ދަނޑުގެ ލައިޓްގެ މައްސަލާގައި ވަޒީރާ ސުވާލުކުރަން ފޮނުވުމާއިއެކު ލައިޓް ޖެހުމުގެ އަމަލީ މަސައްކަތް ފަށައިފި
ނިމިދިޔަ ސަރުކާރުން ޒަމާނީ ފެންވަރަށް އިހަވަންދޫގައި ތަރައްޤީ ކޮށްފައިވާ ޣާޒީ ދަނޑުގައި ހަރުކޮށްފައިހުރި ލައިޓްތައް އަދިވެސް ނުދިއްލާތީ އެމައްސަލާގައި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިޢުއާ ސުވާލުކުރުމަށް، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުމާއިއެކު، ދަނޑަށް ކަރަންޓްލުމުގެ މަސައްކަތް ފަށައިފިއެވެ.
ވަޒީރާއި ސުވާލުކުރުމުގެ ނޯޓިސް، މެމްބަރު ޝިފާއު ފޮނުވާފައިވަނީ 16 ޖެނުއަރީ 2024 ގައެވެ. މިއަދު 17 ޖަނަވަރީ 2024 ގެ ހެނދުނުވަނީ ދަނޑަށް ކަރަންޓް ގުޅުމުގެ އަމަލީ މަސައްކަތް ފަށާފައެވެ. އެގޮތުން މިހާރު ކުރިޔަށްދަނީ ދަނޑާއި އިންވެގެން އުތުރުކޮޅުގައި ހުރި ޓްރާންސްފޯމަރުން ދަނޑަށް މެއިން ކޭބަލް އެޅުމުގެ މަސައްކަތެވެ. މިމަސައްކަތް ކުރިޔަށްގެންދަނީ މިނިސްޓަރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަނުން ފެނަކައާ ހަވާލުކޮށްގެންނެވެ.
މެމްބަރު ޝިފާއު މިނިސްޓަރާއިކުރަން ހުށަހަޅާފައިވާ ސުވާލުގައިވަނީ، ނިމިދިޔަ ސަރުކާރުން އިހަވަންދޫގައި ޒަމާނީ ފުޓްބޯޅަދަނޑެއް ތަރައްޤީކުރުމުގެ މަސައްކަތުގެތެރެއިން އިހަވަންދޫ ޣާޒީ ދަނޑުގައި ރަނގަޅު ފެންވަރަކަށް ޓާފްއަޅާ ލައިޓް ޖަހާފައިވާކަމަށާ، ނަމަވެސް މިސަރުކާރަށް ދެ މަސް ވެގެންދިޔައިރުވެސް ދަނޑުގައި ހަރުކޮށްފައިވާ ލައިޓް ނުދިއްލޭކަމީ އިހަވަންދޫގެ ޒުވާނުން ނުހަނު ކަންބޮޑުވެ މާޔޫސްވާ ކަމެއްކަމުގައެވެ. "ވީމާ އިހަވަންދޫ ޣާޒީ ދަނޑުގައި ނިމިދިޔަ ސަރުކާރުން ހަރުކޮށްފައިވާ ލައިޓްތައް ދިއްލާ ބޭނުންކުރަން ފެށޭނީ ކިހާތާކުތޯ؟" މެމްބަރު ޝިފާއު އައްސަވާފައިވެއެވެ.
ޣާޒީ ދަނޑުގައި ލައިޓް ޖަހާފައިވަނީ ތިޙްނާން އިންވެސްޓްމެންޓާއި ހަވާލުކޮށްގެންނެވެ. އެމަސައްކަތް އެކުންފުންޏާ ހަވާލުކުރީ ފެބްރުއަރީ 21، 2023 ގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެމަސައްކަތުގެ ސްކޯޕްގެ ތެރޭގައި ދަނޑަށް ކަރަންޓް އެޅުމެއްނެތެވެ. އެކުންފުނިން ލައިޓް ހަރުކުރުމުގެ މަސައްކަތް ނިންމައި 2023 ވަނަ އަހަރުގެ ޑިސެމްބަރ 13 އަދި 20 ގައިވެސް އެމަސައްކަތް ނިމިފައިވާކަމަށް، ޕްރޮޖެކްޓް ޕްރޮގްރެސް ރިޕޯޓްގައި ސޮއެކުރުމަށް އިހަވަންދޫ ކައުންސިލަށް ފޮނުވާފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިތުރު، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިހަވަންދޫގައި އަޅަނީ!
30 - މާރިޗު - 2025
އެމްބިއުލާންސަށް ދަތިވާކަމަށްބުނެ އެމްޑީޕީގެ ދިދަތަކެއް ނަގަން އުޅުމުން ހަމަނުޖެހުން
31 - އޮގަސްޓު - 2023
އެމްޓީސީސީން އޮތީ ވެލި އަޅާދޭގޮތަށް، ކައުންސިލުން ގޮތެއް ނިންމާނީ މަޝްވަރާއަށްފަހު
10 - ޖުލައި - 2023
ސަރުކާރުގެ ބޭނުންތަކަށް ބިންދޫކުރުމުގައި ކައުންސިލްގެ ސްޑޭންޑް ހާމަކޮށްފި
17 - މޭ - 2023
އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓުވުމުގައި އިހަވަންދޫ ކައުންސިލްގެ ދައުރު އެބައޮތް
24 - އޭޕްރީލް - 2023
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
މިދިޔަ މަހު އިހަވަންދޫގެ އެންމެ ބޮޑު ދެ މިސްކިތުގެ ކަރަންޓް ބިލަށް 0 ރުފިޔާ
2 - ނޮވެމްބަރު - 2022
ދަނޑުގެ ވަށައިގޮން އޮތް ސަރަހައްދު ސާފުކޮށް ވެލި ޓްރެކެއް ހަދަނީ
23 - އޮކްޓޯބަރު - 2022
ޕޮލިސް ބަލިކޮށް އައި.އެސް.އޭޑީ.އެޗް.ސީ ދެވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް
10 - އޮކްޓޯބަރު - 2022
އިހަވަންދޫގެ ބޮޑު ހަތަރު މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރުމަށް ފެނައަކައަށް
11 - މޭ - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް