ތިލައުތުރު ފުޓްސަލް މުބާރާތް ހޯސްޓްކުރާނެ ރަށެއް ހޯދަނީ
ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން "ތިލައުތުރު ފުޓްސަލް މުބާރާތް" ގެ ނަމުގައި ހއ އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތް ހޯސްޓް ކުރާނެ ރަށްތައް ހޯދުމަށް އިޢުލާން ކޮށްފިއެވެ.
މިދިޔަ އަހަރުގެ މުބާރާތާއި ހިލާފަށް މިއަހަރުގެ، ތިލައުތުރު ފުޓްސަލް މުބާރާތް ބޭއްވުމަށް ހއ އަތޮޅު ކައުންސިލުން ނިމާފައިވަނީ އަތޮޅުގެ ދެ ބިތުގައި މުބާރާތް ކުޅޭ ގޮތަށް ދެ ރަށެއްގައެވެ. ނަމަވެސް އެގޮތަށް މުބާރާތް ކުރިޔަށް ގެންދާނީ އަތޮޅުގެ ކޮންމެ ބިތަކުން މަދުވެގެން ހަތަރު ޓީމް ބައިވެރިވާނަމައެވެ. މިއަދިޔަ އަހަރު ހއ އަތޮޅު ކައުންސިލުން ބޭއްވި، ތިލައުތުރު ފުޓްސަލް މުބާރާތް 2022 ކުރިޔަށް ގެންދިޔައީ އުތީމް ކައުންސިލާއި ގުޅިގެން އުތީމުގައެވެ.
މިދިޔަ މުބާރާތާއި ހިލާފަށް މިއަހަރުގެ މުބާރާތުގެ އެންމެ ބޮޑު ތަފާތަކީ، މިއަހަރުގެ މުބާރާތުގެ ހިންގާ ޤަވާއިދަށް ގެނެސްފައިވާ ބަދަލެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ހުރިހާ ކުޅުންތެރިންނަކީވެސް އެރަށެއްގެ ސަރުކާރު ކުންފުންޏަކަށް ނުވަތަ މުއައްސަސާއަކަށް ނިސްބަތްވާ ފަރުދަކަށް ވާންޖެހުނެވެ، ނަމަވެސް މިއަހަރުގެ މުބާރާތުގެ ހިންގާ ޤަވާއިދަށް ބަދަލުގެނެސް އެރަށަކަށް ނިސްބަތްވާ ކޮންމެ ރަތްޔިތަކަށްވެސް އެރަށެއްގެ ޓީމަށް ކުޅެވޭގޮތްވަނީ ހަދާފައެވެ. މުބާރާތުގެ ބޭނުމަށް އެރަށެއްގެ ރަށްވެއްސެއްކަމަށް ބަލަނީ 1 ޖެނުއަރީ 2023 ގެ ކުރިން އެރަށެއްގައި ރަށްވެހިވެފައިވާ ފަރާތްތަކަށެވެ.
މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ރަށްރަށުން، މުބާރާތް ހޯސްޓްކުރުމަށް އެދޭ ފޯމާއި ޕްރޮޕޯސަލް ފުރިހަމަ ކުރުމަށްފަހު، 2023 އޮގަސްޓު 30 ވާ ބުދަ ދުވަހުގެ 14:00 ކުރިން ހއ އަތޮޅު ކައުންސިލަށް ހުށަހަޅަންޖެހެއެވެ.
މިއަހަރުގެ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހު ފަށަން ހަމަ ޖެހިފައިވާ ،މިމުބާރާތަކީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 2 ވަނަ މުބާރާތެވެ. މިދިޔަ އަހަރު ކުޅުނު މިމުބާރާތުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫ ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ފިނޭންސް މިނިސްޓްރީގެ ނިންމުމަކާ ގުޅިގެން "ތިލައުތުރު ފުޓްސަލް މުބާރާތް" ބާއްވާނެ ރަށެއް ހޯދުމުގެ އިއުލާން ބާތިލްކޮށްފި!
17 - ފެބްރުއަރީ - 2026
ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ވަށަފަރު
10 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލަށް އުތީމް އަދި ވަށަފަރު ދަތުރުކޮށްފި
8 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީއަށް އުތީމް، މުރައިދޫ، ވަށަފަރު އަދި ފިއްލަދޫ
6 - ނޮވެމްބަރު - 2023
އިހަވަންދޫ ޓީމް މުބާރާތް ނިންމައިލީ މޮޅަކުން!
6 - ނޮވެމްބަރު - 2023
ދިއްދޫ އަތުން ބަލިވެ އިހަވަންދޫ ޓީމް ކަޓައިފި
4 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތް: އިހަވަންދޫ ޓީމަށް ހިތްދަތި ފެށުމެއް
3 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި މިއަހަރު 11 ޓީމް ބައިވެރިވެއްޖެ
23 - އޮކްޓޯބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތް 2023 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
26 - ސެޕްޓެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ތަށި އުފުއްލާލައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް އުތީމު
13 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް