެމްބަރު - 2024
އިހަވަންދޫ ނެއިބަރހުޑް ޖޮއިންޓް އެޖެންސީ ގްރޫޕް އިހަވަންދޫ ކައުންސިލާ ބައްދަލުކޮށްފި
26 - ފެބްރުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް