އިހަވަންދޫ އިންޖީނުގޭގައި މަސައްކަތް ކުރަމުންއައި 4 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، އެމައްސަލަ އެމީހުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކުރީ އެމީހުނަށް ވަޒީފާ ދިނުމަށެވެ.
އެއަމުރު ހިފައިގެން އެމީހުންނާއިއެކު އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް އިންޖީނުގެއަށް ދިޔައެވެ. އެހަރަކާތް އިހަވަންދޫ އެމްޑީޕީ ހަރުގެއިން ފަށައި، ހަރަކާތުގެ ބައިވެރިން އިންޖީނުގެއަށް ދިޔައިރު އެމީހުންނަށް އިންޖީނުގެއަށް ނުވަދެވޭނެހެން ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައެވެ.
އެހަރަކާތުގެ ބައިވެރިން އިންޖީނުގެއަށް ވަންނަން އުޅުމުން ފުލުހުންނާއި ދެމެދު ހަމަނުޖެހުން ހިނގިއެވެ. ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކުރި މުވައްޒަފުންނަށް އިންޖީނުގެއަށް ވަނުމަށް ފުލުހުން ފަހުން ފުރުސަތުދިނެވެ.
25 ސެޕްޓެމްބަރ 2012 ވަނަ ދުވަހުން ފެށިގެން ވަޒީފާއަށް ނުނުކުމެ ގޭގައި މަޑުކުރުމަށް އަންގައި ފަހުން ވަޒީފާއިން ވަކިކުރި މުވައްޒަފުންނަކީ، އަޙުމަދު ޝާހިދު، ރަޙުމާނިއްޔާ، ހއ. އިހަވަންދޫ (ސީނިއަރ އޮފިސަރ)، މުޙައްމަދު މަފާޒު، ޖަންބުމާގެ، ހއ. އިހަވަންދޫ (މެކޭނިކް ޓްރެއިނީ)، ޢަބުދުލްއަލީމް، ޖަވާހިރުމާގެ، ހއ. އިހަވަންދޫ (އ. ފީލްޑް އެއިޑް) އަދި ޙައްވާ މޫސާ، ޗަނބޭލީގެ، ހއ. އިހަވަންދޫ (ކެއަރ ޓޭކަރ) އެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް