ޚަބަރު

އިހަވަންދޫ އަތުން އަތުން ބަދަލު ހިފައި، މުރައިދޫ ތިލައުތުރު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

ސީދާ ތިންސެޓުން އިހަވަންދޫ ބަލިކޮށް، ތިލައުތުރު ވޮލީ މުބާރާތް 2024 ގެ ޗެމްޕިއަންކަން މުރައިދޫ ހޯދައިފިއެވެ. މުރައިދޫ ވޮލީ ކޯޓުގައި ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި މުރައިދޫއިން އިހަވަންދޫ ބަލިކުރީ، 25-19، 25-15 އަދި  25-20 އިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މުރައިދޫ ޓީމްގެ، ޖާޒީ ނަންބަރު 17 ފާތިމަތު ސަމާހްއެވެ. ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، ހއ އަތޮޅު ކައުންސިލާއި ހއ މުރައިދޫ ކައުންސިލް ގުޅިގެން، ހއ. މުރައިދޫގައި ކުރިޔަށްގެންދިޔަ މިމުބާރާތުގައި ޖުމްލަ 7 ރަށަކުން ވާދަކުރިއެވެ. އެއީ މުރައިދޫ، އުތީމް، ކެލާ، ވަށަފަރު، އިހަވަންދޫ، ބާރަށް އަދި ދިއްދޫއެވެ. މި މުބާރާތުގެ ޗެމްޕިއަން މުރާދޫއަށް 20،000 ރުފިޔާ، ރަނަރަޕް ޓީމް އިހަވަންދޫއަށް 10،000 ރުފިޔާ އަދި ފެއަރ ޕްލޭ ޓީމް ބާރަށަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. މިއީ ހއ އަތޮޅު ކައުންސިލުން ކުރިޔަށްގެންދިޔަ ތިލައުތުރު ފުރަތަމަ ވޮލީ މުބާރާތެވެ.
މުބާރާތުގެ މުހިއްމު ވަނަތައް: ފެއަރޕްލޭ ޓީމް: ބާރަށް މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާ: އިހަވަންދޫ ޓީމްގެ ޖާޒީނަންބަރު 12 އައިރީން އިބްރާހިމް އެންމެ މޮޅު ލިބަރޯ: ވަށަފަރު ޓީމްގެ ޖާޒީ ނަންބަރު 7، ފަޒީލާ މުހައްމަދު އެންމެ މޮޅު ކޯޗް: މުރައިދޫ ޓީމްގެ ކޯޗް، އަސްރާރު އަބުދުﷲ އެންމެ މޮޅު 6 ކުޅުންތެރިން: - މުރައިދޫ ޓީމްގެ ފާތިމަތު ސަމާހް - އިހަވަންދޫ ޓީމްގެ ފާތިމަތު ތޮހޫރާ - މުރައިދޫ ޓީމްގެ ފާތިމަތު ނުހާ - ބާރަށުޓީމުގެ އާމިނަތު އަރީޝާ - މުރައިދޫ ޓީމްގެ ސަމީނަތު ހުސައިން - އިހަވަންދޫ ޓީމްގެ އީނަތު އަހުލާ ކުއީން އޮފް ދަ ޓޯނަމެންޓް: މުރައިދޫ ޓީމްގެ ޖާޒީނަންބަރު 10، ފާތިމަތު ނުހާ
މުޙައްމަދު އަކުރަމް