މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
މައިކަޕް 2025، ފުޓްބޯޅަ މުބާރާތް މިއަދުފަށާނެއެވެ. އިހަވަންދޫ ޢާޒީ ދަނޑުގައިކުޅޭ މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ، މިމުބާރާތުގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތެވެ. މި ދެ ޓީމްވެސް 2 ފަހަރު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، މި ދެ ޓީމް މިއަދު ކުޅޭ މެޗް ފަށަނީ ހަވީރު 16:00 ގައެވެ.
މައިކަޕް ފުޓްބޯޅަ މުބާރާތް ބާއްވަންފެށި ފަހުން މިއަހަރުގެ މުބާރާތަކީ އެންމެ މަދުން މިމުބާރާތުގައި ޓީމްތައް ބައިވެރިވި މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރަނީ އިހަވަންދޫ، ދިއްދޫ އަދި ތުރާކުނަށް ނިސްބަތްވާ 5 ޓީމެވެ. ދިއްދޫ އެޗް.އެން ސްޕޯޓްސް މިމުބާރާތުގައި ބައިވެރިވެފައިވާއިރު، ތުރާކުނުން އެރަށު ރެކްރިއޭޝަން ކްލަބްވަނީ ބައިވެރިވެފައެވެ. އިހަވަންދޫއިން މިއަހަރުގެ މައިކަޕް މުބާރާތުގައި ވާދަކުރަނީ އެންމެ 3 ޓީމެވެ. އެއީ ޑިފެންޑިނގް ޗެމްޕިއަން އެންވީކޭ، ޖަންގަލް އަދި ޔުނައިޓެޑް ޔޫތެވެ. މިދިޔަ އަހަރުގެ ރަނަރަޕް ކުޅިމަގު މިމުބާރާތުގައި ވާދަނުކުރުމަކީ މުޅިމުބާރާތަށްވެސް ލިބިގެންދާނެ ހުސްކަމެކެވެ.
2007 ވަނަ އަހަރުން ފެށިގެން މިހާތަނަށް، މައިކަޕްގެ 14 މުބާރާތެއް ބާއްވާފައިވާއިރު، މައިކަޕްގެ އެންމެ ކާމިޔާބު 4 ޓީމްގެ ތެރެއިން 3 ޓީމެއް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވެއެވެ. މިހާތަނަށް 4 ޓީމެއް 2 ފަހަރު މައިކަޕްގެ ތަށި އުފުއްލާލައިފައެވެ. އެއީ މާރަންދޫ ޔޫތް ސޮސައިޓީ، ޔުނައިޓެޑް ޔޫތް، އެންވީކޭ އަދި ޖަންގަލްއެވެ. މާރަންދޫ ޔޫތް ސޮސައިޓީ ފިޔަވާ އަނެއް ތިން ޓީމް މިއަހަރުގެ މުބާރާތުން ފެނިގެންދިއުމީ މިއަހުގެ މުބާތަށް ލިބިގެންދާނެ އާރޯކަމެކެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 35،000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. މިއަހަރުގެ މައިކަޕް މުބާރާތް ކުރިޔަށްދާނީ މިއަދުން ފެށިގެން މިމަހުގެ 29 އާއި ހަމަޔަށެވެ.
ގުޅުން ހުރެދާނެ ލިޔުން
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
މައި ކަޕް 2019: ޔުނައިޓެޑް ޔޫތު ފައިނަލަށް
18 - ޑިސެމްބަރު - 2019
ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ޖަންގަލް އަދި ހީވެސްނުވޭ ސެމީ ފައިނަލަށް!
25 - ޑިސެމްބަރު - 2025
މައިކަޕްގެ ޗެމްޕިއަންކަން ހޯދައި އެންވީކޭ، މައިކަޕްގެ އެންމެ ކާމިޔާބު ޓީމުތަކުގެ ލިސްޓަށް!
2 - ޖެނުއަރީ - 2025
ހަވާ އެރުވުމާއިއެކު މައިކަޕްގެ ފައިނަލް މިރޭ!
1 - ޖެނުއަރީ - 2025
ހޯރަ ޔުނައިޓެޑްގެ ސަޕޯޓަރުންނާއި ކުޅުންތެރިން މާރާމާރީހިންގި މެޗުން އެންވީކޭ މޮޅުވީކަމަށް ނިންމައިފި
31 - ޑިސެމްބަރު - 2024
ހީވެސްނުވޭ އަތުން ބަދަލު ހިފައި، ކުޅިމަގު ފުރަތަމަ ފަހަރަށް މައިކަޕްގެ ފައިނަލަށް
30 - ޑިސެމްބަރު - 2024
އިހަވަންދޫ ޓީމެއްނެތި، މައިކަޕްގެ ފައިނަލެއް އަދި ނުކުޅޭ!
30 - ޑިސެމްބަރު - 2024
މައިކަޕްގެ އެންމެ ކާމިޔާބު ކޯޗް ހަމަޒާ، މިފަހަރު ފެންނާނީ އެންވީކޭ އިން!
13 - ޑިސެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް