މަސްވެރިންނަށް ލިބޭ ލުއިތައް
މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން، ބޮޑުކަންނެލި އަދި ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ޑީސަލް ލިޓަރެއް ވިއްކަމުންދަނީ 17.54 ރުފިޔާ އަށެވެ. މި ޚާއްސަ އަގުގައި ތެޔޮ ހޯދުމަށް މަސްވެރިކަމުގެ ލައިސަންސްގެ ކޮޕީއާއި އެންމެ ފަހުން މަސްކިރުވި ރަސީދު ހުށަހަޅަންޖެހެއެވެ.
އުޅަނދުގެ ބޮޑުމިނަށް ބަލައި ތެޔޮ ދޫކުރާ މިންގަނޑުތަކަކީ:
-
ބޮޑުކަންނެލި އުޅަނދުތަކަށް:
-
85 ފޫޓަށްވުރެ ބޮޑު: މަހަކު 5,000 ލިޓަރު (2 ފަހަރު)
-
50 - 85 ފޫޓު: މަހަކު 3,000 ލިޓަރު (3 ފަހަރު)
-
50 ފޫޓަށްވުރެ ކުޑަ: މަހަކު 1,500 ލިޓަރު (3 ފަހަރު)
-
-
ކަޅުބިލަމަސް އުޅަނދުތަކަށް:
-
85 ފޫޓަށްވުރެ ބޮޑު: މަހަކު 1,800 ލިޓަރު (5 ފަހަރު)
-
50 - 85 ފޫޓު: މަހަކު 1,200 ލިޓަރު (5 ފަހަރު)
-
50 ފޫޓަށްވުރެ ކުޑަ: މަހަކު 600 ލިޓަރު (5 ފަހަރު)
-
މަސްވެރިންނަށް ތެލުގެ އަގު ހެޔޮކުރި ނަމަވެސް، އާންމު ދަތުރުފަތުރުކުރާ އުޅަނދުތަކަށް ވިއްކާ ޑީސަލްގެ އަގު ވަނީ އުފުލިފައެވެ. ކުރިން ލިޓަރެއް 30.72 ރުފިޔާ އަށް ލިބުނު ނަމަވެސް، މިހާރު އާންމު ރޭޓަކީ ލިޓަރަކަށް 33.50 ރުފިޔާ އެވެ.
މަސްވެރިންނަށް ޚާއްސަ އަގުގައި ތެޔޮ ވިއްކަން ފެށުމާއެކު، އިހަވަންދޫ ފިއުލް ޝެޑުން ދެ ދުވަސް ތެރޭގައި ޑީސަލް ވަނީ މުޅިން ހުސްވެފައެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އުތުރުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވުމުން، ގިނަ އަދަދެއްގެ އުޅަނދުތަކުން ތެޔޮ އެޅުމަށް މި ސަރަހައްދަށް ޖަމާވެފައިވާކަން ފާހަގަކުރެވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑީސަލްގެ އައު ސްޓޮކެއް ލިބި، އަލުން ޚިދުމަތް ދޭން ފެށޭނެއެވެ.



