އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް 45 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތަކެއް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މިއަހަރުގެ ޕީ.އެސް.އައި.ޕީ ގައި ސިއްހީ ދާއިރާއަށް ކަޑައަޅާފައިވާ ބަޖެޓުގައި ހިމެނޭ 45 މިލިއަން ރުފިޔާގެ މަޝްރޫޢޫތައް، ކައުންސިލްތަކުން ކުރިއަށްގެންދާ ގޮތަށް، އެ މަޝްރޫޢުތައް ނިސްބަތްވާ ދާއިރާތަކަށް ޕްރޮޖެކްޓްގެ ލިޔެކިޔުންތައް ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓުރީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ލިޔުންތައް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އުއްމީދަކީ ވީހާވެސް އަވަހަށް މި މަސައްކަތްތަކުގެ ބިންގާ އަޅައި، މަސައްކަތްތައް ކުރިއަށް ދިއުން ކަމަށެވެ. އަދި މި ކަންކަން ކުރިއަށްދާއިރު، ވީހާވެސް ބޮޑަށް ރައްޔިތުންގެ ލާބައާއި މަންފާއަށް ވިސްނައިގެން ކަންކަން އިންތިޒާމު ކުރުމަށް މިނިސްޓަރ ވަނީ އެދިވަޑައިގަންނަވާފައެވެ.
އަދި ކުރިއަށް އޮތް ދޮޅުމަސް ދުވަހުގެ ތެރޭގައި މި ރަށްރަށުގައި ޙަވާލު ކޮށްފައިވާ މަސައްކަތްތަކުގެ ބިންގާ އެޅިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މިއީ ލާމަރުކަޒު ކުރުމަށް ކޮށާލެވޭ މަގެއް ކަމަށެވެ. ނަސީމް ވިދާޅުވީ ސިއްހީ ދާއިރާ ލާމަރުކަޒު ކުރާނީ ރަމްޒީގޮތުން ނޫންކަމަށާއި މިއީ ހަގީގީ ލާމަރުކުޒުން ކަމަށެވެ. އަދި ސިއްހީ ހިދުމަތަކީ ލާމަރުކަޒްކޮށްގެން ނޫނީ ނުދެވޭނެ ހިދުމަތެއް ކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި ލާމަރުކަޒީކޮށްދެވޭ އެންމެ ބޮޑުއެއް ހިދުމަތަކީ ސިއްހީ ދާއިރާގެ ހިދުމަތެއް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިއަދު ކައުންސިލުތަކާ ހަވާލު ކުރި މަޝްރޫއުތަކުގެ ތެރޭގައި 13 ރަށެއްގެ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ހިމެނެއެވެ. އެއީ ހއ. ފިއްލަދޫ، ހއ. މާރަންދޫ، ހއ. ވަށަފަރު، ހދ. ވައިކަރަދޫ، ރ. ވާދޫ، ރ. މާކުރަތު، ރ. އަނގޮޅިތީމު، ރ. ހުޅުދުއްފާރު، އއ. ފެރިދޫ، މ. މުލައް، ލ. މާމެންދޫ، ގއ. ދެއްވަދޫ އަދި ގދ . ފިޔޯރީ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތަކެވެ.
މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫޢު ތަކުގެ ލިޔެކިއުމާއި ހަވާލުވީ އެ ރަށްރަށް ހިމެނޭ ދާއިރާތަކުގެ މަޖިލީސް މެމްބަރުންނެވެ.
މި މަސައްކަތްތަކުގެ އިތުރުން ހދ. ފިނޭ ހެލްތް ސެންޓަރުގެ ވަށާ ފާރު ރޭނުމާއި، ގއ. ނިލަންދޫ ހެލްތް ސެންޓަރު އިމާރަތް ކުރުމާއި، ގއ. މާމެންދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުން ވެސް އެރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކުރާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ރައްޒާން، އިސްތިއުފާ ދެއްވައިފި...
16 - އޮގަސްޓު - 2026
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ހޮސްޕިޓަލެއްގެ ބަދަލުގައި، އިހަވަންދޫ ރައްޔިތުންނަށް ލިބުނީ "ބޮއް ފެކްޓްރީއެއް" – ޝިފާއު
28 - ޖޫން - 2026
އާމިނާދިޔޯ ހެލްތް ސެންޓަރުގައި ޖީ.ސިކްސް.ޕީ.ޑީ ޓެސްޓު ހަދަން ފަށައިފި
9 - މޭ - 2026
ހއ. މާރަންދޫ، އުތީމު އަދި ވަށަފަރު ހެލްތް ސެންޓަރުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި!
28 - މާރިޗު - 2026
އިތުރު ދެ ޕޮލިޓިކަލް ޑިރެކްޓަރުން އާމިނާދިޔޯ ސިއްޙިމަރުކަޒަށް އައްޔަންކޮށްފި، ޖުމުލަ އަދަދު 4 އަށް!
24 - މާރިޗު - 2026
އުބައްޖަހައި، ހޮސްޕިޓަލް އަޅާބިން އަނެއްކާވެސް ކޮންނަން ފަށައިފި!
15 - މާރިޗު - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
ހުއްޓިފައިވާ އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް، އައު ޑިޒައިނަކާއި އެކު ފަށަނީ!
10 - އޮގަސްޓު - 2025
އިހަވަންދޫއަށް ތާރީހީ ދުވަހެއް : އިހަވަންދޫ ހޮސްޕިޓަލްގެ ކޮންކްރީޓް މަސައްކަތް ފަށައިފި !
16 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް