ބީ.ވީ.އައި.އެސް.އެމް ގެ ތައުރީފް އާރުޓީއެލް 109 އަށް
ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވެސް (ބީ.ވީ.އައި.އެސް.އެމް) އިން އާރުޓީއެލް 109 އަށް ތައުރީފް ކޮށްފިއެވެ.
ބީ.ވީ.އައި.އެސް.އެމް އިން އެޖަމިއްޔާގެ އަހަރީ ކޭމްޕް ބޭއްވުމަށް، އިހަވަންދޫގެ މުއައްސަސާތަކާއި ގުޅިގެން ހިންގާނެ ހަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް އިހަވަންދޫއަށްކުރި ދަތުރު ނިންމާލުމަށްފަހު ކުޅުދޫފުއްޓައް، އެޖަމިއްޔާގެ ޓީމް ދަތުރުކުރީ އިއްޔައެވެ. އެޓީމް ކުޅުދުއްފުއްޓަށް ދަތުރުކުރީ އެމްޓީސީސީގެ އާރުޓީއެލް 109 ގައެވެ. ޖަމިއްޔާގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ އެދަތުރުގައި އެޖަމިއްޔާގެ ޓީމަށް ފާހަގަވި ރަނގަޅުކަމެއް ހިއްސާކޮށް ވީޑިއޯއެއް ޕޯސްޓް ކޮށްފައެވެ. އެވީޑިއޯގައި، ދަތުރާއި ގުޅުންހުރި މައުލޫމާތު ލޯންޗްގެ ކެޕްޓަން ދަތުރުވެރިންނަށް ކިޔައިދޭ މަންޒަރު ފެނިގެންދެއެވެ.
ބީ.ވީ.އައި.އެސް.އެމް އިން ކޮށްފައިވާ ޕޯސްޓްގައިވަނީ އެމްޓީސީސީގެ އެހެން ފެރީތަކާއި ބަސްތަކާއި، އެފަދަ ހިދުމަތްދޭ ތަންތަނުގައި، އެފަދައިން ތަފްސީލްކޮށް އެނައުންސްމަންޓް ދޭނަމަ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އެހެން އާންމު ފަރާތްތަކަށްވެސް ވަރަށްބޮޑަށް ފަސޭހަވެގެން ދާނެކަމަށް ބުނެފައެވެ. “ރާއްޖެ ޓްރާންސްޕޯޓް ލިންކް” (އާރުޓީއެލް) ގެ ދަތުރުތައް ހއ އަތޮޅުގައި ފަށާފައިވަނީ 26 ޖޫން 2022 ގައެވެ.
އާރުޓީއެލް ހައި-ސްޕީޑް ފެރީ ނިޒާމް
ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވެސް (ބީ.ވީ.އައި.އެސް.އެމް)
ގުޅުން ހުރެދާނެ ލިޔުން
ބަންދު ކޮށްފައިވާ ސިޑީގެ ހާލަތު ގޯސްވެ، ކަދުރު ރުއް ހެދެން ފަށައިފި!
31 - ޖެނުއަރީ - 2026
އާރުޓީއެލް ފެރީނިޒާމް މަޑުމަޑުން ފުނޑެނީ، ހުކުރުދުވަހު މިހާރު ދަތުރު ނުކުރޭ!
10 - އޭޕްރީލް - 2025
އާރު.ޓީ.އެލް ގެ އެޗް 1 ރޫޓަށް ބޮޑު ބަދަލެއް ގެންނަނީ!
17 - ފެބްރުއަރީ - 2025
އިހަވަންދޫ ފެރީ ޓަރމިނަލްގެ މަސައްކަތް ނިމިއްޖެ
16 - މޭ - 2022
އިހަވަންދޫ ފެރީޓާމިނަލް އެޅުމަށް ބޭނުންވާ ބައެއް ސާމާނު ރަށަށް ގެނެސްފި
6 - މޭ - 2021
އެމްޓީސީސީގެ ހައި ސްޕީޑް ފެރީނިޒާމް ފެށުމަށް 70 މުވައްޒަފުން ހޯދަނީ
22 - އޭޕްރީލް - 2021
އާރުޓީއެލް އަށްވުރެ އަގުހެއޮކޮށް ސީކިންގުން ފެރީގެ ހިދުމަތް ފަށަނީ
1 - އޮކްޓޯބަރު - 2023
އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
4 - ސެޕްޓެމްބަރު - 2026
ސަރުކާރުން އިކުއިޓީއަށްވާ ފައިސާ ދޫކޮށްގެން, ގެދޮރު ލޯނު ހަމަޖައްސައިދެނީ!
30 - އޮގަސްޓު - 2026
'ލޭކް އޮންޓޭރިއޯ'ގެ ނަން 'ލޭކް އެމެރިކާ'އަށް ބަދަލުކުރަން ޓްރަމްޕް އަމުރެއް ނެރުއްވައިފި
28 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް