ޚަބަރު

އަނެއްކާވެސް ކައުންސިލްތަކަށް ފިއްތުމެއް! ދެން މުވައްޒަފުން ދެންނެގޭނީ އެލްޖީއޭގެ ހުއްދަ ލިޔުމުން ހޯދައިގެން!

އަނެއްކާވެސް ކައުންސިލްތަކަށް ފިއްތުމެއް! ދެން މުވައްޒަފުން ދެންނެގޭނީ އެލްޖީއޭގެ ހުއްދަ ލިޔުމުން ހޯދައިގެން!

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ނިމާލް

Advertisement Advertisement

ކައުންސިލްތަކަށް މުވައްޒަފުން ވަޒީފާއަށް ނަގަންވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު ކަމަށް އެ އޮތޯރިޓީއިން ކައުންސިލުތަކުން އަންގައިފިއެވެ.

ކައުންސިލުތަކަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ނިމާލު ސޮއިކުރައްވައި ފޮނުވަމުންދާ ސިޓީއެއްގައި ބުނެފައިވަނީ، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެލްޖީއޭއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލުގެ އާމްދަނީން ހަރަދުވާ ގޮތަށް ވެސް މުވައްޒަފުން ނެގޭނީ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލްތަކުގައި އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކާއި "ކޮންޓްރެކްޓް އެމްޕްލޯއިމެންޓް" އަދި "ވޭޖް އެމްޕްލޯއިމެންޓް" ވަޒީފާތަކަށްވެސް މީހުން ނަގަންވާނީ އެލްޖީއޭގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު އެވެ.

މިގޮތަށް އަމަލުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ނިންމާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް