މެމްބަރު ޝިފާއުގެ މިލްކިއްޔާތުގައި 14 މިލިއަނަށްވުރެ ގިނަ ރުފިޔާ
ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޝިފާއު އަށް ފާއިތުވެ ދިޔަ އެއް އަހަރު ތެރޭގައި މުސާރައާއި އިނާޔަތުގެ ގޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ފައިސާ ލިބިވަޑައިގެންފައިވާ ކަން ރައްޔިތުންގެ މަޖިލީހުން އާއްމު ކުރި މެމްބަރުންގެ މަލީ ބަޔާނުން ދައްކާފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ބަޔާނުގައި ވާގޮތުން، މަޖިލީހުގެ މެމްބަރެއްގެ މުސާރައާއި އިނާޔަތުގެ އިތުރުން، ވިޔާފާރީގެ ޙިއްސާއާއި ޑިވިޑެންޑް އަދި މާލީ މަންފާ ލިބޭގޮތަށް ހިންގާ އެހެނިހެން ކަންކަން ހިމެނޭ ގޮތަށް، 28 މެއި 2019 އިން 27 މެއި 2020 އަށް، ޖުމްލަ 1،703،937.36 ރ، އެ އަހަރު ތެރޭ މެމްބަރަށް ލިބިފައިވެއެވެ.
އެ ބަޔާނުގައި ވާގޮތުން މެމްބަރުގެ އަމިއްލަފުޅު ނަމުގައި ބީ.އެމް.އެލް ގައި ހުޅުވާފައިވާ އެކައުންޓްގައި 16،480.19ރ، އެބަ ހުއްޓެވެ. އަދި 148،000 ރ، ގެ ބިމެއް މެމްބަރުގެ އަމިއްލަފުޅު ނަމުގައި އިހަވަންދޫގައި އޮންނައިރު، 4 ކުންފުންޏެއްގައި ޙިއްސާ އޮންނަ ކަމަށްވެސް ބަޔާނުގައި ވެއެވެ.
މީގެ އިތުރުންވެސް، މެމްބަރުގެ އަމިއްލަ ނަމުގެ މިލްކިއްޔާތުގައި، ދުއްވަމުންދާ 1 ކަންނެލި ދޯންޏާއި، އެއްކޮށް މަސައްކަތް ނިމިފައިނުވާ 2 ކަންނެލި ދޯންޏާއި، 1 ކާރާއި، 2 ސައިކަލުގެ އިތުރުން 1 ރަށު ޕިކަޕު ހިމެނޭ ކަމަށް މާލީ ބަޔާނުގައި ވެއެވެ. އެގޮތުން މާލީ ބަޔާނުގެ އަހަރު ފެށުނުއިރު، މެމްބަރުގެ އަމިއްލަ ނަމުގައިވާ އޮޑިދޯނި ފަހަރާއި، އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ ގޮތުގައި ޖުމުލަ 13،939،000 ރ، ގެ އަގުހުރި ހަރު މުދާ ހުރިކަމަށް ބަޔާނުގައި ވެއެވެ.
މެމްބަރުގެ ރިޓަޔރމަންޓް ފަންޑުގެ ގޮތުގައި 202،029.71 ރ، ހުރިއިރު، މެމްބަރުގެ 72،000ރ ގެ އަގުހުރި ސައިލެއް އެހެންފަރާތެއްގެ ނަމުގައި ރާއްޖޭގައި ހުރިކަމަށް މާލީބަޔާނުން ދައްކައެވެ.
މާލީ ބަޔާނުގެ އަހަރު ފެށުނުއިރު އަދި މާލީ ބަޔާނުގެ އަހުރުގެ ތެރޭގައި މެމްބަރުގެ ނަމުގައި ނަގައި އަދި އަދާނުކޮށް، ބީ.އެމް.އެލް ގައި ލޯނެއް އޮތްއިރު އޭގެ އެއްވެސް ތަފްސީލެއް މަލީ ބަޔާނުގައި މެމްބަރު ހިމަނުއްވާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރ ޝިފާޢުއާ ބައްދަލުކުރައްވައިފި
24 - ޖޫން - 2026
ދަނޑުގެ ލައިޓްގެ މައްސަލާގައި ވަޒީރާ ސުވާލުކުރަން ފޮނުވުމާއިއެކު ލައިޓް ޖެހުމުގެ އަމަލީ މަސައްކަތް ފަށައިފި
17 - ޖެނުއަރީ - 2024
އެމްބިއުލާންސަށް ދަތިވާކަމަށްބުނެ އެމްޑީޕީގެ ދިދަތަކެއް ނަގަން އުޅުމުން ހަމަނުޖެހުން
31 - އޮގަސްޓު - 2023
އެމްޓީސީސީން އޮތީ ވެލި އަޅާދޭގޮތަށް، ކައުންސިލުން ގޮތެއް ނިންމާނީ މަޝްވަރާއަށްފަހު
10 - ޖުލައި - 2023
ސަރުކާރުގެ ބޭނުންތަކަށް ބިންދޫކުރުމުގައި ކައުންސިލްގެ ސްޑޭންޑް ހާމަކޮށްފި
17 - މޭ - 2023
އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓުވުމުގައި އިހަވަންދޫ ކައުންސިލްގެ ދައުރު އެބައޮތް
24 - އޭޕްރީލް - 2023
މާރަންދޫ ޓީމަށް ލިބުނު ކާމިޔާބު ހާއްސަކުރީ ހަސަން ހުސެން (ބަގީ) އަށް
4 - ޖެނުއަރީ - 2023
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
ކޮވިޑް ފެސިލިޓީ އާމިނާދިޔޯ ސިއްހީމަރުކަޒާ ހަވާލުކުރަނީ
3 - ނޮވެމްބަރު - 2022
ދަނޑުގެ ވަށައިގޮން އޮތް ސަރަހައްދު ސާފުކޮށް ވެލި ޓްރެކެއް ހަދަނީ
23 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް