ޚަބަރު

ފިޝް ކަލެކްޝަން ފެސިލިޓީ ބަނދަރަށް ބޭނުންވާ ޝީޓްޕައިލް ގެނެސްފި

ފިޝް ކަލެކްޝަން ފެސިލިޓީ ބަނދަރަށް ބޭނުންވާ ޝީޓްޕައިލް ގެނެސްފި
Advertisement Advertisement

އިހަވަންދޫ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަށް ބޭނުންވާ، ޝީޓް ޕައިލް ގެންނަން ފަށައިފިއެވެ.  އެމަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އެތަކެތި މިއަދުު އިހަވަންދޫއަށް އަންލޯޑް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު, ޝީޓް ޕައިލްކުރުމުގެ މަސައްކަތައް އެކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

އިހަވަންދޫ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް، އެމްޓީސީސީ އާ ހަވާލުކުރީ 17 އޯގަސްޓް 2023 ގައެވެ. އެމަސައްކަތް އެކުންފުންޏާ ހަވާލުކުރީ 60.26 މިލިއަން ރުފިޔާގެ އަގަކަށް 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.  އެބަނދަރުގެ މަސައްކަތް އެކުންފުނިން ފެށީ 25 މެއި 2025 ގައެވެ. އެދުވަސްވަރު ކަޓަރ ސެކްޝަން ޑްރެޖަރެއް ބޭނުންކޮށްގެން ބަންދަރު ފުންކުރުމުގެ މަސައްކަތް އެކުންފުނިން ފެށިނަމަވެސް ވަކިހިސާބަކުން އެމަސައްކަތް އެކުންފުނިންވަނީ  ހުއްޓާލައިފައެވެ.  އެކުންފުނިން އޭރު ފުންކުރި ސަރަހައްދު މިހާރު ތިލަވެފައި ވާއިރު، އެކަމުގެ ސަބަބުން އިހަވަންދޫގެ އިރުމަތީ ފަރާތުން ބޮޑު ސަރަހައްދެއް ގިރާފައިވާކަމަށް އެކުންފުނިން ބުނެއެވެ. 

ފިޝްކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ހެދުމުގެ މަސައްކަތް މެދުކެނޑުމަކަށްފަހު އެމްޓީސީސީއިން ފެށިއިރު، ފިޝަރީޝް ކޮމްޕްލެކްސްގައި ހިމެނޭ، 1000 މެޓްރިކް ޓަނުގެ ކޯލްސްޓޯރޭޖާއި، ބްރައިން  ފްރީޒިންގ، ޕަވަރ ސަޕްލައި އިގެ މަސައްކަތާ، ސަރުކާރުން އިހަވަންދޫގައި އަލަށް ތަރައްޤީކުރާ 30 ޓަނުގެ އައިސް ޕްލާންޓްގެ މަސައްކަތް އެތިއޯން ޕްރައިވެޓް ލިމިޓެޑާއި މިހާރުވަނީ ހަވާލުކޯށްފައެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 160 މިލިއަން ރުފިޔާގެ އަގަކަށް، ބިން ހަވާލުކޮށް އެމަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތް އެތިއޯން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް