އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފީޑޯއާ ހަވާލުކޮށްފައިވަނީ 18.4 މިލިއަނަށް!
މުޙައްމަދު އަކުރަމް
21 - އޭޕްރީލް - 2026
އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފީޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 18.4 މިލިއަން ރުފިޔާއަށް ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިހެންބުނީ މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ.
އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފީޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އިހަވަންދޫގައި އެޅުމަށް ސަރުކާރުން މަސައްކަތްކުރަމުންދަނީ 700 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެކެވެ. އެމަރުކަޒުގައި ގިނަ ވަސީލަތަކެއް ތަރައްޤީކުރާނެއެވެ. އެގޮތުން ކުލާސްރޫމާއި، ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް އެމަރުކަޒުގައި ހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އޭރު މައުލޫމާތު ދިނެވެ.
އިހަވަންދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތާއި ގުޅޭގޮތުން މިނޫހުން، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އާއި ސުވާލުކުރުމުން މައުލޫމާތު ދެއްވިގޮތުގައި، އެމިނިސްޓްރީއިން މަސައްކަތް ކުރަމުން ގެންދަނީ އެމަސައްކަތް މިހިނގާ އޭޕްރީލް މަހު ފެށުމަށެވެ. އެމަސައްކަތް ފީޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 18،427،499.46ރ ގެ އަގަކަށް 520 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ މަރުކަޒުތައް ޤާއިމްކުރަމުންދާއިރު އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވަރަށް ކުޑަ އަގަކަށްކަން ފާހަގަކުރެވެއެވެ. ހއ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒުގެ މަސައްކަތަށް 50.8 މިލިއަން ރުފިޔާ ހަރަދުކުރިއިރު، ފީޑޯ އާއި ހަވާލުކޮށްގެން އިމާރާތްކުރާ އައްޑޫ އިސްލާމީ މަރުކަޒަށް 55.56 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވެއެވެ. މީގެއިތުރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ށ. މިލަންދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 25 މިލިއަން ރުފިޔާގެ އަގަކަށެވެ. ށ. މިލަންދޫގައި އިމާރާތްކުރަނީ އިހަވަންދޫގައި އިމާރާތްކުރާ ސައިޒްކަމަށްވާ 700 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެކެވެ.
އިހަވަންދޫގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެދިލެއްވުމަށް ބޮޑު ބިމެއް، މިދިޔަ އަހަރުގެ ފެބުރުއަރީމަހު އިހަވަންދޫ ކައުންސިލުންވަނީ ހަމަޖައްސާފައެވެ. ކައުންސިލުން ދޫކޮށްފައިވާ އެބިމުގައި 41،925 އަކަފޫޓް ހުރެއެވެ.
އިހަވަންދޫގައި އިސްލާމަރުކަޒެއް ޤާއިމް ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫގައި "ކުޑަ" އިސްލާމީ މަރުކަޒެއް އިމާރާތްކުރަން އުޅޭތީ ކަންބޮޑުވުން އުފެދިއްޖެ!
3 - އޮގަސްޓު - 2026
އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފީޑޯއާ ހަވާލުކޮށްފި
21 - ޖެނުއަރީ - 2026
އިސްލާމީ މަރުކަޒުގެ މަސައްކަތް އަދި ބަޔަކާ ހަވާލެއްނުކުރޭ، މަސައްކަތް ފެށޭނެ ސީދާ ދުވަހެއް އަދީ ނޭގެ!
8 - އޮކްޓޯބަރު - 2025
އިހަވަންދޫއާއި އެކު 4 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރާން ކޮންޓްރެކްޓަރުން ހޯދަނީ!
29 - ޖޫން - 2025
އިހަވަންދޫ އިސްލާމީ މަރުކަޒު - ޚަރަދުކުޑަކުރުމުގެ ގޮތުން ހުއްޓާލުމަށް އަންގަވާފައިވާ މަޝްރޫޢުތަކުގެ ތެރެއަށް
29 - އޮކްޓޯބަރު - 2024
އިސްލާމީ މަރުކަޒު އިމާރާތްކުރަން، ކައުންސިލުން ބިމެއް ހަމަޖައްސައިފި
29 - ފެބްރުއަރީ - 2024
އިސްލާމީ މަރުކަޒު އަޅުމަށް ތައުބާ މިސްކިތް ތަޅާލަންނޫންގޮތެއް ނެތީތޯއެވެ؟
28 - ފެބްރުއަރީ - 2024
ކައުންސިލްގެ އެދިލެއްވުމާ އެއްގޮތަށް މިސްކިތެއްގެ ބަދަލުގައި އިސްލާމިކް ސެންޓަރެއްއަޅަނީ
27 - ފެބްރުއަރީ - 2024
މަސްޖިދު ޒުބައިދާ އަޙްމަދު ހުޅުވައިފި
14 - ފެބްރުއަރީ - 2026
މިމަހުގެ 27 ހުގައި އިހަވަންދޫގައި އިޙްޔާ ފޯރަމް ބާއްވަނީ!
11 - ފެބްރުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް