ފަލަސްތީނަށް އެޙީވުމަށް 'ފަލަސްތީނާއެކު އިހަވަންދޫ' ނަމުގައި ލައިވް ސްޓްރީމެއް ކުރިޔަށްގެންދަނީ
އިހަވަންދޫގެ މުއައްސަސާތައް އަދި ޒުވާނުން ގުޅިގެން ފަލަސްތީނަށް އެޙީވުމަށް މާދަމާ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގައި ލައިވް ސްޓްރީމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 2 ކުން ފެށިގެންނެވެ. މި ޕްރޮގްރާމުގައި ބައިރިވެރިވެ ފަލަސްތީނުގެ މުސްލިމް ރައްޔިތުންނަށް އެހީތެރިވުމަކީ މިހަރަކާތް ކުރިއަށްގެންދާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ. މިޙަރަކާތުން ލިބޭ ފައިސާ ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ރައްޔިތުންގެ ނަމުގައެވެ.
ހަމާސް އިން އިޒްރޭލަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާ ވެފަ އެވެ. ބަދަލުގައި އިޒުރޭލުން ވެސް ދަނީ ފަލަސްތީނަށް ބާރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ގިނަ ބަޔަކު ދަނީ މަރުވަމުންނެވެ. އެގޮތުން މެދުކެނޑުމެއްނެތި ގާޒާއަށް ބޮން އަޅަމުންދާއިރު އިޒްރޭލުން މިހާރު ވަނީ ގާޒާއިން ފެނާއި ކަރަންޓް އަދި ކާބޯތަކެތި ލިބުން ވެސް ހުއްޓުވައިފަ އެވެ.
އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން ތިބި ކަން އަންގައިދޭން ރައްޖޭގައިވެސްދަނީ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ. ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދިވެހިން އަޑު އުފުލަމުން އަންނައިރު، މިއަދު ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އަންނަނީ މި ކަހަލަ ހަރަކާތްތައް ބާއްވަމުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
ރަފަޙުގެ އުދުވާނު ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އިޒްރޭލަށް އަމުރުކޮށްފި
24 - މޭ - 2024
ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް، އައިސީސީން ނެރެފާނެކަމަށް އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފި
29 - އޭޕްރީލް - 2024
'ފަލަސްތީނާއެކު އިހަވަންދޫ' ހަރަކާތަށް ދޮޅު ލައްކަ އަށްވުރެ ގިނަ ރުފިޔާ!
17 - އޮކްޓޯބަރު - 2023
ފަލަސްތީނާއިއެކު އިހަވަންދޫގެ ރައްޔިތުން ތިބިކަން ބޮޑު ހަރަކާތަކުން ދައްކައިލަނީ!
19 - މޭ - 2021
އިނގިރޭސިވިލާތުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ލަންޑަނުގައި ފަލަސްތީނުގެ އެމްބަސީއެއް ހުޅުވައިފި
6 - ޖެނުއަރީ - 2026
"ރަންތާޖު" ޤުރްއާން މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރަން ނިންމައިފި
1 - ނޮވެމްބަރު - 2024
"ރަންތާޖު" ޤުރްއާން މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފި
13 - ނޮވެމްބަރު - 2023
އަރަބި، އިސްލާމީ ގައުމުތަކުން އިސްރާއީލާ ގުޅުން ކަނޑާލުމަށް ހަމާސްގެ ތަރުޖަމާނު ގޮވާލައްވައިފި
24 - އޮކްޓޯބަރު - 2023
ކުންފުނިން 'ފަލަސްތީނުގެ މީހުން ހިމޭންކޮށްފި' ކަމަށް ބުނެ ގޫގުލްގެ މުވައްޒަފަކު އިސްތިއުފާދީފި
3 - ސެޕްޓެމްބަރު - 2022
އައި. ކްލަބްގެ ވަންޑޭކަޕް މިމަހުގެ 5 ގައި ފަށަނީ؛ މިއަހަރުގެ މުބާރާތް ކުރިޔަށްގެންދަނީ ސާރކްއާ ގުޅިގެން!
2 - ޖޫން - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް