ޚާއްސަ އެހީއަށް ބޭނުންވާ ފަރާތަކުން އާރްޓީއެލް ލޯންޗްތަކުން ހިލޭދަތުރުކުރަން ހަދަންޖެހެނީ މިހެން
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތަކުން ހިލޭދަތުރުކުރުމަށް ކޮންމެ ލޯންޗެއްގައިވެސް 4 ޖާގަ ހާއްސަކޮށްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ބުނެފިއެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއްކަން އަންގައިދިނުމަށް މިނިސްޓަރީ އޮފް ޖެންޑަރ އެންޑް ދޫކޮށްފައިވާ ކާޑުހިފައިގެން ލޯންޗް ފުރާވަގުތު ދިޔުމުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އޮގޮތުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ 4 ޖާގަފުރެންދެން ފުރުސަތުލިބޭނެކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކުންވެސް އާންމު އުސޫލުން ކުރިޔާލާ ޓިކެޓް ނަގައިފިނަމަ އެޓިކެޓަށް ރިފަންޑެއް ނުދޭނެއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކްގައި ބޭނުންކުރާ ފެރީތަކަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަރާ ފޭބުމުގައި ފަސޭހަކަމާއިއެކު ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ފެރީތަކެކެވެ. ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ ރާއްޖެ ހައިސްޕީޑް ފެރީގެ ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އެއަރކޯން ކޮށްފައިވާ މި ފެރީތަކަކީ ދަތުރުކުރާ ފަރާތްތަކަށް އަރާމު އަދި ފަސޭހަ ދަތުރުތަކެއް ކުރެވޭނެ ފެންވަރުގައި ތައްޔާރުކޮށްފައިވާ ލޯންޗް ފެރީ ތަކެކެވެ.
މިމަސައްކަތުގެ ދަށުން މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލައި އެނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހަކަމާއެކު ބުރަބޮޑު ނުވާނެގޮތަކަށް ލިބޭނެ މަގުވަނީ ފަހިކޮށްދެއްވާފައެވެ. މި ޚިދުމަތާއިއެކު ރާއްޖޭގެ ޖަޒީރާ ރަށްތައް އެއްރަށުން އަނެއް ރަށަށް ގުޅާލައި، އިޤްތިޞާދީގޮތުން އެކަހެރިވެފައި އޮތްއޮތުން ނިމުމަކަށް އައުމަކީ ސަރުކާރުގެ އެންމެ ބޮޑު އުންމީދެވެ. ސަރުކާރުގެ އަމާޒަކީ 2023 ނިމެންވާއިރަށް ހުރިހާ ރަށަކަށް ފެރީ ނިޒާމުގެ ޚިދުމަތް ފެށުމެވެ.
ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހޭދަކުރާ އިރު އެ ހިދުމަތް ދެނީ އެކި ޒޯނުތަކަށް ބަހާލައިގެންނެވެ. ޖުމުލަ ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ބާކީ ފަސް ޒޯނުގައި ހިމެނެނީ 17 އަތޮޅެކެވެ. އެއީ ނ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދެވެ. އެ އަތޮޅުގެ ފެރީގެ ހިދުމަތަކަށް ބޭނުންވާ ލޯންޗުތައް އަންނަނީ ބަންނަމުންނެވެ. އެ މަސައްކަތް ކުރަނީ ގަލްފް ކްރާފްޓާ ގުޅިގެންނެވެ.
ގުޅުން ހުރެދާނެ ލިޔުން
އާރުޓީއެލް އަށްވުރެ އަގުހެއޮކޮށް ސީކިންގުން ފެރީގެ ހިދުމަތް ފަށަނީ
1 - އޮކްޓޯބަރު - 2023
3 އަހަރުން ދަށުގެކުދިން އާރްޓީއެލް ލޯންޗްތަކުން ހިލޭ ދަތުރުކުރެވޭނެ
7 - ޖުލައި - 2022
އެމް.ޓީ.ސީ.ސީ އިން އިހަވަންދޫ އޮޕަރޭޝަން ކުރިޔަކަށް ނުދާކަމަށް ބުނިއިރު، ހަވާލުކޮށްފައިވާ ބޮޑެތި މަޝްރޫއުތައް އޮތީ ހުއްޓިފައި!
12 - މޭ - 2026
ހޯރަފުށީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ދިއްދޫގައި ދަނާލެއް އިމާރާތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ދިއްދޫގައި ތަރައްޤީކުރާ މަތީފެންވަރުގެ ފުޓްބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތް ފަށައިފި
30 - މާރިޗު - 2026
"ސިޔާސީ ރޯޅީގައި" ބައެއް މުވައްޒަފުން އިހަވަންދޫއަށް ބަދަލުކޮށްފި!
13 - ފެބްރުއަރީ - 2026
ބަންދު ކޮށްފައިވާ ސިޑީގެ ހާލަތު ގޯސްވެ، ކަދުރު ރުއް ހެދެން ފަށައިފި!
31 - ޖެނުއަރީ - 2026
އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!
7 - ޖެނުއަރީ - 2026
އިހަވަންދޫގައި އާޓިފިސިއަލް ބީޗެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
6 - ޖެނުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް