މަސްވެރި އިހަވަންދޫ ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓުރީ ކޮށްފި
ދިވެހި މަސްވެރިންނާ ގުޅުންހުރި މައުލޫމާތުތައް ފޯރުކޮށްދިނުމުގައި ފޭސްބުކުގައި ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހޯދާފައިވާ "މަސްވެރި އިހަވަންދޫ" ޖަމިއްޔާއެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމަންޓަގައި ރަޖިސްޓްރީކޮށްފިއެވެ.
މަސްވެރި އިހަވަންދޫ ފާހަގަ ކުރެވިފައި ވަނީ އެމީހުންގެ ފޭސްބުކު ޕޭޖު މެދުވެރިކޮށް އިހަވަންދޫގެ އޮޑިދޯނި ފަހަރާއި މަސްވެރިންނާ ގުޅޭ މައުލޫމާތުތައް އަދި މަސްވެރިންގެ ދިރުއުޅުމާއި މަސައްކަތު ދާއިރާގެ ހުނަރުތަށް ތާޒާކަމާއެކު ފޯރުކޮށްދީ މަސްވެރިންނަށް ހިތްވަރުދިނުމާއެކު މަސްވެރިކަން ޕުރޮމޯޓު ކުރުމުގައި ހަރަކާތްތެރިވާ ބައެއްގެ ގޮތުގައެވެ.
އިހަވަންދޫގެ ތަރައްޤީއަށް މަސައްކަތްކުރުމާއި، ޚާއްޞަކޮށް އިހަވަންދޫގެ މަސްވެރިންގެ ހައްޤުގައި މަސައްކަތްކޮށް މަސްވެރިންނަށް ފަހި ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުމާއި، ޖުމުލަކޮށް މުޅި ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކޮށް މަސްވެރިކަމާ ގުޅުންހުރި އެކިއެކި ޙަރަކާތްތައް ރާވާ ހިންގުމުގެ މަޤުސަދުގައި ވުޖޫދުވި މި ޖަމިއްޔާ އަކީ ޤައުމީ ފެންވަރުގައި ހަރަކާތްތެރިވާނެ ޖަމިއްޔާއެކެވެ. މިޖަމިއްޔާގެ މުއައްސަސުންގެ ގޮތުގައި ތިއްބެވީ ހއ. އިހަވަންދޫ، ނޫރުމަންޒިލް އަލްފާޟިލް ޢަބުދުﷲ އިރުޝާން އަދި ހއ. އިހަވަންދޫ ރަށްމެދުގެ އަލްފާޟިލް އަޙްމަދު ނަޞީރު އެވެ.
މަސްވެރި އިހަވަންދޫގެ މުއައްސިސް ޢަބުދުﷲ އިރުޝާން މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖަމިއްޔާގެ އާއްމު ޖަލްސާއާއި ބާއްވާނެ ތާރީޚެއް ކުރިއަށްއޮތް ހަފުތާގައި ނިންމާނެ ކަމަށެވެ.
މަސްވެރި އިހަވަންދޫ ފޭސްބުކު ޕޭޖަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަ ކުރައްވަމުން ޢަބުދުﷲ އިރުޝާން ވިދާޅުވީ ނިމިދިޔަ ހަފުތާގައި ޕޭޖަށް ރެކޯޑު އަދަދަކަށް ޔުނިކިއު ވިއުސް ލިބިފައިވާ ކަމަށެވެ. އެގޮތުން 47000 އަށްވުރެ ގިނަ މީހުން މިދިޔަ ހަފުތާގައި މަސްވެރި އިހަވަންދޫ ޕޭޖަށް ޒިޔާރަތްކޮށްފައިވާ ކަމަށް އިރުޝާނު މަޢުލޫމާތު ދެއްވައެވެ.
މަސްވެރި އިހަވަންދޫ ޖަމިއްޔާގެ ފަރާތުން ރަށުފެންވަރުގައި ކުރެވޭ އިޖުތިމާއީ ހަރަކާތްތަކުގަ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ފުރިހަމަޔަގީންކަން އެޖަމިއްޔާއިން ދެއްވައެވެ.
ގުޅުން ހުރެދާނެ ލިޔުން
އެފްއެސްއެމް އިން ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި!
10 - އޭޕްރީލް - 2026
ނޯއާ ދޯނިން މަހަށް ގޮސްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!
24 - ޖެނުއަރީ - 2025
ޒުވާނުން މަސްވެރިކަމަށް ނެރުމަށް އިބްރާހިމް ރަޝީދު ކޮށްދެއްވާފައިވާ މަސައްކަތުގެ އަގު ވަޒަންކޮށްފި
11 - ޑިސެމްބަރު - 2023
ދިވެހި ފަޅުވެރިން ލިބުން ދަތިވެ "ނޯއާ" ދޯނިން މަލިކުން ފަޅުވެރިން ހޯދަނީ
19 - މޭ - 2023
ހިތް ހުއްޓި އިހަވަންދޫ މަރުވެދާނެ
5 - ޖޫން - 2022
މަސްވެރިކަމުގެ ދާއިރާއިން ހިދުމަތް ކޮށްދެއްވާފައިވާ 4 ފަރާތަކަށް މަސްވެރި އިހަވަންދޫ އިން ޝަރަފުގެ ފިލާ އަރުވައިފި
10 - ޑިސެމްބަރު - 2021
އިހަވަންދޫގެ މަގުތައް ރީތިކުރަނީ
21 - ޖޫން - 2021
މަސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފުޓުސަލް މުބާރާތް ފެށިގެން ކުރިއަށް
19 - އޭޕްރީލް - 2021
ޕޯލްސްޓަރގެ ފިޝަމެން ފުޓުސަލް ޓޯނަމެންޓު ފެށުން މާދަމާ
17 - އޭޕްރީލް - 2021
އިހަވަންދޫގެ މަސްވެރިންގެ އިހްސާސްތައް ސުލްހަވެރި މުޒާހަރާއިން
25 - ޑިސެމްބަރު - 2020
ކޮމެންޓް
އަދި ކޮމެންޓެއް ނެތް