ޚަބަރު

ރައްޒާން، އިސްތިއުފާ ދެއްވައިފި...

ރައްޒާން، އިސްތިއުފާ ދެއްވައިފި...

ހއ. އިހަވަންދޫ މާވިލާގޭ، ޢަލީ ރައްޒާން އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. 

މިނޫހުން އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ރައްޒާން ވިދާޅުވީ، މިހިނގާ އޯގަސްޓް މަހުގެ 9 ވަނަ ދުވަހު އިސްތިއުފާގެ ސިޓީ ފޮނުވި ކަމަަށާއި، އިސްތިއުފާ ޤަބޫލުކުރެއްވިކަން މިއަދު އަންގަވާފައިވާ ކަމުގައެވެ، އިސްތިއުފާ ދެއްވީ ޕާސަނަލް ކަމެއްގައި ކަމަށް ރައްޒާން ވިދާޅުވިއެވެ. 

އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތް ސަރވިސަސްގެ މަގާމަށް ރައްޒާން އައްޔަން ކުރެއްވީ 08 އޭޕްރިލް 2024 ގައެވެ. އެއަށްފަހު ރައްޒާންވަނީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރގެ މަޤާމަށް ބަދަލުކޮށްފައެވެ. ރައްޒާން އިސްތިއުފާ ދެއްވިނަމަވެސް އާމިނާދިޔޯ ސިއްޙީ މަރުކަޒުގައި، ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކޮށްފައިވާ 3 ސިޔާސީ ބޭފުޅުން އަދިވެސް ތިއްބަވާނެއެވެ. 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް