އިހަވަންދޫގެ މަސްވެރިންގެ އިހްސާސްތައް ސުލްހަވެރި މުޒާހަރާއިން
މަސްވެރިންނަށް ދިމާވާ ދަތިތަކާބެހޭގޮތުން ޝުއޫރު ފާޅުކުރުމަށް އިހަވަންދޫ މަސްވެރިން ބާއްވާ ސުލްހަވެރި މުޒާހަރާގެ ތެރެއިން މަސްވެރިންގެ އިހްސާސްތައް ހާމަކޮށްދީފިއެވެ.
މިއަދު މެންދުރުފަހު 2:00 ގައި އިހަވަންދޫ ބަނދަރުން އައިސްޕުލާންޓު ކުރިމައްޗަށް މަސްވެރިން އެއްވެ ކުރި މުޒާހަރާގައި އިހަވަންދޫގެ މަސްވެރިންގެ އިތުރުން އަންހެނުންވެސް ބައިވެރިވެއެވެ. އަދި ރަށުކައުންސިލްގެ ރައީސްއާއި ހއ. އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލް ބައެއް މެމްބަރުންވެސް މުޒާހަރާގައި ބައިވެރިވެއެވެ. މުޒާހަރާގެ ބައިވެރިންތިބީ އެމީހުންގެ ކަންބޮޑުވުންތައް އެކުލެވޭ ޕޯސްޓަރު ތަކާ އެކުގައެވެ.
"ސަރުކާރުގެ ވެރިންނޭ މިއީ މަސްވެރިން، މަސްވެރިންނަކީ ދިވެހި ގައުމުގެ މުސްތަޤުބަލް" ތިބޭފުޅުންނޭ ވިދާޅުވަނީ މަސްވެރިކަމަކީ ދިވެހި ޤައުމުގެ ލޭނާރޭ، މިއަދު ލޭނާރަކަށް ނޫން މިވީއެއް. ތިބޭފުޅުން ކުރިމަތީ އެއްވެސް އަގެއް ނެތް އެއްޗަކަށް ވެގެންދިޔައީ" މުޒާހަރާގައި ޝުއޫރުފާޅުކުރި މުޙައްމަދު ހުސައިން، އޭނާގެ ޝުއޫރު ފާޅުކުރަމުން ބުނެފައި ވެއެވެ.
މާތިލާ ދޯނީގެ ކެޔޮޅުގެ ވާހަކާގައި މަސްކިރާނެ ވަސީލަތެއް ނެތުމުގެ ސަބަބުން ރާއްޖޭގެ ގިނަ ދޯނީތައް މަސްވެރިކަމަށް ނުފުރި ހުއްޓިފައިވާކަން ފާހަގަކޮށްފައި ވެއެވެ. އިހަވަންދޫގެ ފަޅުގައި މަސްދޯނިފަހަރު އަޅާފައި މިތިބީ ރީއްޗަކަށް، ކުޅިވަރަކަށް ނޫންކަމަށް ބުނެ މަސްކިރޭނެ ގޮތެއް ނެތްކަމަށް ކެޔޮޅު ބުނެފައިވެއެވެ. މާތިލަ ދޯނި އެންމެ ފަހުންވެސް މަސްކިރާފައި ވަނީ 7 ދުވަހުގެ ދިގު ކިޔުއެއްގައި އޮވެގެންކަމަށް ކެޔޮޅުފާހަގަ ކުރިއެވެ. އެދޯނިވެސް ފަޅުގައި އަޅާފައި އެއޮތީ މިކަމުގެ ސަބަބުން މަހަށްފުރޭނެ ގޮތެއް ނެތުމާއި މަސްބެވުނަސް މަސްކިރޭނެ ގޮތެއް ނެތުމުން ކަމަށް ކެޔޮޅު ބުނެފައިވެއެވެ.
މާހޯރަ ދޯނީގެ ކެޔޮޅުގެ ޝުއޫރު ފާޅުކުރަމުން ވަނީ މިނިސްޓަރު ޒަހާގެ ހިސާބު ގޯސްކަމަށް ބުނެ، މާހޯރަ ދޯނިން ބޭނި 10 ޓަނު މަސް ކިރޭނެ އެއްވެސް ގޮތެއް ނެތިގެން އިހައްދުވަހު "ގޭދޮށު ފެކްޓަރީ" އަށް، ކިލޯއެއް 6 ރުފިޔާގެ ރޭޓުން ވިއްކާލާފައިވާކަމަށެވެ. އެއީ މިހާރު ފެލިވަރުން ލިބޭ އަގު ކިލޯއެއް 16 ރުފިޔާގެ ރޭޓުން ނަމަ އެއްލައްކަ ފަސްދޮޅަށް ހާސް ރުފިޔާގެ މަސް ކަމަށާއި އެއްލައްކަ ރުފިޔާގެ ގެއްލުމުގަ މަސްކޮޅު ކިރާލީމަ، މިދޯނިން މަހަށްދިޔަ އެއްވެސް މީހަކަށް ރުފިޔާއެއް ލިބޭނެތޯ ކެޔޮޅު ވަނީ މިނިސްޓަރ އަށް ސުވާލު ކުރައްވާފައެވެ.
ހއ. އިހަވަންދޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާއަށް ތާޢީދުކޮށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރުން ކަނުލައި އަޑުއަހައި ހައްލު ހޯދައިދޭން ޖެހޭ ކަމަށެވެ.
"ހ.އ އިހަންވަންދޫ ސަރަހައްދުގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުގެ އަޑު ކަމާބެހޭ ފަރާތްތަކުން ކަނުލައި އަހައި، މަސްވެރިންގެ ކަންބޮޑުވުން ތަކަށް މާނަވީ ހައްލެއް ހޯދައިދޭންޖެހޭ! ބާނާ މަސް ވަގުތުން ކިރާ އެއަށް އެކަށީގެންވާ އަގު ލިބެންޖެހޭ! ޖޯކު ޖެހުން ހުއްޓާލާ! ސާބަސް އިހަވަންދޫ މަސްވެރިން!" ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އެފްއެސްއެމް އިން ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި!
10 - އޭޕްރީލް - 2026
ނޯއާ ދޯނިން މަހަށް ގޮސްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!
24 - ޖެނުއަރީ - 2025
ޒުވާނުން މަސްވެރިކަމަށް ނެރުމަށް އިބްރާހިމް ރަޝީދު ކޮށްދެއްވާފައިވާ މަސައްކަތުގެ އަގު ވަޒަންކޮށްފި
11 - ޑިސެމްބަރު - 2023
ދިވެހި ފަޅުވެރިން ލިބުން ދަތިވެ "ނޯއާ" ދޯނިން މަލިކުން ފަޅުވެރިން ހޯދަނީ
19 - މޭ - 2023
ހިތް ހުއްޓި އިހަވަންދޫ މަރުވެދާނެ
5 - ޖޫން - 2022
މަސްވެރި އިހަވަންދޫ ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓުރީ ކޮށްފި
12 - ޖޫން - 2021
މަސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފުޓުސަލް މުބާރާތް ފެށިގެން ކުރިއަށް
19 - އޭޕްރީލް - 2021
ޕޯލްސްޓަރގެ ފިޝަމެން ފުޓުސަލް ޓޯނަމެންޓު ފެށުން މާދަމާ
17 - އޭޕްރީލް - 2021
މަސްވެރިން އިޙްތިޖާޖަށް..
24 - ޑިސެމްބަރު - 2020
މަސްވެރި އުޅަނދުފަހަރަށް ތެލުގެ ސަބްސިޑީ ހޯދަން ފަހިހަކަތަ ޕޯޓަލްގައި ރެޖިސްޓްރީކުރަން ލާޒިމުކޮށްފި
1 - ސެޕްޓެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް