"މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުކުރާނަން" ޔާމީން
އެބޭފުޅާގެ ވެރިކަމެއްގައި މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށްވުރެ ދަށްނުކުރާނެ ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ، ހއ. އަތޮޅަށް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޔާމީން ވިދާޅުވީ ދުނިޔޭގެ މާކެޓްގައި ތެލުގެ އަގު މިހާރުހުރި ގޮތަށް ހުރެއްޖެނަމަ ޕީޕީއެމްގެ ވެރިކަމުގައި 20 ރުފިޔާއަށް މަސްކިލޯއެއް ގަންނާނެ ކަމުގައެވެ. މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ބޮޑު އަގުގައި ތެޔޮ އަޅައިގެން މަހަށް ނިކުމެ، ބާނާ މަސްކޮޅަށް ހަމައަގު ނުލިބުން ކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ޕީޕީއެމްގެ މަސްވެރިންގެ މެނިފެސްޓޯއަކީ އޭގައި ކުލަޖައްސާނެ ތަސައްވުރެއްކަމުގައެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމަކީ ރައްޔިތުން ގުނބޯ ހައްދާނެ ބައެއް ނޫންކަމަށާއި ރައްޔިތުންނަށް އިޙްތިރާމްކުރާ ބައެއް ކަމުގައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ މެނިފެސްޓޯ ތައްޔާރު ކުރުމާގުޅޭގޮތުންވެސް މިރޭގެ ޖަލްސާގައި ޔާމީން އަލިއަޅުއްވާލެއްވިއެވެ. ޕީޕީއެމުން ތައްޔާރުކުރާ މެނިފެސްޓޯގައި ޒުވާނުންގެ ކަންކަން ފުއްދުމަށްފަހު ދެވަނައަށް އެންމެ އިސްކަމެއްދޭ ކަމަކީ މަސްވެރިކަން ކަމަށް ޔާމީން ވިދާޅުވިއެވެ. ޕީޕީއެމްގެ ވެރިކަމުގައި އެންމެ ފުރަތަމަ އައިސް ޕްލާންޓް ޤާއިމުކޮށް ތެޔޮލިބޭނެގޮތް ހަދާނެ ރަށަކީ އިހަވަންދޫ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ދޯނި ގިނައިން ބަނުމަށް މަސްވެރި އާއިލާތަކަށް ހިތްވަރު ދެއްވާފައެވެ. އަދި ދޯނި ބަނުމުގެ މަސައްކަތަށްވެސް ސަރުކާރުން ކޮށްދެވޭނީ ކޮންކަމެއްތޯ ބައްލަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ފުއްދާނެ ކަމަށް ވަޢުދުވި ބައެއް ކަންތައްތައް ފުއްދާފައި ނުވާކަމަށް ބުނެ ދައްކާ ވާހަކަތަކަށްވެސް ރައީސް ޔާމީން މިރޭ ރައްދު ދެއްވިއެވެ. އެގޮތުން އެޕާޓީއަކީ ވަޢުދެއް ވުމަށްފަހު އެއީ ކެންސަލް ވަޢުދެއްކަމަށް ބުނާނެ ބައެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. "އަޅުގަނޑުގެ ރިޔާސީ ވައުދަކީ ދުވަހަކުވެސް ނުދައްކާ ވާހަކައެއް، ނުވާ ވައުދެއް އަދި ކެންސަލް އެއްޗެއް ކަމަކަށް ނުބުނަން." ރައީސް ޔާމީން ވިދާޅުވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ!
7 - ޑިސެމްބަރު - 2025
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
ސަރުކާރުން މަސްވެރިންނަށްވީ އެއްވެސް ވައުދެއް ނުފުއްދާ – ސޮބާޙް
6 - ސެޕްޓެމްބަރު - 2023
ދިގުފަރު ހިއްކާ އިހަވަންދޫއާ ގުޅާލާނަން: މުއިއްޒު
14 - އޮގަސްޓު - 2023
މުއިއްޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ
12 - އޮގަސްޓު - 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވަޑައިގެންފި
19 - ޖުލައި - 2023
ޕީޕީއެމް ފަހަތަށް ޖައްސާލައި އިހަވަންދޫގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
9 - މޭ - 2023
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
ރިޕޯޓް: ސްލޮއީ ކާކު؟ ޔާމީންތަ ނޫނީ އިބޫތަ؟
17 - ނޮވެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް