ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ އަކީ ޝަހާމާ!
.
17 - ޖުލައި - 2026
ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ރާއްޖޭގެ އެންމެ މަޤްބޫލު އެއް ރިއަލިޓީ ޝޯ "ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7" ގެ ފަޚުރުވެރި އެއްވަނަ ހއ. އިހަވަންދޫ، ބުލްބުލާގެ، މަރްޔަމް ޝަހާމާ ހާސިލްކޮށްފިއެވެ. މިކަން އިއުލާންކުރީ ރޭ ބޭއްވި މި މުބާރާތުގެ ކުލަގަދަ ފިނާލޭގައެވެ.
މި ކާމިޔާބީއާއެކު ޝަހާމާއަށް ވަނީ ވަރަށް އަގުހުރި އިނާމުތަކެއް ލިބިފައެވެ. އެގޮތުން، 50،000 ދިވެހި ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން، "ފަރީ ޙައްޖު އުމްރާ" ގްރޫޕުގެ ފަރާތުން ހުށަހަޅާފައިވާ ހިލޭ ޢުމްރާ ދަތުރެއް އޭނާއަށް ވަނީ ލިބިފައެވެ. މި އިނާމުތައް ޝަހާމާއާ ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް, ހެރިޓޭޖް އެންޑް އާޓްސް (ތަރިކައާއި ސަޤާފަތާ ބެހޭ ވަޒީރު) ހީނާ ވަލީދުއެވެ. މީގެ އިތުރުން، މި މުބާރާތުގެ އެންމެ ޚާއްޞަ އެއް އިނާމެއްގެ ގޮތުން، ދިވެހިރާއްޖޭގެ އަޑުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ރޭޑިއޯ ޕްރެޒެންޓަރެއްގެ ގޮތުގައި ވަޒީފާ އަދާކުރުމުގެ ރަން ފުރުޞަތު ޝަހާމާއަށް ވަނީ ތަނަވަސްވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ، ޕީއެސްއެމްގެ މައިގަނޑު އަމާޒަކީ އަބަދުވެސް ރައްޔިތުންނާ ގުޅުންހުރި، މުޖުތަމައަށް ފައިދާހުރި ޕްރޮގްރާމްތައް ގެނެސްދިނުން ކަމަށެވެ. އަދި "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ" މުބާރާތަކީ ކޮންމެ ސީޒަނަކާއެކު ކުރިއަރަމުން، ފެންވަރު ރަނގަޅުވަމުން އަންނަ މުބާރާތެއްކަން ފާހަގަކުރައްވައި، މިއީ ހަމައެކަނި ވާދަވެރިކަމެއް ނޫން ކަމަށާއި، މިއީ ހުނަރުވެރިން ބިނާކުރާ އެކަޑަމީއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މި މުބާރާތުގެ ތެރެއިން ބައިވެރިންނަށް ވާހަކަދެއްކުމާއި، ހުށަހެޅުމާއި، ސްކްރިޕްޓް ލިޔުމުގެ އިތުރުން މީޑިއާގެ އެކި ދާއިރާތަކުން ފަންނީ ތަމްރީނުތައް ދެވިފައިވާކަން އެމްޑީ ޝަކީބު ފާހަގަކުރެއްވިއެވެ.
މި ސީޒަނުގެ ފޯރިގަދަ ކުރިމަތިލުންތަކަށްފަހު، ގަދަ 5 ބައިވެރިންގެ އެންމެ ފަހުގެ ހުށަހެޅުންތައް ދިވެހިރާއްޖޭގެ އަޑުން ބްރޯޑްކާސްޓްކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް) މެދުވެރިކޮށް ޖޫން 28 ގައި މި ހުށަހެޅުންތައް ސްކްރީންތަކަށް ގެނެސްދީފައިވާއިރު، ބައިވެރިންނަށް ސަޕޯޓަރުން ވޯޓު ދިނުމުގެ ފުރުޞަތު ހުޅުވާލެވުނީ "ޕީއެސްއެމް އެއަރ" އެޕްލިކޭޝަން މެދުވެރިކޮށެވެ.
ގުޅުން ހުރެދާނެ ލިޔުން
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ސީޒަން 7 ގެ ފައިނަލަށް ޝަހާމާ ދަތުރުކޮށްފި! ވޯޓްދެވޭނީ އަންނަ މަހުގެ 5 އާއި ހަމަޔަށް!
27 - ޖޫން - 2026
ފޮޓޯ: ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ޓްރޮފީ ހިފައިގެން ޝަހާމާ އިހަވަންދޫއަށް އައުން
23 - ޖުލައި - 2026
ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ޓްރޮފީ ހިފައިގެން ޝަހާމާ މިއަދު އިހަވަންދޫއަށް!
23 - ޖުލައި - 2026
އަޅުގަނޑު އެހެން ކެނޑިޑޭޓަކަށް ތާއީދުކުރާ ކަމަށްބުނެ ދައްކާވާހަކައަކީ ދޮގެއް – ރައްޒާން
28 - މާރިޗު - 2026
ޖޭ ސްޕޯޓްސް ސެމީ ފައިނަލަށް! ހިރޯއަކީ ގޯލް ކީޕަރ ޒަޔާން!
26 - ޖޫން - 2025
ހަސަން ކުރުސީއަކީ ފެންނާނޭ މީހެއް ނޫންކަމަށް އޭނާ ބުނެފި
27 - އޭޕްރީލް - 2023
އިމަގު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަސް
25 - މާރިޗު - 2023
ދިޔޯ ކޮލަމް: އެމްޑީޕީގެ ރިޔާސީ ޕުރައިމަރީގެ ނަތީޖާ އަކީ ކޮބާ؟
11 - ޖެނުއަރީ - 2023
"ޔަންގް ފިޝަރސް ކުލަބް" މާދަމާރޭ އިފްތިތާހްކުރަނީ، ކްލަބްގެ މެޖޯރިޓީއަކީ އަންހެން ދަރިވަރުން
29 - ސެޕްޓެމްބަރު - 2022
އިމަގު ޖަމިއްޔާއަކީ އިހަވަންދޫގެ އުދަރެހަށްއެރި ހަނދެއް, ޒާހިރު
16 - ޑިސެމްބަރު - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް