މިއަހަރުވެސް މައިކަޕްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، މުބާރާތުގެ ތައްޔާރީތައް ކުރިޔަށް!
މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް މިދިޔަ އަހަރެކޭ އެއްގޮތަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެކަމަށާއި، މުބާރާތުގެ ތައްޔާރީތައް ކުރިޔަށް ދާކަމަށް، ކްލަބް ޕޯލްސްޓަރގެ ނައިބް ރައީސް ނައުފަލް އިބްރާހިމް މިއަދު މައުލޫމާތު ދެއްވައިފިއެވެ.
މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. 2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 14 މުބާރާތެއް ވަނީ ބާއްވާފައެވެ. މި މުބާރާތަކީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުން ދާއިރާގެ ފުޓްބޯޅައަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
ނައުފަލް މައުލޫމާތު ދެއްވި ގޮތުގައި މުބާރާތް ކުރިޔަށްދާނީ މިއަހަރުގެވެސް ޑިސެންބަރު މަހުއެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތްވެސް އޮންނާނީ އިލަވަން އަ ސައިޑަށް ކަމަށް ނައުފަލް މައުލޫމާތު ދެއްވިއެވެ. މުބާރާތް ބޭއްވުމަށްޓަކައި މިހާރު ތައްޔާރީތައް ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. " މުބާރާތުގައި ބައިވެރިވުމަށް ހުޅުވައިލާނެ މުއްދަތު ފަދަ ކަންކަމާއި މެދު ކްލަބްގެ ހިންގާ ކޮމިޓީގައި މަޝްވަރާކޮށް ވަރަށް އަވަހަށް ގޮތްތަކެއް ނިންމިގެންދާނެ" ނައުފަލް ތަފްސީލް ކޮށްދެއްވިއެވެ. މުބާރާތުގެ އިތުރު ތަފްސީލުތައް ކްލަބް ޕޯލްސްޓަރގެ ފަރާތުން ވަރަށް އަވަހަށް ހާމަކުރާނެކަމަށް ވެސް ނައުފަލް ވިދާޅުވިއެވެ.
ބިއުޓިފުލް ބްލޫ މައިކަޕް 2024، ފުޓްބޯޅަ މުބާރާތުގައި 6 ރަށަކުން 9 ޓީމް ވަނީ ބައިވެރިވިއެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެންވީކޭއެވެ. 2007 ވަނަ އަހަރުން ފެށިގެން މިހާތަނަށް، މައިކަޕްގެ 14 މުބާރާތެއް ބާއްވާފައިވެއެވެ. 4 ޓީމެއްވަނީ 2 ފަހަރު މައިކަޕްގެ ތަށި އުފުއްލާލައިފައެވެ. އެއީ މާރަންދޫ ޔޫތް ސޮސައިޓީ، ޔުނައިޓެޑް ޔޫތް، އެންވީކޭ އަދި ޖަންގަލްއެވެ.
ގުޅުން ހުރެދާނެ ލިޔުން
ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
ފޮޓޯ: 15 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު
20 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
މައިކަޕް 2025: މިއަހަރުގެ މުބާރާތުގައި ބައިވެރިވީ އެންމެ 5 ޓީމް!
12 - ޑިސެމްބަރު - 2025
ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއިއެކު، މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
2 - ޑިސެމްބަރު - 2025
މައިކަޕް މިއަހަރު ޑިސެންބަރުމަހު "ބޮޑުކޮށް" އޮންނާނެ – ސުޖާއު
18 - ޖުލައި - 2025
އަތޮޅަށް ހުޅުވާލައިގެން މަދަހަ މުބާރާތެއް މިއަހަރު ބާއްވަން ގަސްތުކުރަން – މުހައްމާ
4 - ޖެނުއަރީ - 2025
މި އަހަރުގެ ތެރޭގައި ހުރަވީ ދަނޑުގައި ޓާފް އަޅަނީ!
3 - ޖެނުއަރީ - 2025
މައިކަޕްގެ ޗެމްޕިއަންކަން ހޯދައި އެންވީކޭ، މައިކަޕްގެ އެންމެ ކާމިޔާބު ޓީމުތަކުގެ ލިސްޓަށް!
2 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް