Mon, 14 Sep 2026, 09:09 AM

ފިޝް ކަލެކްޝަން ފެސިލިޓީ ބަނދަރު

ހުއްޓިފައި
ފިޝް ކަލެކްޝަން ފެސިލިޓީ ބަނދަރު
އެވޯރޑްކުރި ތާރީހު
17 - އޮގަސްޓު - 2023
ސުންގަޑި
29 - ޑިސެމްބަރު - 2024
ޕްރޮޖެކްޓްގެ އަގު
60.26 މިލިއަން ރުފިޔާ
ފުރިހަމަވި މިންވަރު
10%
ކޮންޓްރެކްޓަރ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)
ބާކީ އޮތީ
00ދުވަސް
00ގަޑިއިރު
00މިނިޓް
00ސިކުންތު

އިހަވަންދޫ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރީ، 17 އޯގަސްޓް 2023 ގައެވެ. އެމަސައްކަތް އެކުންފުންޏާ ހަވާލުކުރީ 60.26 މިލިއަން ރުފިޔާގެ އަގަކަށް 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. 

އެބަނދަރުގެ މަސައްކަތް 25 މެއި 2025 ގައި އެމްޓީސީސީ އިން ފެށިއެވެ. ގިނަބަޔަކު ދެކޭ ގޮތުގައި އެމްޓީސީސީ އިން ކަޓަރ ސެކްޝަން ޑްރެޖަރެއް ބޭނުންކޮށްގެން ބަނދަރު ފުންކުރުމުގެ މަސައްކަތް ފެށީ، ކޮންމެހެން ބަނދަރުގެ މަސައްކަތް ނިންމުމުގެ މަޤްސަދުކު ނޫނެވެ. އެކުންފުނިން ބޭނުންވީ ބަނދަރު ފުންކޮށްގެން ނަގާ ވެލިކޮޅެވެ. 

ކަންވީވެސް އެހެންނެވެ. އެސަރަހައްދުން ނެގި ވިލި އެޅީ، އޭރު އެކުންފުނިން ބިންހިއްކުމުގެ މަސައްކަތް ކުރަމުންއައި ސަރަހައްދު ފިލް ކުރުމަށެވެ. އެއީ ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރުގެ އީ.އައި.އޭ ހީލާފަށް އެކުންފުނިން ހިންގި ޖަރީމާއެކެވެ. 

ބޭނުން ވާވަރަށް ވެލި ލިބުމާއިއެކު، ބަނދަރު ހެދުމުގެ މަސައްކަތް ނިންމާލައި އެކުންފުނީގެ ޑްރެޖަރ ވަނީ ގެންގޮސްފައެވެ. އެކުންފުނިން އޭރު ފުންކުރި ސަރަހައްދު މިހާރު ތިލަވެފައި ވާއިރު، އެކަމުގެ ސަބަބުން އިހަވަންދޫގެ އިރުމަތީ ފަރާތުން 712 މީޓަރުގެ ސަރަހައްދެއް ގިރާފައިވާކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ. 

ހުއްޓިފައި

ފިޝް ކަލެކްޝަން ފެސިލިޓީ ބަނދަރު

10%
ފުރިހަމަވި މިންވަރު
އިތުރަށް ހިނގާފައިވާ މުއްދަތު
624 ދުވަސް
ޕްރޮޖެކްޓްގެ އަގު
60.26 މިލިއަން ރުފިޔާ
އެވޯރޑްކުރި ތާރީހު
17 - އޮގަސްޓު - 2023
ކޮންޓްރެކްޓަރ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)

މަޝްރޫޢުގެ ޓައިމްލައިން

4 29 - އޮގަސްޓު - 2025

އިހަވަންދޫގެ އިރުމަތީ ފަރާތުން 712 މީޓަރުގެ ސަރަހައްދެއް ގިރައިފި – އިހަވަންދޫ ކައުންސިލް

އިހަވަންދޫގައި ހަދާ ކޯލްޑް ސްޓޭޖް ފެސިލިޓީގެ ބަނދަރު ހެދުމަށް އެމްޓީސީސީ އިން، ކަޓަރ ސެކްޝަން ޑްރެޖަރ ބޭނުންކޮށްގެން ފަޅު ފުންކުރުމުގެ ސަބަބުން، އިހަވަންދޫގެ އިރުމަތީ ފަރާތަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް އީޕީއޭގެ ސަމާލުކަމަށް އިހަވަންދޫ ކައުންސިލުން ގެނެސްފިއެވެ.

3 25 - މޭ - 2025

ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރުގެ މަސައްކަތް ފަށައިފި

އިހަވަންދޫގައި ތަރައްޤީކުރުމަށް ނިންމާފައިވާ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެގޮތުން ބަނދަރު ފުންކުރުމަށް ބޭނުންކުރާ ކަޓަރ ސަކްޝަން ޑްރެޖަރ  އިހަވަންދޫއަށްވަނީ ބަނދަރުކޮށްފައެވެ.

2 27 - ނޮވެމްބަރު - 2024

ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރުގެ އީ.އައި.އޭ ނިންމައިފި

އިހަވަންދޫގައި ތަރައްޤީކުރުމަށް ނިންމާފައިވާ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައިވާއިރު، މިހާތަނަށް ނިމިފައިވަނީ އެމަޝްރޫޢުގެ އީ.އައި.އޭ މަސައްކަތް ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

1 17 - އޮގަސްޓު - 2023

ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

އިހަވަންދޫގައި ތަރައްޤީކުރުމަށް ނިންމާފައިވާ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަރު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެިން މޫސާއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 60.26 މިލިއަން ރުފިޔާގެ އަގަކަށް 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އެމްޓީސީސީ ފިޝް ކަލެކްޝަން ފެސިލިޓީ
މަޝްރޫޢު ޓްރެކަރ