ޚަބަރު

ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ވަށަފަރު

ތިލައުތުރު ފުޓްސަލް ޗެލެންޖްގެ ނަމުގައި ހއ އަތޮޅު ކައުންސިލުންބާއްވާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ވަށަފަރު ޓީމުން ހޯދައިފިއެވެ. މިއަދު ހަވީރު މާރަންދޫ ނާކޮޅު ސްޓޭޑިއަމްގައި ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި ވަށަފަރުވަނީ 1-0 އިން އުތީމް ބަލިކޮށްފައެވެ. މިމެޗްގެ ހަމައެކަނި ގޯލް ވަށަފަރު ޓީމުންޖެހީ މެޗްގެ ފަހު މިނެޓްގައެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ވަށަފަރު ޓީމް ޖާޒީ ނަންބަރު 9 އަހްމަދު ސިނާންއެވެ.
މުބާރާތުގެ މުހިއްމު ވަނަތައް: މުބާރާތުގެ އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާ : އަބުދުﷲ އިޙްވާން (ފިއްލަދޫ ޓީމް) މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން: - މުހައްމަދު މަޒީން (އުތީމް ޓީމް) - ސާޖިދް ރަޝީދު (ވަށަފަރު ޓީމް) - އަބުދުﷲ އިޙްވާން (ފިއްލަދޫ ޓީމް) - އަބުދުﷲ ސިނާން (ވަށަފަރު ޓީމް) - މަހާސީން މުހައްމަދު (ވަށަފަރު ޓީމް) ފެއަރޕްލޭ ޓީމް: އުތީމް ޓީމް ރަނަރަޕް ޓީމް: އުތީމް ޓީމް ކިންގް އޮފް ދަ ޓޯރނަމެންޓް: އަބުދުﷲ ސިނާން (ވަށަފަރު ޓީމް)
މުބާރާތުގެ ޗެންޕިއަން  ވަށަފަރު ޓީމަށް 30000.00 (ތިރީސްހާސް) ރުފިޔާގެ ފައިސާގެ އިނާމާއި، ވާދާއިގެ ތައްޓާއި، ރަން މެޑެއްޔާއި، ހަނދާނީ ލިޔުމެއް ދީފައިވާއިރު، މުބާރާތުގެ ރަނަރަޕް އުތީމް ޓީމަށް 15000.00 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމާއި، ރިހި މެޑެއްޔާއި، ހަނދާނީ ލިޔުން ދީފައިވެއެވެ. މީގެ އިތުރުން މުބާރާތުގެ ފެއަރޕްލޭ އުތިމް ޓީމަށް 10000.00 (ދިހަހާސް) ރުފިޔާ ގެ ފައިސާގެ އިނާމު ދީފައިވެއެވެ. މި މުބާރާތަކީ ހއ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާ، ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. މިއީ މިމުބާރާޓް ބޭއްވި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ހއ އުތީމްގައެވެ. އެފަހަރުގެ ޗެމްޕިއަން ޓީމަކީ ފިއްލަދޫއެވެ.
މުޙައްމަދު އަކުރަމް