ޚަބަރު

ވައުދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން އިރަމާއިން ދިފާއުކޮށްފި

އަޟްޙާ ޢީދާ ދިމާކޮށް ކްލަބް ޕޯލްސްޓަރ އިން ކުރިޔަށް ގެންދިޔަ ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން އިރާމާ ޓީމުން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ކްލަބް އިރަމާ ހޯދީ ފައިނަލް މެޗް އާރްއާރްސީއާ ވާދަކޮށް ދެ ދެމުމުން މެޗް ކާމިޔާބުކޮށްގެންނެވެ. މިދިޔަ އަހަރު ބޭއްވި ވައުދެމުމުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކީވެސް ކްލަބް އިރަމާއެވެ. 4 ޓީމް ބައިވެރިވި މިމުބާރާތުގެ ޗެމްޕިއަންކަން ޓީމް އިރަމާ ހޯދީ ވާދަކުރި ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމް ކްލަބް އިރަމާއަށް 7000ރ ގެ އިނާމެއް ދީފައިވާއިރު ދެވަނަ ޓީމް އާރްއާރްސީއަށް 3000ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. ސަޕޯޓަރުންގެ އެންމެ ތަރުހީބު ލިބުނު ޓީމަކަށް ހޮވުނީ ކޮއިމަލާ ޓީމެވެ. މިމުބާރާތުގެ ކިންގް އައް ހޮވުނީ ކްލަބް އިރަމާގެ އިބްރާހިމް ސައުދޫންއެވެ.
.