ތެޔޮ ހުސްވެ، އެމްޓީސީސީ އިހަވަންދޫ ސައިޓްގެ މަސައްކަތްތައް އަނެއްކާވެސް ހުއްޓިއްޖެ!
ވެހިކަލްތައް އޮޕަރޭޓް ކުރުމަށް ބޭނުންވާ ތެޔޮ ހުސްވެ، އެމްޓީސީސީގެ އިހަވަންދޫ ސައިޓްގެ މަސައްކަތް އަނެއްކާވެސް ހުއްޓިއެއްޖެއެވެ. މިވަގުތު އެމްޓީސީސީއިން އިހަވަންދޫގައި ކުރިއަށް ގެންދަނީ ހިއްކި ބިމުގެ ވަށައިގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.
ތެޔޮ ލިބުންދަތިވެ އިހަވަންދޫ އެމްޓީސީސީ ސައިޓްގެ މަސައްކަތްތައް ހުއްޓުމަކީ ފަހަކައްއައިސް ވަރަށް އާންމުކަމެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފަހުން މިދިޔަ އޮކްޓޯބަރ މަހުގެ ފަހުކޮޅު، އެމްޓީސީސީ އިހަވަންދޫ ސައިޓަށް ލިބިފައިވަނީ 3000 ލީޓަރެއްހާ ތެލެވެ. އެއީ ހަފުތާއެއްހާ ދުވަހު މަސައްކަތްކުރާހާ ތެލެވެ.
އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 10 ނޮވެމްބަރު 2020 ގައެވެ. ނަމަވެސް 1409 ފާއިތުވިއިރުވެސް އެމަސައްކަތް ނިމިފައެއް ނުވެއެވެ. އިހަވަންދޫގައި ތަރައްޤީކުރުމަށް ނިންމާފައިވާ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމަސައްކަތް އެ ކުންފުންޏާ ހަވާލުކުރެވުނީ 17 އޯގަސްޓު 2023 ގައެވެ. އެހެންނަމަވެސް، 399 ދުވަސް ފާއިތުވެގެން ގޮސްފައިވީ ނަމަވެސް، އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަދިވެސް ފެށިފައެއް ނުވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އެމް.ޓީ.ސީ.ސީ އިން އިހަވަންދޫ އޮޕަރޭޝަން ކުރިޔަކަށް ނުދާކަމަށް ބުނިއިރު، ހަވާލުކޮށްފައިވާ ބޮޑެތި މަޝްރޫއުތައް އޮތީ ހުއްޓިފައި!
12 - މޭ - 2026
ހޯރަފުށީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ދިއްދޫގައި ދަނާލެއް އިމާރާތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ދިއްދޫގައި ތަރައްޤީކުރާ މަތީފެންވަރުގެ ފުޓްބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތް ފަށައިފި
30 - މާރިޗު - 2026
"ސިޔާސީ ރޯޅީގައި" ބައެއް މުވައްޒަފުން އިހަވަންދޫއަށް ބަދަލުކޮށްފި!
13 - ފެބްރުއަރީ - 2026
ބަންދު ކޮށްފައިވާ ސިޑީގެ ހާލަތު ގޯސްވެ، ކަދުރު ރުއް ހެދެން ފަށައިފި!
31 - ޖެނުއަރީ - 2026
އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!
7 - ޖެނުއަރީ - 2026
އިހަވަންދޫގައި އާޓިފިސިއަލް ބީޗެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
6 - ޖެނުއަރީ - 2026
ކޮންސްޓްރަކްޝަން މިނިސްޓްރީއިންވެސް ބުނަނީ ބިންހިއްކުމުގެ މަސައްކަތް ނިމިއްޖެކަމަށް!
25 - ނޮވެމްބަރު - 2025
މޮޅަދޫގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
27 - އޮކްޓޯބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް