އިސްލާމީ މަރުކަޒުގެ މަސައްކަތް އަދި ބަޔަކާ ހަވާލެއްނުކުރޭ، މަސައްކަތް ފެށޭނެ ސީދާ ދުވަހެއް އަދީ ނޭގެ!
މުޙައްމަދު އަކުރަމް
8 - އޮކްޓޯބަރު - 2025
އިހަވަންދޫ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހަކާއި ގުޅޭގޮތުން މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައި އިސްލާމިކް މިނިސްޓްރީއިން މަޢުލޫމާތު ދެއްވި ގޮތުގައި އެ ޕްރޮޖެކްޓް އަދި ކޮންޓްރެކަޓަރަކާއި ހަވާލު ކޮށްފައިނުވާތީ، އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ދަންނަވަން ދައްޗެވެ. އިސްލާމިކް މިނިސްޓްރީއިން މަޢުލޫމާތު ދެއްވިގޮތުގައި އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އަދި އޮތީ ބިޑް އެވެލިއުވޭޝަން މަރުހަލާގައި، ނެޝަނަލް ޓެންޑަރ ބޯޑްގައެއެވެ.
އިސްލާމިކް މިނިސްޓަރީއިން އިތުރަށް ބުނީ މިއަހަރުގެ ތެރޭގައި އެމަޝްރޫއު ބަޔަކާއި ހަވާލުކުރެވިއްޖެނަމަ، މިނިސްޓްރީއިން އޮތީ މަސައްކަތާއިގެން ކުރިޔަށްދާން ތައްޔާރަށެވެ. އިހަވަންދޫއާއި އެކު 4 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް ކޮންޓްރެކްޓަރުން ހޯދަން މިއަހަރުގެ ޖޫން މަހު އިއުލާންކޮށްފައިވެއެވެ.
2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، އިހަވަންދޫގައި ފެށުމަށް ކަނޑައެޅިފައިވާ އައު މަޝްރޫޢުތަކުގެ ތެރޭގައި އިހަވަންދޫގައި އައު މިސްކިތެއް އިމާރާތްކުރުމަށް ބަޖެޓް ކޮށްފައިވެއެވެ. 2024 ވަނައަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިހަވަންދުއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން އިހަވަންދޫ ރައްޔިތުންނަށް ލިބިގެންދިޔަ އެންމެބޮޑު އެއް ހިންހަމަޖެހުމަކީ، ބަޖެޓްކޮށްފައިވާ މިސްކިތް، އިސްލާމީ މަރުކަޒަކަށް ބަދަލުކުރެއްވި ހަބަރެވެ. އިހަވަންދޫގައި އިސްލާމަރުކަޒެއް ޤާއިމް ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދަކަށްވާއިރު، އިހަވަންދޫ ކައުންސިލުންވެސް އޮތީ މިސްކިތް އިސްލާމީ މަރަކުޒަކަށް ބަދަލުކުރުމަށް އެދިފައެވެ.
ކައުންސިލްގެ އެދިލެއްވުމާ އެއްގޮތަށް، އިސްލާމީ މަރުކަޒެއް އަޅަން އިސްލާމިކް މިނިސްޓްރީއިން ނިންމެވިކަން ކައުންސިލަށް އަންގައި އަދި އެމަސައްކަތް 2024 ވަނައަހަރުގެ ތެރޭގައި ފެށުމަށް 150 ފޫޓް 150 ފޫޓްގެ ބިމެއް ހަމަޖައްސައިދިނުމަށް އިސްލާމިކް މިނިސްޓްރީއިން އެދިލެއްވީ ރައީސް އިހަވަންދޫއަށް ވަޑައިގަތުމުގެ ކުރިން 24 ފެބްރުއަރީ 2024 ގައެވެ. އެހެން ކަމުން، ކައުންސިލާއި ރައީސް ބައްދަލުކުރެއްވުމުން ކައުންސިލުންވަނީ އިހަވަންދޫގައި އިސްލާމިކް ސެންޓަރެއް ޤާއިމްކުރުމަށް ނިންމެވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި، އިހަވަންދޫގައި އިސްލާމިކް ސެންޓަރު ބިނާކުރުމަށް ނިންމެވިކަން އިޢުލާން ކުރެއްވުން ވެގެންދިޔައީ ރައްޔިތުންނަށް ލިބިގެންދިޔަ އިތުރު ޔަޤީންކަމަކަށެވެ.
2024 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހު އިހަވަންދޫ ކައުންސިލުންވަނީ އިސްލާމިކް މިނިސްޓްރީއިން އެދިލެއްވި ގޮތަށް، އިސްލާމީ މަރުކަޒު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ، 150 ފޫޓް 150 ފޫޓް ބިން ހަމަޖައްސަވައި ދެއްވައިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫގައި "ކުޑަ" އިސްލާމީ މަރުކަޒެއް އިމާރާތްކުރަން އުޅޭތީ ކަންބޮޑުވުން އުފެދިއްޖެ!
3 - އޮގަސްޓު - 2026
އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފީޑޯއާ ހަވާލުކޮށްފައިވަނީ 18.4 މިލިއަނަށް!
21 - އޭޕްރީލް - 2026
އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފީޑޯއާ ހަވާލުކޮށްފި
21 - ޖެނުއަރީ - 2026
އިހަވަންދޫއާއި އެކު 4 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރާން ކޮންޓްރެކްޓަރުން ހޯދަނީ!
29 - ޖޫން - 2025
އިހަވަންދޫ އިސްލާމީ މަރުކަޒު - ޚަރަދުކުޑަކުރުމުގެ ގޮތުން ހުއްޓާލުމަށް އަންގަވާފައިވާ މަޝްރޫޢުތަކުގެ ތެރެއަށް
29 - އޮކްޓޯބަރު - 2024
އިސްލާމީ މަރުކަޒު އިމާރާތްކުރަން، ކައުންސިލުން ބިމެއް ހަމަޖައްސައިފި
29 - ފެބްރުއަރީ - 2024
އިސްލާމީ މަރުކަޒު އަޅުމަށް ތައުބާ މިސްކިތް ތަޅާލަންނޫންގޮތެއް ނެތީތޯއެވެ؟
28 - ފެބްރުއަރީ - 2024
ކައުންސިލްގެ އެދިލެއްވުމާ އެއްގޮތަށް މިސްކިތެއްގެ ބަދަލުގައި އިސްލާމިކް ސެންޓަރެއްއަޅަނީ
27 - ފެބްރުއަރީ - 2024
މަސްޖިދު ޒުބައިދާ އަޙްމަދު ހުޅުވައިފި
14 - ފެބްރުއަރީ - 2026
މިމަހުގެ 27 ހުގައި އިހަވަންދޫގައި އިޙްޔާ ފޯރަމް ބާއްވަނީ!
11 - ފެބްރުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް