ޚަބަރު

ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޑަކަތީބު މަގު ހޯދައިފި

ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2024، ގެ ޗެމްޕިއަންކަން ކުޑަކަތީބު މަގު ހޯދައިފިއެވެ. އެޓީމް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިރޭކުޅުނު ފައިނަލް މެޗްގައި ބޮޑުމަގު ބަލިކޮށްގެންނެވެ. ފައިނަލް މެޗް ކުޑަކަތީބު މަގު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ފައިނަލް މެޗްގެ ސެޓްތައް ކުޑަކަތީބު މަގު ޓީމުން ގެންދިޔައީ 25-13، 25-16 އަދި 25-16 އިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ، ކުޑަކަތީބު މަގު ޓީމްގެ ޖާޒީ ނަންބަރު 14 ފާތިމަތު ތޮހޫރާއެވެ. މިމުބާރާތުގެ ފެއަރޕްލޭ ޓީމަށް ހޮވުނީ ހޯރަފުށި ޓީމެވެ. މިމުބާރާތުގެ ރަނަރަޕް ޓީމް، ބޮޑުމަގަށް 5000ރ ގެ ފައިސާގެ އިނާމު ދީފައިވާއިރު ޗެމްޕިއަން ޓީމް ކުޑަކަތީބު މަގަށްވަނީ 15000ރ ގެ ފައިސާގެ އިނާމު ދީފައެވެ.
މުބާރާތުގެ މުހިއްމު ވަނަތައް: މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ: ކުޑަކަތީބު މަގު ޓީމްގެ ޖާޒީނަންބަރު 12 އައިރީން އިބްރާހިމް މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން: –  ކުޑަކަތީބު މަގު ޓީމްގެ ފާތިމަތު ތޮހޫރާ – ބޮޑުމަގު ޓީމްގެ އީނަތު –  ކުޑަކަތީބު މަގު ޓީމްގެ އައިރީން އިބްރާހިމް –  ބޮޑުމަގު ޓީމް ޝުހުމީލާ އަބުދުލް ހަކީމް _  ކުޑަކަތީބު މަގު ޓީމްގެ އައިޝަތު އަޒުހާރާ –  ސެންސިޓީ ޓީމްގެ ހައްވާ ސަހާ އެންމެ މޮޅު ލިބަރޯ: ކުޑަކަތީބު މަގު ޓީމްގެ ފާތިމަތު ޒާހިރާ އެންމެ މޮޅު ކޯޗް: ކުޑަކަތީބު މަގު ޓީމްގެ އަހްމަދު އަބުދުއް ސަމަދު
މުޙައްމަދު އަކުރަމް