ހއ.ދިއްދޫގައި 30 ޓަނުގެ އައިސްޕްލާންޓާއެކު 50 ޓަނުގެ ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއެކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ސޮއެކުރި މިއެއްބަސްވުމުގެ ދަށުން މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިޔާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާއެވެ. މިމަޝްރޫއުގެ ދަށުން ދިއްދޫ އާއި އެކު 11 ރަށެއްގެ އައިސްޕްލާންޓު ގާއިމްކުރުމަށް ހަމަޖެހިފައެވެ. އެއީ މ. މުލައް، ދ. ހުޅުދެލި، ހދ. ކުޅުދުއްފުށި، ގއ. ނިލަންދޫ، ގއ. ވިލިނގިލި، ށ. ކޮމަންޑޫ، ގއ. މާމެންދޫ، އއ. ރަސްދޫ، ކ. ގާފަރު އަދި ގދ. ރަތަފަންދޫގައެވެ.
މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ޓަކައި، ރާއްޖޭގެ ގިނަ ރަށްތަކެއްގައި އައިސްޕްލާންޓްތައް ގާއިމްކުރުމުގެ ބޮޑު މަޝްރޫއެއް ދަނީ ހިންގަމުންނެވެ. މިދިޔަ މަހު ފިޝަރީސް މިނިސްޓަރު އަޙުމަދު ޝިޔާމް ވަނީ، މި ސަރުކާރުން އެހާތަނަށް ފަސް އައިސް ޕްލާންޓެއް ތަރައްގީކޮށް، އައިސް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އަމާޒަކީ މި އަހަރުގެ ނިޔަލަށް އިތުރު ހަތް އައިސްޕްލާންޓެއްގެ މަސައްކަތް ނިންމުން ކަމަށް އޭރު އޭނާ ވިދާޅުވިއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް