ހއ އިން ފެށިގެން ޅ އަތޮޅަށް މައިކަޕްގައި ބައިވެރިވެވޭގޮތް ހަދައި، މިހަފުތާގައި މުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަނީ
ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު، މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާލެއިން އުތުރުގެ އަތޮޅުތަކުގެ ރަށްތަކަށް ހުޅުވާލާނެކަން ކުލަބް ޕޯސްޓްރ އިން ހާމަކޮށްފިއެވެ. އެގޮތުން މިރޭ އެކުލަބުން ހާމަކުރިގޮތުގައި މިމުބާރާތުގައި ހއ އަތޮޅުން ފެށިގެން ޅ އަތޮޅުގެ ރަށްތަކަށް ބައިވެރިވެވޭނެއެވެ.
ކްލަބް ޕޯލްސްޓަރ ގެ ރައީސް މުހައްމަދު ސުޖާއު ވިދާޅުވީ، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހަފުތާތެރޭ ހުޅުވައިލާނެ ކަމުގައެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ.
އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތް ކުޅޭނީ އިލަވަން އަ ސައިޑް އުސޫލުން ކަންވެސް، އެކުލަބުން މިރޭވާނީ ހާމަކޮށްފައެވެ. މައިކަޕް މުބާރާތްތައް އާމުކޮށް ކުޅެފައިވަނީ ނައިން އަ ސައިޑަށެވެ.
މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. މުހައްމާވަނީ މިއަހަރުގެ މުބާރާތަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ. ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަންވަނީ އިއުލާންކޮށްފައެވެ. އެގޮތުން މިމުބާރާތުގައި ބައިވެރިވާ އިހަވަންދޫގެ ކޮންމެ ޓީމަކަށް އެހީތެރިވުމުގެ ގޮތުން 2000ރ ގެ ސްޕޮންސަރ އެއް ދިނުމާއި، މުބާރާތް ފެށުމުގެ ކުރިން މައިކަޕްގެ 200 ޖާޒީ ހިލޭ ސަޕޯޓަރުންނަށް ދޫކުރާނެކަމަށްވެސް، ބިއުޓިފުލް ބުލޫގެ އޯނަރު ޔާމީންވަނީ އިއުލާން ކޮށްފައެވެ.
މައިކަޕް ފުޓްބޯޅަ މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. 2019 ވަނަ އަހަރު ބޭއްވި 13 ވަނަ މައިކަޕް މުބާރާތުގެ ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ދެވަނަ ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމުދިނެވެ. 4 އަހަރުގެ މެދު ކެނޑުމަކަށްފަހު މި މުބާރާތް މިއަހަރު އަލުން ބާއްވާއިރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
މައި ކަޕް ފުޓްބޯޅަ މުބާރާތް ފެށިގެންއައީ ހަމަ އެކަނި އިހަވަންދޫގެ ޓީމުތަކަށް ހުޅުވައިލައިގެންނެވެ. ނަމަވެސް މުބާރާތުގެ ހަތަރުވަނަ އަހަރު މުބާރާތް އިތުރަށް ފުޅާކޮށް ހއ އަތޮޅަށް ހުޅުވައިލެވުނެވެ. އެހިސާބުން މާރަންދޫއަށް ނިސްބަތްވާ ޓީމުތައް މުބާރާތުގައި ވާދަކުރަން ފެށިއެވެ. 2010 ވަނަ އަހަރު މުޅިން އަލަށް މުބާރާތުގައި ވާދަކޮށް މުބާރާތުގެ ތަށި އުފުލައިލީ މާރަންދޫ ޔޫތު ސޮސައިޓީއެވެ. މިއީ މައިކަޕް އިލަވަން އަ ސައިޑް އުސޫލުން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.
ގުޅުން ހުރެދާނެ ލިޔުން
ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
ފޮޓޯ: 15 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު
20 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
މައިކަޕް 2025: މިއަހަރުގެ މުބާރާތުގައި ބައިވެރިވީ އެންމެ 5 ޓީމް!
12 - ޑިސެމްބަރު - 2025
ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއިއެކު، މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
2 - ޑިސެމްބަރު - 2025
މިއަހަރުވެސް މައިކަޕްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، މުބާރާތުގެ ތައްޔާރީތައް ކުރިޔަށް!
7 - ސެޕްޓެމްބަރު - 2025
މައިކަޕް މިއަހަރު ޑިސެންބަރުމަހު "ބޮޑުކޮށް" އޮންނާނެ – ސުޖާއު
18 - ޖުލައި - 2025
އަތޮޅަށް ހުޅުވާލައިގެން މަދަހަ މުބާރާތެއް މިއަހަރު ބާއްވަން ގަސްތުކުރަން – މުހައްމާ
4 - ޖެނުއަރީ - 2025
މި އަހަރުގެ ތެރޭގައި ހުރަވީ ދަނޑުގައި ޓާފް އަޅަނީ!
3 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް