މާރަންދޫ ޞިއްހީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުވައިފި
ހއ. މާރަންދޫ ޞިއްހީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ނިންމައި ބޭނުންކުރަން ފަށައިފިއެވެ. އެއިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ މިއަދު މާރަންދޫ ސިއްޙީމަރުކަޒުގައި އޮތް ރަސްމިއްޔާތުގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއުއެވެ.
އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މާރަންދޫ ސިއްޙީމަރުކަޒުގެ ސީނިޔަރ އެޑްމިނިސްޓްރޭޓަރ ހެލްތްސާވިސަސް އަހްމަދު އިބްރާހިމް ދެއްކެވި ވާހަކާގައި، އެމަރުކަޒަށް އިތުރުވެގެންދިޔަ އައު އިމާރާތުގެ ސަބަބުން ލިބިގެންދާނެ ލުއިފަސޭހަ ފާހަގަކުރެއްވިއެވެ. އެގޮތުން އައުއިމާރާތުގައި ޕްބްލިކްހެލްތް ޔުނިޓް ވަކިން ޤާއިމްވެފައި ހުރުމުން ޔުނިޓުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކުން އެހެން ބަލިމީހުންނާއި މަސްހުނިނުވެ ހިދުމަތް ހޯދޭނެކަން ފާހަގަކުރެއްވިއެވެ. އެރަސްމިއްޔާތުގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއި ދެއްކެވި ވާހަކާގައި، އެކްސްޓެންޝަން އިމާރާތް ހެދިގެން ދިޔަލެއް އަވަސްކަން ފާހަގަކުރެއްވިއެވެ. މާރަންދޫ ޞިއްހީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްތައް ކުރުމަށް މާރަންދޫއަށް ނިސްބަތްވައި ކުންފުންޏެއް ކަމައްވާ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗް މަހުގެ 1 ވަނަ ދުވަހުއެވެ. ވުމާއިއެކު އިމާރާތް ބޭނުންކުރަން ފަށާފައިމިވަނީ އިމާރާތުގެ މަސައްކަތް ހަވާލުކުރިތާ 5 މަހާ 4 ދުވަސް ތެރޭގައެވެ.
މުހައްމަދު ޝިފާއުވަނީ މާރަންދޫއިން ލެބޯރޓަރީގެ ހިދުމަތް ލިބެންނެތުމުން އެކަމުގެ ކަންބޮޑުވުން ފާހަގަކުރައްވައި، މާރަންދޫގައި ލެބޯޓަރީގެ ހިދުމަތް ފެށޭންދެއްވެސް މޯބައިލް ލެބޯޓަރީގެ ހިދުމަތް ވީހާވެސް އަވަހަށް ފެށޭނެ އިންތިޒާމެއް ގާއިމް ކުރެވޭތޯ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ޝިފާއު ފާހަގަކުރެއްވި ގޮތުގައި އެނިޒާމްގެ ދަށުން ސާޕަލް ފޮނުވާ ލެބޯރޓަރީ ހުންނަ ރަށުގެ ރަތްޔިތުންނަށް ލިބޭ ހިދުމަތް މާރަންދޫގެ ރައްޔިތުންނަށްވެސް ލިބިގެން ދާނެއެވެ.
ޖާގައިގެ ދަތިކަން ބޮޑުވެ، ކޮންސަލްޓޭޝަން ރޫމެއްގެ ގޮތުގައިވެސް ސިއްޙީމަރުކަޒުގެ ކޮރިޑޯގައި ފަރުދާއެއް ބަހައްޓައިގެން ހިދުމަތްދެމުންދިޔަ މާރަންދޫ ސިއްޙީމަރުކަޒަށް އަލަށް އިތުރުކުރެވުނު އިމާރާތާއިއެކު ހިދުމަތް ދިނުމަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެން ދާނެއެވެ. އެމަރުކަޒަށް އަލަށް އިތުރު ކުރިބައިގައި، ޕަބްލިކްހެލްތް ހިދުމަތްދޭނެ ޖާގަޔާއި، އެޑްމިން ރޫމާއި، ކޮންފަރެންސް ރޫމާއި، ޓީރޫމްގެ އިތުރުން 2 މެނޭޖާސް ރޫމް، 3 ސްޓޯރޫމްގެ އިތުރުން އެމްބިއުލާންސް ގަރާޖެއްވެސް ހުރެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ފެނަކަ މާރަންދޫ ބްރާނޗުން ވަކިކުރި 13 މުވައްޒަފުންގެ ތެރެއިން 10 މުވައްޒަފަކަށް ވަޒީފާ އަނބުރާ ދީފި
1 - ސެޕްޓެމްބަރު - 2026
ރިޕޯޓް: މިސަރުކާރުން ފެނަކަ މާރަންދޫ ބްރާންޗުން 32 މީހުންނަށް ވަޒީފާ ދީފައި 13 މީހުން ވަކިކުރުން!
29 - އޮގަސްޓު - 2026
ކުއްލި ގޮތަކަށް 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލަ މާރަންދޫ ކައުންސިލުން ކުއްވެރިކޮށްފި!
29 - އޮގަސްޓު - 2026
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
ހއ. މާރަންދޫ، އުތީމު އަދި ވަށަފަރު ހެލްތް ސެންޓަރުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި!
28 - މާރިޗު - 2026
ޕީއެންސީގެ ޖަލްސާއަށް އިހަވަންދޫ ދާއިރާއިން ގިނަ ބަޔަކު މާލެއަށް!
14 - ނޮވެމްބަރު - 2025
ހޯރަފުށީގައި ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއް، އުލިގަމާއި މާރަންދޫއަށް ފުޓްސަލް ދަނޑެއް ތަރައްޤީކުރަން ބީލަން ހުޅުވާލައިފި!
12 - އޮގަސްޓު - 2025
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 : އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ނަސީރު
21 - އޭޕްރީލް - 2024
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ވަށަފަރު
10 - ނޮވެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް