- މުރައިދޫ ޖާޒީ ނަންބަރު 1 ޢަބުދުﷲ ޢަބުދުލް ޢަޒީޒް
- ދިއްދޫ ޖާޒީ ނަންބަރު 37 މުޙައްމަދު ނައުޝާދު
- މުރައިދޫ ޖާޒީ ނަންބަރު 7، މުޙައްމަދު ނަޒްމީން
- އުތީމު ޖާޒީ ނަންބަރު 5، މުޙައްމަދު ރިފާޢު
- އުތީމު ޖާޒީ ނަންބަރު 7 މުޙައްމަދު މަޒީން
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ތަށި އުފުއްލާލައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް އުތީމު
ތިލައުތުރު ފުޓްސަލް މުބާރާތް 2025 ގެ ޗެމްޕިއަންކަން އުތީމު ހޯދައި އެޓީމުން ކުރަމުންދިޔަ ދިގު އިންތިޒާރަށް ނިމުން ގެނެސްފިއެވެ. މިއީ މިމުބާރާތް ބޭއްވި 4 ވަނަ ފަހަރެވެ. ކޮންމެ އަހަރެއްގެވެސް ފައިނަލުގައި އުތީމް ކުޅުނު ނަމަވެސް މިއީ އެރަށަށް މިމުބާރާތުގެ ތަށި ހިއްލައިލެވުނު ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އުތީމުން ހޯދީ ރޭ ކުޅުނު ފައިނަލްގައި މުރައިދޫގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ މުރައިދޫ އެވެ. ލިބުނު ކޯނަރަކުން ޖެހި މި ލަނޑު އެޓީމަށް ޖަހައިދިނީ އަޝްރާގެވެ. މުރައިދޫގެ ލަނޑަށްފަހު އުތީމުން ވަނީ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޖަހައިދިނީ އެޓީމްގެ މަޒީން އެވެ.
މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އުތީމުގެ ޖާޒީ ނަންބަރު 7 މުޙައްމަދު މަޒީންއެވެ. މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހިކުޅުންތެރިޔަކަށް ހޮވުނީ ހޯރަފުށީގެ ޖާޒީ ނަންބަރު 11 ޢަލީ ޒިޔާދު އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން



