ޚަބަރު

އިހަވަންދޫގައި 100 ހައުސިންގ ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

އިހަވަންދޫއާއި އެކު ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ. މާލީ ވުޒާރާއިން ވަނީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ އެދިވަޑައިގަތުމަށް ޕަބްލިކް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 57 ރަށެއްގައި ބޯހިޔާވެހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ބަޔަކު ހޯދުމަށް މިއަދު އިޢުލާންކޮށްފައެވެ. މިމަޝްރޫޢުގެ މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ.) އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ. އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ އެދިވަޑައިގަތުމަށް، އިހަވަންދޫ ކައުންސިލުން މިއަދުވަނީ އިހަވަންދޫގައި ހައުސިންގް ޔުނިޓް އެޅުމަށް އިހަވަންދޫ ލޭންޑް ޔޫސް ޕްލޭންގައި ފާހަގަ ކޮށްފައިވާ ސަރަހައްދުތަކުން ބިން ދޫކުރުމަށް ނިންމާފައެވެ. މިމަޝްރޫއުގެ ދަށުން އިހަވަންދޫގެ އިތުރުން ހއ އަތޮޅުގެ 5 ރަށެއްގައި ހައުސިންގް އެޅުމަށް ހަމަޖެހިފައިވެއެވެ. އެރަށްތަކަކީ: އިހަވަންދޫ : 100 ހައުސިންގ ޔުނިޓު ކެލާ : 50 ހައުސިންގ ޔުނިޓު އުތީމް : 50 ހައުސިންގ ޔުނިޓު ދިއްދޫ: 200 ހައުސިންގ ޔުނިޓު ހޯރަފުށި: 200 ހައުސިންގ ޔުނިޓު [caption id="attachment_10218" align="aligncenter" width="1092"] ޕަބްލިކް ހައުސިންގް ޔުނިޓް އެޅުމަށް ލޭންޑްޔޫސް ޕްލޭންގައި ފާހަގަކޮށްފައިވާ ސަރަހައްދުތައް 38.1 ގެ ނަންބަރުތަކުން ފާހަގަކޮށްފައި.[/caption]
.