ރައީސް ޔާމީން އިހަވަންދޫއަށް ވަޑައިގަންނަވަނީ
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހއ ގެ ބައެއް ރަށްތަކަށް ކުރައްވާ ދަރުފުޅުގައި އިހަވަންދޫއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ވަޑައިގަންނަވާނީ ހއ. ދިއްދު އާއި އިހަވަންދު އާއި ކެލަ އާއި ތުރާކުނުގެ އިތުރުން ބާރަށެވެ. މުއުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނުގެ މިދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވާ ހުކުރު ދުވަހުގެ ހަވީރު ވަގުތުއެވެ.
ހީނާ ވިދާޅުވި ގޮތުގައި ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމަޔަށް ރައީސް ޔާމީން ހއ.ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މުހިއްމު އެއް ކަމަކަށް އޮތީ 2023 އަށް ޕީޕީއެމްގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމެވެ. ޒުވާނުންނާއި އަންހެނުންނާއި މަސްވެރިންނާއި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މި ދަތުރުފުޅުތަކުގައި ހިޔާލު ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދަތުރުތަކުގައި އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވަން ބޭނުންފުޅުވިޔަސް އެކަން ނުވަނީ ވަގުތާއި ދަތުރުފަތުރުގެ ކަންކަން ހުރި ގޮތުންނެވެ. އެމަނިކުފާނު ހުންނަވާ ރަށަކަށް، ކައިރި ރަށްތަކުން ވަޑައިގެން ބައްދަލުކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ހއ. އަތޮޅުގައި ވެސް ގިނަ މަޝްރޫއުތައް ހިންގަވާފައިވާ ކަމަށެވެ. އިހަވަންދުއަށް ބަލާ ނަމަ 2013 އިން 2018 އަށް 14 ޕްރޮޖެކްޓަކާއި ކެލާގައި 16 ޕްރޮޖެކްޓެއް ހިންގަވާފައިވާ ކަމަށް ވިދާޅުވި އެވެ.
"ދިއްދޫއަކީ އެންމެ ގިނަ ޕްރޮޖެކްޓް އެމަނިކުފާނުގެ ވެރިކަމުގައި ހިންގެވި އެއް ރަށް. ދިއްދޫގައި 27 ޕްރޮޖެކްޓެއްގެ މަސައްކަތް ފައްޓަވައި ވަރަށް ގިނަ ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމަވާފައިވާ ކަން ފާހަގަކޮށްލަން. ހއ. ބާރަށުގައި ވެސް 17 ޕްރޮޖެކްޓެއްގެ މަސައްކަތް ފައްޓަވައި ގިނަ މަސައްކަތްތައް ނިންމެވި،" ހީނާ ވިދާޅުވި އެވެ.
އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ވާދަ ކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީން ކަނޑައަޅުއްވާފައިވަނީ ރައީސް ޔާމީނެވެ.
ގުޅުން ހުރެދާނެ ލިޔުން
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ!
7 - ޑިސެމްބަރު - 2025
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
ސަރުކާރުން މަސްވެރިންނަށްވީ އެއްވެސް ވައުދެއް ނުފުއްދާ – ސޮބާޙް
6 - ސެޕްޓެމްބަރު - 2023
ދިގުފަރު ހިއްކާ އިހަވަންދޫއާ ގުޅާލާނަން: މުއިއްޒު
14 - އޮގަސްޓު - 2023
މުއިއްޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ
12 - އޮގަސްޓު - 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވަޑައިގެންފި
19 - ޖުލައި - 2023
ޕީޕީއެމް ފަހަތަށް ޖައްސާލައި އިހަވަންދޫގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
9 - މޭ - 2023
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
ރިޕޯޓް: ސްލޮއީ ކާކު؟ ޔާމީންތަ ނޫނީ އިބޫތަ؟
17 - ނޮވެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް