މުހައްމާ ބްރޯޑްކޮމް އަށް!
ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށް، އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ދައުރުން ބޭއްވި މިއަދުގެ ޖަލްސާގައި ލިސްޓު ތަރުތީބުން ނެގި ވޯޓުގައި އެންމެ ފުރަތަމަ ވޯޓަށް އެހީ ސަރާހަތުގެ ނަމަށެވެ. އޭނާ ބްރޯޑްކޮމަށް އައްޔަން ކުރަން ފާސްކުރީ 68 މެންބަރުންގެ އިއްތިފާގުންނެވެ. ދެ ވަނައަށް ވޯޓަށް އެހި ޓީވީ ނޫސްވެރިއަކަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ޝިފްޒާ އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. އައްޔަން ކުރަން ނުފެންނަ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ 50 މެންބަރުން ވޯޓު ދެއްވި އެވެ. މުހަންމާ އައްޔަން ކުރަން ފާސްކޮށްފައިވަނީ 58 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ.
ބްރޯޑްކޯމްގެ ދެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސާއަކަށް ހުންނެވި މަރިޔަމް ވަހީދާއާއި އެ ކޮމިޝަންގެ މެންބަރު އަލީ ޔޫސުފްގެ ދައުރު މިދިޔަ ޑިސެންބަރު މަހުގެ ފަހަކަށް ހަމަވުމުންނެވެ. މިހާރު ބްރޯޑްކޮމްގައި ތިއްބަވަނީ އާމިނަތު އަމީނާއާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމްއާއި ސަފާ ޝަފީގު އަދި އާމިނަތު ނުޒުހާއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޓެކްސް ގާނޫނަށް ގެންނަ އިސްލާހުތަކުގެ ހަގީގީ ނަތީޖާ ފެންނަން 3-4 އަހަރު ނަގާނެ - އެމްޕީ ނަސީރު
17 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
ކައުންސިލްތަކުގެ އިހުތިޞާޞުން ބިން ސަރުކާރަށް ނެގޭ ގޮތަށް ހުށަހެޅި ބިލާ ދެކޮޅަށް ޕެޓިޝަނެއް ފަށައިފި
9 - އޮގަސްޓު - 2026
ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭކަމާއިމެދު މެމްބަރު ނަސީރު ސުވާލު އުފައްދަވައިފި
5 - ނޮވެމްބަރު - 2025
ބަލިވެގެން ސިއްޙީމަރުކަޒަށް ދާއިރަށް، އާއިލާގެ އެންމެހާ ބޭފުޅުން ބަލިވޭ : މެންބަރު ނަސީރު
25 - ޖޫން - 2024
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 : އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ނަސީރު
21 - އޭޕްރީލް - 2024
އާރިފްއާ ސުވާލެއް ކޮށްލަން ބޭނުންތަ؟ އާސްކް އާރިފް މިރޭ!
18 - އޭޕްރީލް - 2024
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާ އިން ވޯޓު ލުމުގެ ހައްޤު ލިބިފައިވަނީ 3457 މީހުންނަށް
26 - މާރިޗު - 2024
ރީ-ރަޖިސްޓާކުރުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ހުޅުވާލައިފި
11 - މާރިޗު - 2024
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް