ރަފަޙުގެ އުދުވާނު ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އިޒްރޭލަށް އަމުރުކޮށްފި
އިޒްރޭލުން ޣައްޒާގެ ރަފަޙްގައި ހިންގާ އަސްކަރީ އުދުވާނު ވަގުތުން ހުއްޓާލުމަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް އަމުރުކޮށްފިއެވެ.
އައިސީޖޭ އިން މި އަމުރު ނެރުނީ އެކޯޓުން ޖެނުއަރީމަހު ނެރުނު ވަގުތީ އަމުރު މުރާޖާއަ ކޮށްދިނުމަށް، ދެކުނު އެފްރިކާއިން އެ ކޯޓަށް ހުށަހެޅި ކުއްލި މައްސަލަ ބެލުމަށްފަހުއެވެ. އައިސީޖޭ އިން މިއަދު ނެރުނު އަމުރުގައި އިޒްރޭލުގެ އުދުވާން ވަގުތުން ހުއްޓާލުމަށް އަމުރު ކުރުމުގެ އިތުރުން، ރަފަޙްގެ އިންސާނީ ހާލަތުއޮތީ ކާރިޘާއެއްގެ ހާލަތުގައި ކަމަށާއި، އެހެންކަމުން، ރަފަޙް ބޯޑަރު ހުޅުވުމަށްވެސް އަމުރު ކޮށްފައިވެއެވެ. މީގެއިތުރުން އެކޯޓަށް ހުށަހަޅާފައިވާ ނަސްލުނައްތާލުމުގެ ޖަރީމާތަކުގެ ތުހުމަތުތައް ތަހްގީގުކުރަން އދ ގެ ޓީމުތައް ޣައްޒާއަށް ވަނުމުގެ ފުރުސަތު ދިނުމަށްވެސް އިސްރާއީލުގެ މައްޗަށް އައިސީޖޭއިން އަމުރުކޮށްފައިވެއެވެ. މިއަދު އަމުރު އެކޯޓުން ނެރުނީ އެކޯޓްގެ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރުންގެ ވޯޓާއި އެކުއެވެ. ދެކޮޅަށް ވޯޓް ދެއްވީ 2 މެމްބަރުންނެވެ.
އައިސީޖޭގެ ނިންމުންތަކަށް އަމަލުކުރުން މެންބަރު ގައުމުތަކަށް ލާޒިމެވެ. އެކަމަކު އަމުރުތައް ތަންފީޒުކުރުމުގައި ކޯޓަށް މާ ބޮޑު ބާރެއް ނޯވެ އެވެ. ގިނަ ގައުމުތަކުން ކޯޓުގެ އަމުރުތައް ބޮލައިލައި ޖަހަނީ އެވެ. ރަޝިއާ އިން ޔުކްރެއިންނަށް ހަމަލާ ދޭން ފެށުމުން ވެސް އެކަން ހުއްޓާލަން ކޯޓުން އަމުރުކުރި އެވެ. އެކަމަކު ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ.
ގުޅުން ހުރެދާނެ ލިޔުން
ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް، އައިސީސީން ނެރެފާނެކަމަށް އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފި
29 - އޭޕްރީލް - 2024
'ފަލަސްތީނާއެކު އިހަވަންދޫ' ހަރަކާތަށް ދޮޅު ލައްކަ އަށްވުރެ ގިނަ ރުފިޔާ!
17 - އޮކްޓޯބަރު - 2023
ފަލަސްތީނަށް އެޙީވުމަށް 'ފަލަސްތީނާއެކު އިހަވަންދޫ' ނަމުގައި ލައިވް ސްޓްރީމެއް ކުރިޔަށްގެންދަނީ
15 - އޮކްޓޯބަރު - 2023
ފަލަސްތީނާއިއެކު އިހަވަންދޫގެ ރައްޔިތުން ތިބިކަން ބޮޑު ހަރަކާތަކުން ދައްކައިލަނީ!
19 - މޭ - 2021
އިނގިރޭސިވިލާތުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ލަންޑަނުގައި ފަލަސްތީނުގެ އެމްބަސީއެއް ހުޅުވައިފި
6 - ޖެނުއަރީ - 2026
"ރަންތާޖު" ޤުރްއާން މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރަން ނިންމައިފި
1 - ނޮވެމްބަރު - 2024
"ރަންތާޖު" ޤުރްއާން މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފި
13 - ނޮވެމްބަރު - 2023
އަރަބި، އިސްލާމީ ގައުމުތަކުން އިސްރާއީލާ ގުޅުން ކަނޑާލުމަށް ހަމާސްގެ ތަރުޖަމާނު ގޮވާލައްވައިފި
24 - އޮކްޓޯބަރު - 2023
ކުންފުނިން 'ފަލަސްތީނުގެ މީހުން ހިމޭންކޮށްފި' ކަމަށް ބުނެ ގޫގުލްގެ މުވައްޒަފަކު އިސްތިއުފާދީފި
3 - ސެޕްޓެމްބަރު - 2022
އިންޓަނޭޝަނަލް ފެންވަރަށް އިހަވަންދޫ ކުދިން ޤުރުއާން އެބަކިޔަވާ - އަލްގާރީ އަހްމަދު ތައުފީގް
10 - ޑިސެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް