ޚަބަރު

ޝިފާއު، ރަމީޒް އަދި ޝާހިދު އެމްޑީޕީ ޤައުމީ މަޖްލިސް އިންތިހާބުގައި ވާދަކުރަނީ

ޝިފާއު، ރަމީޒް އަދި ޝާހިދު އެމްޑީޕީ ޤައުމީ މަޖްލިސް އިންތިހާބުގައި ވާދަކުރަނީ
Advertisement Advertisement

 މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އިހަވަންދޫ ދާއިރާއިން، ކުރިޔަށްއޮތް އެޕާޓީގެ އެތެރޭގެ އިންތިހާބުގައި އިހަވަންދޫއިން ޤައުމީ މަޖުލީހަށް އިންތިހާބުކުރާ މެމްބަރުންގެ އިންތިހާބުގައި 3 ފަރާތެއް ވާދަކުރާކަން ކަށަވަރު ކުރެވިއްޖެއެވެ. 

އެގޮތުން އިހަވަންދޫއިން ޤައުމީ މަޖުލީހަށް އިންތިހާބުކުރާ ދެ ސްލޮޓަށް ވާދަކުރަނީ، އިހަވަންދޫ ބުލްބުލާގޭ މުހައްމަދު ޝިފާއު، އިހަވަންދޫ އެންދެރިމާގޭ އަލީ ރަމީޒް އަދި އިހަވަންދޫ ރަހްމާނިއްޔާ އަހްމަދު ޝާހިދުއެވެ. ޝިފާއުއަށް މިއިންތިހާބުގައި ކެނޑިޑޭޓް ނަންބަރު 1 ލިބިފައިވާއިރު، ކެނޑިޑޭޓް ނަންބަރު 2 އެއް ލިބިފައިވަނީ އަލީ ރަމީޒް އަށެވެ. އަދި ޝާހިދުއަށް ލިބިފައިވަނީ ކެނޑިޑޭޓް ނަންބަރު 3 ކެވެ. 

މިއިންތިހާބުގައި އިހަވަންދޫއިން 677 މީހަކަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ. މިއިންތިހާބުގައި އިހަވަންދޫ ދާއިރާއިން ގިނަ މަޤާމްތަކެއްވަނީ ވޯޓަކާއިނުލާ އިންތިހާބުވެފައެވެ. އެގޮތުން ދާއިރާގެ ނައިބްރައީސް، ސެކްރެޓަރީ، އަންހެން ސެކެރެޓަރީ އަދި ޔޫތް ވިންގް ސެކެރެޓަރީވަނީ އިންތިހާބަކާއިނުލާ އިންތިހާބުވެފައެވެ. 

އެމްޑީޕީން މިފަހަރުގެ ޤައުމީ މަޖުލީހުގެ އިންތިހާބުގައި އަމަލުކުރަން ނިންމި އައު އުސޫލުގެ ދަށުން، ކޮންމެ ރަށަކުން ޤައުމީ މަޖިލީހަށް  މެމްބަރެއް ހޮވުމާއި، އެރަށެއްގެ އެމްޑީޕީ މެމްބަރުންގެ އަދަދު 500 އަށްވުރެ އިތުރުނަމަ ދެ މެމްބަރުން ހޮވާ އުސޫލަށް އަމަލުކުރާނެއެވެ. އެހެންކަމުން، މިފަހަރު އިހަވަންދޫއިން ޤައުމީ މަޖުލީހަށް ދެ މެމްބަރުން ހޮވާނެއެވެ. 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް