ވިޔަފާރި

ރޯދައަށް ހެޔޮއަގުގައި ރާއްޖެއިން ބޭރުން ތެޔޮގެނައުމަށް ޝޮފިން ސެންޓަރ އިން ތައްޔާރުވެއްޖެ

ހއ. އިހަވަންދޫގައި ކާބޯތަކެއްޗާއި އަންނައުނާއި ފޮތި އަދި ފެހުމުގެ ޙިދުމަތް އެއްފުރާޅެއްގެ ދަށުން ދެމުން އަންނަ ޝޮޕިން ސެންޓަރ އަކީ 2022 ވަނަ އަހަރު މެއި މަހު އެކޮނޮމިކް މިނިސްޓުރީގައި ރަޖިސްޓަރީ ކުރެވި ފުޅާދާއިރާއެއްގައި މުޅި ރާއްޖެއަށް މުދާ ހޯލްސޭލް ކުރަމުން އަންނަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެކެވެ. 2024 ވަނަ އަހަރުގެ ޖުލައި މަހު ހއ. އިހަވަންދޫގައި ޝޮފިން ސެންޓަރ ގެ ނަމުގައި ރީޓެއިލް ފިހާރައެއް ވަނީ  ހުޅުވާފައެވެ. މި ފިހާރައިން މަސްވެރިކަމުގެ ސާމާނާއި ކާބޯތަކެއްޗާއި ކުޑަކުދިންގެ ސާމާނު ،އަންނައުނާއި ފޮތި އަދި ފެހުމުގެ ޙިދުމަތް މިހާރުވެސް އަންނީ ދެމުންނެވެ. އަދި  އޮންލައިން ކޮށް ކުރަމުންދާ ހޯލްސޭލް ވިޔަފާރި ކުރަމުން ދަނީ  ޝޮފިން ސެންޓަރ ގެ ވެބުސައިޓާއި IMPORT POOL – SHOPPING CENTER     ނަމުގައި ހަދާފައިވާ ވައިބާ ގުރޫއްޕު މެދުވެރިކޮށްށެވެ. ޝޮފިން ސެންޓަރ ގެ ހޯލް ސޭލް ވިޔަފާރި ފެށިގެން ދިޔައީ ޝޮފިން ސެންޓަރ އިސްވެއޮވެ، ކަންމަތީ ފިހާރަތަކަށް އަދި ވިޔަފާރި ކުރުމަށް ޝައުގުވެރިކަން ހުރި އަމިއްލަ ފަރުދުންނަށް އަމާޒު ކޮށްގެން، ރާއްޖޭގެ މާކެޓު ރޭޓަށް ވުރެއް ހެޔޮއަގުގައި ރާއްޖެއިން ބޭރުން މުދާ ގެނެސްދިނުމަށް އެހީތެރިވެދިނުމުގެ މަޤުސަދުގައެވެ.  އެގޮތުން މިހާތަނަށް ޖުމުލަ 19 ކަންޓެއިނާގެ މުދާ ޝޮފިން ސެންޓަރ އިން ވާނީ ރާއްޖެ އެތެރެކޮށް ކަސްޓަމުން ކުލިޔާ ކުރުމަށް ފަހު ބޯޓްތަކަށް ޑެލިވަރީ ކޮއްފައެވެ. ޝޮފިން ސެންޓަރ ގެ އޯނަރ ޙުސައިން ސަނީމް ވިދާޅުވީ "އަޅުގަނޑުމެން މިފަހަރު  ރަމަޞާން މަހަށް ތެޔޮގެނައުމަށް ހުޅުވާލި ފުރުޞަތުގައި މަދުވެގެން ނޯޓް ކުރެވޭނީ 10 ތެޔޮ ހަން... އެކުވެރިންނާއި އާއިލާ އެކުވެގެންވެސް 10 ހަން ހަމަކޮށްފަ އެކެއްގެ ނަމުގައި  ހަމަ ނޯޓް ކުރަންވީ... ތެޔޮހަމެއްގެ އަގު ކަނޑައަޅާނީ ރާއްޖޭގެ މާކެޓް އަގަށްވުރެއް އެތައް ގުނައެއް ހެޔޮކޮށް... އެ އަގު އެއީ ކަސްޓަމުން ކުލިޔާކޮށް ނޯތުހާބަރގެ ބޯޓް ތަކާއި ހަމައަށް ޖެހޭ އަގު... އަގުގެ އިތުރުން... އިތުރު އެއްވެސް ޗާޖެއް އެއްވެސް ބައިވެރިއެއްގެ އަތުން އަޅުގަނޑުމެން ނުނަގާނެ... ތެލަކީ ދުނިޔޭގެ މާކެޓްގައި ކޮންމެ ދުވަހަކު ވެސް އަގު ބަދަލުވާ އެއްޗަކަށް ވުމާއެކު، ފައިނަލް އަގު ކަނޑައަޅާނީ ކަންޓެއިނާ ފުލްވާވަރަށް އޯޑަރ ލިބި، ނެގޭ ފައިނަލް ކޯޓޭޝަނަށް ބަލާފައި.... އަދި ފައިނަލް އަގު ހިއްސާ ކުރާނީ ނޯޓް ކުރާ ބައިވެރިން ވަކިން ވައިބާ ގުރޫއްޕަކަށް ލުމަށް ފަހު އެގުރޫއްޕުގައި... ވުމާއެކު ބައިވެރިވާން ބޭނުންވާ ފަރާތްތަކުން  ޝޮފިން ސެންޓަރ ގެ IMPORT POOL – SHOPPING CENTER ހޯލްސޭލް ވައިބާ ގުރޫއްޕަށް ވަދެވަޑައިގެން އަހަވަށް ފޯމް ފުރިހަމަ ކުރައްވާ! އަޅުގަނޑުމެންގެ ވައިބާ ގުރޫއްޕުގެ ލިންކް އަޅުގަނޑުމެންގެ ވެބުސައިޓް www.shoppingcentermv.com    އިން ނުނީ ފޭސްބުކް ޕޭޖުން ވެސް ލިބިލައްވާނެ" ސަނީމް  އިތުރަށް ވިދާޅުވީ! " އަޅުގަނޑުމެން ރާއްޖެއިން ބޭރުން ގެންނަނީ ހަމައެކަނި ތެލެއް ނޫން.. ކައިބޯތަކެތީގެ ބައިވަރު ވައްތަރުތައް މިހާރުވެސް އެތެރެކުރަން... އޯމޯ އާއި އިލެކްޓޯނިކް ސާމާނާއި ގެދޮރު އިމާރާތްކުރުމާއި ގެދޮރު ޒީނަތްތެރިކުރުމުގެ ގެ ސާމާނުވެސް އެތެރެކުރަން... ރާއްޖެ އެތެރެކުރުން ހުއްދަ ކޮންމެ އެއްޗެއް ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް އަޅުގަނޑުމެންނަށް ގެނެވިދާނެ. އަޅުގަނޑުމެންގެ ވެރިފައިޑް ސަޕްލަޔަރުން ރާއްޖެއިން ބޭރުގައި އެބަތިބި. މިއީ ހަމައެކަނި ރާއްޖޭގެ ފިހާރަތަކަށް އަޅުގަނޑުމެން ދޭ ޚިދުމަތެއް ނޫން... ހަމަ ކޮންމެ ދިވެހިރައްޔިތަކަށް ވެސް އަޅުގަނޑުމެން މަރުޙަބާ ކިޔަން... "އެއް އައިޓަމަކުން އަމިއްލައަށް އެކަކު އެކަނި ކޮންޓެއިނާއެއް ގެނައުމަކީ ފަސޭހަކަމެއް ނޫން.... ވަރަށް ބައިވަރު ޑޮލަރު އެއީ... އަޅުގަނޑުމެންގެ މި ޚިދުމަތުގެ ސަބަބުން އެކަމަށް ލުއި ލިބިގެން އެދިޔައީ...  އެއް އައިޓަމަކުން ބޭނުންވާ އަދަދު ރިޒާވް ކޮއްލުމުން އަޅުގަނޑުމެން މި ގެނެސްދެނީ... އަޅުގަނޑުމެން ފަހި މިކޮށްދިނީ ހެޔޮއަގުގައި އެންމެ އައިޓަމެއް ކަންޓެއިނާގައި ގެނެވޭނެ މަގު.... މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެންގެ މި ޚިދުމަތަށް ކާމިޔާބު 2 އަހަރު ފުރިގެން މިދިޔައީ... މިއީ ދިވެހި ވިޔަފާރިއަށް އަޅުގަނޑުމެން ގެނެސްދިން އިންގިލާބީ ބަދަލެއް... މި ޚިދުމަތް ކާމިޔާބު ކަމާއެކު ކުރިޔަށް ދާކަމީ އަޅުގަނޑުމެންގެ މި ޚިދުމަތް ދިވެހި ރައްޔިތުން އުފަލާއި އެކު ބަލައިގަތް ކަމުގެ ފުރިހަމަ ހެއްކެއް...  މި ޚިދުމަތަކީ އަގުހެޔޮކޮށް މުދާގެނައުމަށް ދިވެހި ވިޔަފާރިވެރިންގެ އިތުރުން އަމިއްލަ ފަރުދުންނަށް ވެސް ހުޅުވާލެވިފައިވާ ރަނުގެ ފުރުޞަތެއް..... " ސަނީމް ވިދާޅުވިއެވެ. ތަކެތީގެ އަގު އިންތިހާއަށް އަރަމުން އަންނަ މިދުވަސްވަރު އަދި ވަކިން ހާއްސަކޮށް ރަމަޞާން މަހަކީ އަބަދުވެސް ތަކެތީގެ އަގު އުފުލިގެންދާ މަހަކަށް ވެފައި ޝޮފިން ސެންޓަރ އިން އިސްނަގައިގެން ދެމުންދާ މި ޚިދުމަތުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން އާންމު ދިވެހި ރައްޔިތުންނަށް މިކަމުގެ ފައިދާ ލިބިގެންދާނެ ކަމާއިމެދު ޝައްކެއް ނެތެވެ. ސޮފިން ސެންޓަރ ހޯލްސޭލް ވައިބާ ގުރޫއްޕުގެ ލިންކް https://invite.viber.com/?g2=AQBKg9sRr%2B88I1Ca3F796dXAzLzfOkdw6xTme0Pi8s9s4MuBaD5BdqfWa5gPe7wa ސޮޕިން ސެންޓަރ ފޭސްބުކް ލިންކް https://www.facebook.com/profile.php?id=61555031206916 ސޮފިން ސެންޓަރ ވެބްސައިޓް އެޑްރެސް www.shoppingcentermv.com

ނޯޓު: މިއީ ސޮޕިން ސެންޓަރގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.

.