ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް، އައިސީސީން ނެރެފާނެކަމަށް އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފި
އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ އަދި ސަރުކާރުގެ ބައެއް އިސްވެރިން ހައްޔަރުކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރެފާނެކަމުގެ މައުލޫމާތު ލިބިފައިވާކަމަށް، އިޒްރޭލް ސަރުކާރުގެ އޮފިޝަލުންނާއި ހަވާލާދީ އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފިއެވެ. ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮޑުވަޒީރު ނަތަންޔާހޫ ހިމެނޭގޮތަށް އިޒްރޭލުގެ އޮފިޝަލުން ހައްޔަރު ކުރުމުގެ އަމުރު ނެރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރުންދަނީ ވިސްނަމުންނެވެ.
ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާ އަނިޔާވެރި އަމަލުތައް ތަހުގީގު ކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ކަމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނިންމާފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ނަތަންޔާހޫގެ އިތުރުން މި ތަހުގީގުތަކުގެ ސަބަބުން ޑިފެންސް މިނިސްޓަރ ގަލަންޓާއި ޗީފް އޮފް ސްޓާފް ހެރްޒީ ހަލޭވީ ހައްޔަރު ކުރުމުގެ އަމުރު ނެރެފާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާފައިވާ ޖަރީމާތައް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ބަލަން ފަށާފައިވީ ނަމަވެސް އެކަމަށް އެއްބާރުލުން ނުދޭނެ ކަމަށް އިޒްރޭލުންބުނެއެވެ. ހަމަ އެއާއެކު މިމައްސަލަ ބަލަންފެށުމުން އެމެރިކާ އިން ވަނީ އެކަމާއިމެދު ނުރުހުން ފާޅުކޮށްފަ އެވެ.
އިޒްރޭލާއި، އިޒްރޭލުގެ ޖަރީމާތުގެ ބައިވެރިޔާ އެމެރިކާއަކީ އައިސީސީގެ މެންބަރުންނެއް ނޫނެވެ. އިޒްރޭލުން ބުނަމުން ދަނީ މިނިވަން ދައުލަތެއްގެ މަގާމަށް ފަލަސްތީން ވެސް ކޮލިފައި ނުވާ ކަމަށެވެ. ނަމަވެސް އައިސީސީން ނިންމާފައި ވަނީ ހިފާފައިވާ ބިންތަކުގައި ހިންގި ޖަރީމާތައް ބެލޭނެ ކަމަށެވެ. ސަބަބަކީ އދ.ގެ ނަން- މެންބަރު އޮބްޒާވާ ސްޓޭޓަސް ފަލަސްތީނަށް ދީފައިވާތީ އެވެ.
އައިސީސީއިން ބަލަމުންދާ މައްސަލައަކީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި އިސްރާއީލާ ދެކޮޅަށް ހިނގަމުންދާ ބައެއް މައްސަލަތަކާ ވަކި މައްސަލައެކެވެ. އައިސީޖޭ އުފެއްދީ ދައުލަތްތަކުގެ މެދުގައި އުފެދޭ ކޯޅުންތައް ހައްލުކުރުމަށެވެ. ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ އައިސީސީ އަކީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ އަމަލުތައް ބަލާ ބައިނަލްއަގުވާމީ ކޯޓެވެ. އެކަމަކު ބައެއް ހާލަތްތަކުގައި އެ ނޫން ބާވަތުގެ ޖިނާއީ ކުށުގެ މައްސަލަތައް ވެސް އެ ކޯޓުން ބަލަ އެވެ.
އައިސީސީން ހަނގުރާނައުގެ ޖަރީމާ ހިންގުމުގެ ކުށުގައި، މީގެކުރިންވެސް ބައެއްގައުމުތަކުގެ ވެރިން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވެއެވެ. އެގޮތުން ޔޫކްރެއިން ހަނގުރާމާގައި ޖަރީމާ ހިންގުމުގެ ކުށް ކުރިކަމަށް ތުހުމަތުކޮށް ރަޝިއާގެ ރައީސް ލަޑްމިއާ ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް މިދިޔަ އަހަރުގެ މާރިޗް މަހު ނެރުނެވެ. ބޮސްނިޔާ ގައި ހިންގި ނަސްލު ނައްޓަލުމުގެ ހަނގުރާމައިގެ ސަބަބުން ކުރީގެ ޔޫގޮސްލޭވިއާގެ ލީޑަރު ސްލޮބޮޑާން މިލޯސެވިޗް ހައްޔަރު ކުރުމަށްވެސް އައިސީސީން އަމުރުކޮށް އޭނާ ޖަލައްލިއެވެ. މިލޯސެވިޗް މަރުވީ ވެސް ޖަލުގައި ހުއްޓައެވެ.
ގުޅުން ހުރެދާނެ ލިޔުން
ރަފަޙުގެ އުދުވާނު ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އިޒްރޭލަށް އަމުރުކޮށްފި
24 - މޭ - 2024
'ފަލަސްތީނާއެކު އިހަވަންދޫ' ހަރަކާތަށް ދޮޅު ލައްކަ އަށްވުރެ ގިނަ ރުފިޔާ!
17 - އޮކްޓޯބަރު - 2023
ފަލަސްތީނަށް އެޙީވުމަށް 'ފަލަސްތީނާއެކު އިހަވަންދޫ' ނަމުގައި ލައިވް ސްޓްރީމެއް ކުރިޔަށްގެންދަނީ
15 - އޮކްޓޯބަރު - 2023
ފަލަސްތީނާއިއެކު އިހަވަންދޫގެ ރައްޔިތުން ތިބިކަން ބޮޑު ހަރަކާތަކުން ދައްކައިލަނީ!
19 - މޭ - 2021
އިނގިރޭސިވިލާތުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ލަންޑަނުގައި ފަލަސްތީނުގެ އެމްބަސީއެއް ހުޅުވައިފި
6 - ޖެނުއަރީ - 2026
"ރަންތާޖު" ޤުރްއާން މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރަން ނިންމައިފި
1 - ނޮވެމްބަރު - 2024
"ރަންތާޖު" ޤުރްއާން މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފި
13 - ނޮވެމްބަރު - 2023
އަރަބި، އިސްލާމީ ގައުމުތަކުން އިސްރާއީލާ ގުޅުން ކަނޑާލުމަށް ހަމާސްގެ ތަރުޖަމާނު ގޮވާލައްވައިފި
24 - އޮކްޓޯބަރު - 2023
ކުންފުނިން 'ފަލަސްތީނުގެ މީހުން ހިމޭންކޮށްފި' ކަމަށް ބުނެ ގޫގުލްގެ މުވައްޒަފަކު އިސްތިއުފާދީފި
3 - ސެޕްޓެމްބަރު - 2022
އީރާނާ ދެކޮޅަށް އެކަނި ހަނގުރާމަކުރުމުގެ އިންޒާރާއެކު ނަތަންޔާހޫއަށް ބޮޑެތި ފާޑުކިއުންތަކެއް!
6 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް