ޚަބަރު މަލްޓިމީޑިއާ

ފޮޓޯ: ދަރުމަ ޤުރުއާން މުބާރާތް 2024

ފޮޓޯ: ދަރުމަ ޤުރުއާން މުބާރާތް 2024
Advertisement Advertisement

ހިލޭސާބަހަށް ޤުރުއާނުގެ އިލްމު އުގަންނައިދިނުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ދަރުމަ ޤުރުއާން ކުލާހުން ބޭއްވި ދަރުމަ ޤުރުއާން މުބާރާތުގެ އެއްވަނަ އާއިޝަތު އުވެއިޝާ ބިންތި އާދަމް، ވާމަތީގެ ހއ. އިހަވަންދޫ ހޯދައިފިއެވެ. މިމުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ އޮތީ މިއަދު ހަވީރު އިހަވަންދޫ ސްކޫލްގެ ވަގުތީ ހޯލްގައެވެ. “ދަރުމަ ޤުރުއާން މުބާރާތް 2024” ގެ ނަމުގައި ކުރިޔަށް ގެންދިޔަ މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން މިމަހުގެ 6 ވަނަ ދުވަހުއެވެ. މިމުބާރާތުގައި 60 ކުދިން ބައިވެރިވެފައިވާއިރު މިމުބާރާތުގައި 57 ކުއްޖަކުވަނީ ކިޔަވާފައެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް