ފުޓްސަލް ދަނޑު 817 ދުވަހުން – ފުޓްބޯޅަ ދަނޑު 591 ދުވަހުން ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން އިހަވަންދޫގައި ފުޓްސަލް ދަނޑެއްއަޅަން މައްސާހް ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވަނީ 22 ޖޫން 2014 ގައެވެ. އެއީ ތިންމަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ނަމަވެސް މައްސާހް ކޮންސްޓްރަކްޝަނުން ފުޓްސަލް ދަނޑު ހެދުމުގެ އަމަލީ މަސައްކަތް ފެށީވެސް އޭގެ ތިންމަސްފަހުން، 15 އޮކްޓްބަރު 2014 ގައެވެ. 2016 ވަނައަހަރާއި ހަމަޔަށް އައިރު ސަރުކާރުގެ ބައެއްވެރިން މީޑިއާތަކަށް އަރައި ދައްކަވާ ވާހަކާގައި، ނިމިފައިވާ ފުޓްސެލް ދަނޑުތަކުގެ ތެރޭގައި އިހަވަންދޫ ގައި ހަދަމުންދާ ފުޓްސެލްދަނޑުހިމަނައި އެވާހަކަދައްކަވާތީ އިހަވަންދޫގެ ޒުވާނުންތިބީ ހިންހަމަ ނުޖެހުމެއްގެ ތެރޭގައެވެ. ފުޓްސަލް ދަނޑުގެ ޕްރޮޖެކްޓަށް ދިރުމެއް ލިބުނީ ފުޓްސަލް ދަނޑުގެ ނުނިމިހުރި މަސައްކަތް މޯލްޑިވެސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) ސިފްކޯއާއި 17 މާރިޗް 2016 ގައި ހަވާލުކުރުމުންނެވެ. ފުޓްސަލް ދަނޑުގައި ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ފަހުކޮޅުއެވެ. އެއީ ފުޓްސަލް ދަނޑުހަދަން މައްސާހް ކޮންސްޓްރަކްޝަނާއި ހަވާލުކުރިތާ 2 އަހަރާއި 2 މަސްފަހެވެ. ވުމާއި އެކު ފުޓްސަލް ދަނޑު ހަދަން 817 ދުވަސް އެވަނީ ހޭދަވެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، އިހަވަންދޫ ޣާޒީފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އާރުކޭއެލް ގްރޫޕާއި ހަވާލުކޮށްފައިވަނީ 28 އޮކްޓޯބަރ 2020 ގައެވެ. އެއީ 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ނަމަވެސް އާރުކޭއެލްއިން ސާމާނާއިއެކު މަސައްކަތު ސައިޓަށް އައީވެސް އޭގެ 90 ދުވަސް ފަހުން 26 ޖެނެއަރީ 2021 ގައެވެ. އެކި އެކި ސަބަބުތަކާއިހުރެ މަސައްކަތް ޑިލޭވަމުންގޮސް އާރުކޭއެލްއަށް ދީފައިވާ މުއްދަތަށް މަސައްކަތް ނިންމާފައެއްނުވެއެވެ. އަދި އާރުކޭއެލް އިން މަސައްކަތު ސައިޓުން ދިޔައިރުވެސް ކޮށްފައިވާ މަސައްކަތް ޔޫތްމިނިސްޓްރީއިން އެޕްރޫވް ކޮށްފައެއްނުވެއެވެ. އެހެންކަމުން އަނެއްކާ ވެލޯސިޓީއާއި ސަބްބޭސް ރަނގަޅުކުރަން ހަވާލުކުރިއެވެ. އެކުންފުންޏަށް އެމަސައްކަތް ނިންމައި ދަނޑުގައި ޓާފް އަޅަން ފެށޭވަރުވީ 21 އޭޕްރީލް 2022 ވަނަ ދުވަހުއެވެ. އަދި ދަނޑު ބޭނުންކުރަން ފެށީ 11 ޖޫން 2022 ގައެވެ. ވުމާއިއެކު ދަނޑުގެ މަސައްކަތް ނިންމިފައިވަނީ އެއް އަހަރާއި ހަތްމަސް ނުވަތަ 591 ދުވަހުންނެވެ. ދެސަރުކާރުން ހިންގާފައިވާ ޕްރޮޖެކްޓްތަކަށް ބަލައިލުމެއް އިބޫގެ ސަރުކާރާއި ޔާމިންގެ ސަރުކާރުން އިހަވަންދޫގައި ހިންގާފައިވާ އަދި ހިނގަމުންދާ ފޮރޮޖެކްޓްތަކުގެ ދުވެއްޔަށް ނަޒަރެއް ހިންގައިލެވޭތޯ ބަލައިލާނަމެވެ. މައުލޫމާތު ލިބެންހުރި ޕްރޮޖެކްޓްތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ.
ނިންމުން ޕްރޮޖެކްޓްތައް ހިންގާ ދުވުލި ރައްޔިތުންނަށް ފަހުމްވެގެންދަނީ އެޕްރޮޖެކްޓަކާއި ގުލޭ ވާހަކަ ދެކެވޭ ވަރެއްގެ މައްޗަށެވެ. ކޮންމެހެން ޕްރޮޖެކްޓްގެ ހަލުވިކަމާއި ނެގި މަޑުކަމުގެ ކަމުގެ މައްޗަކަށް ނޫނެވެ. ޕްރޮޖެކްޓް ތަކުގެ ސްޕީޑްބާރީ އިބޫގެ ވެރިކަމުގައިތޯ ނުވަތަ ޔާމީންގެ ވެރިކަމުގައިތޯ އަޅުގަނޑު ކަނޑައެއް ނާޅާނަމެވެ. އެއެއް ނިންމާނީ ރައްޔިތުންނެވެ. ހަޤީގަތް ކޮންމެ ގޮތަކަށް އޮތަސް 'އަނގައިން' އެ ހަޤީގަތް ބަދަލުކުރުމުގެ ބާރު ލިބިގެންވަނީވެސް ރައްޔިތުންނަށެވެ.



