ހަސަން ކުރުސީގެ މައްސަލަ ހުށަހެޅުއްވީ ރައީސް ނަޝީދު ކަމަށް ވިޔަސް ހަސަން ކުރުސީ ހޯދުމުގެ މަސައްކަތް ފަށައިފާ ވަނީ ކުރުސީގެ ޓްވިޓާ އެކައުންޓުން ލީކުކޮށްލި ރާއްޖެއާއި މޮރިޝަސްގެ އިމުގެ މައްސަލާގައި ރައީސް އޮފީހުން މޮރިޝަސް ގެ ބޮޑުވަޒީރަށް ފޮނުވި ސިޓީކަމަށް ބުނެ ލީކުކޮށްލި ސިޓީއާއި ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ކުރުސީ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށާފައިވާ އިރު ކުރުސީ ވަނީ އޭނާއަށްވެސް ނުރައްކާ އޮތް ކަމަށް ބުނެ ބައިނަލް އަގުވާމީ އެހީއަށް އެދިފައެވެ. ހަސަން ކުރުސީއަކީ ފެންނާނޭ މީހެއް ނޫންކަމަށް އޭނާ ބުނެފި
ޓްވިޓާގައި ހަރަކާތްތެރިވާ ގޮތްނޭގޭ ހިޔަނި ހަސަން ކުރުސީ ހޯދަން ފުލުހުން ކުރާ މަސައްކަތުގައި އޭނާ ނުފެންނާނޭ ކަމަށް، އޭނާ ބުނެފިއެވެ. އޭނާ އެހެން ބުނެފައިވަނީ ޓްވިޓާއިން އިންބޮކްސް ކޮށް ފުލުހުން ތިބޭފުޅާ ހޯދަން ކުރާ މަސައްކަތުގައި ފެންނާނެތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ސުވާލުގެ ޖަވާބުގައި ވަރަށް ކުރުކޮށް ހަސަން ކުރުސީ ވިދާޅުވީ "ނޯ" ކަމަށެވެ.
އޭނާޔަކީ މީސްތަކުންގެ ހިތްތަކުގައި ދިރިއުޅޭ ހިޔާލީ ތަސްވީރެއް ކަމަށް ވިދާޅުވާ ކުރުސީ މިވަގުތު މަޝްހޫރުވެފައި ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވާ އަދި ސަރުކާރުގެ އެކިއެކި ސިއްރުތަށް ހާމަކޮށް ބޭޒާރު ކުރާ ފަރާތެއްގެ ގޮތުގައެވެ. އޭނާޔަކީ އެއްވެސް ފަރުދެއް ތަމްސީލު ކުރާ ފަރާތެއް ނޫންކަމަށާއި އޭނާ ތަމްސީލުކޮށްދެނީ އުސޫތަށް ކަމަށް ވިދާޅުވާ ހަސަން ކުރުސީ، މިވަތު އެންމެ ބުރަކޮށް ކުރައްވާ މަސައްކަތަކީ ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް ހޯދާ ހާމަކުރުމެވެ. އޭނާ ކިޔަމަންވަނީ މީހަކަށް ނޫންކަމަށާއި ހަމަޔާއި އިނަސާފަށް ކަމަށް ވިދާޅުވާ ކުރުސީ އަކީ އާއްމު އާދައިގެ މީހެއް ނޫންކަން ޓްވިޓާގައި އޭނާ ދައްކަވާ ވާހަކަފުޅުތަކުން ދޭހަވެއެވެ.
ހަސަން ކުރުސީގެ ޓްވިޓާ އެކައުންޓުގެ ސަބަބުން ގެއްލުން ތަކެއް ލިބިވަޑައި ގަންނަވާ ކަމަށް ވިދާޅުވެ ހަސަން ކުރުސީގެ ޓްވިޓާ އެކައުންޓުގެ ހަގީގަތް ހޯދާދިނުމަށް އެދި ހުށައަޅާފައިވަނީ ގިނަ ބަޔަކު ހަސަން ކުރުސީ ކަމުގައި ދެކޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެހެން ނަމަވެސް ރައީސް ނަޝީދު އެއިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަސަން ކުރުސީ އަކީ އެމަނިކުފާނުގެ ބައެއް ލިޔުންތަކުގެ ހަގީގީ ހިޔާލީ ޝަހުސެއްކަމަށާއި އޭނާޔަކީ އެމަނީކުފާނުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއް ކަމަށް ދަންނަވާން އުނދަގޫ ކަމަށެވެ.
ހަސަން ކުރުސީގެ މައްސަލަ ހުށަހެޅުއްވީ ރައީސް ނަޝީދު ކަމަށް ވިޔަސް ހަސަން ކުރުސީ ހޯދުމުގެ މަސައްކަތް ފަށައިފާ ވަނީ ކުރުސީގެ ޓްވިޓާ އެކައުންޓުން ލީކުކޮށްލި ރާއްޖެއާއި މޮރިޝަސްގެ އިމުގެ މައްސަލާގައި ރައީސް އޮފީހުން މޮރިޝަސް ގެ ބޮޑުވަޒީރަށް ފޮނުވި ސިޓީކަމަށް ބުނެ ލީކުކޮށްލި ސިޓީއާއި ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ކުރުސީ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށާފައިވާ އިރު ކުރުސީ ވަނީ އޭނާއަށްވެސް ނުރައްކާ އޮތް ކަމަށް ބުނެ ބައިނަލް އަގުވާމީ އެހީއަށް އެދިފައެވެ.
ހަސަން ކުރުސީގެ މައްސަލަ ހުށަހެޅުއްވީ ރައީސް ނަޝީދު ކަމަށް ވިޔަސް ހަސަން ކުރުސީ ހޯދުމުގެ މަސައްކަތް ފަށައިފާ ވަނީ ކުރުސީގެ ޓްވިޓާ އެކައުންޓުން ލީކުކޮށްލި ރާއްޖެއާއި މޮރިޝަސްގެ އިމުގެ މައްސަލާގައި ރައީސް އޮފީހުން މޮރިޝަސް ގެ ބޮޑުވަޒީރަށް ފޮނުވި ސިޓީކަމަށް ބުނެ ލީކުކޮށްލި ސިޓީއާއި ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ކުރުސީ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށާފައިވާ އިރު ކުރުސީ ވަނީ އޭނާއަށްވެސް ނުރައްކާ އޮތް ކަމަށް ބުނެ ބައިނަލް އަގުވާމީ އެހީއަށް އެދިފައެވެ. ގުޅުން ހުރެދާނެ ލިޔުން
ނޫރު މަދަހަ މުބާރާތުގެ އެއްވަނަ ހަސަން ޝިޔާމް އަށް
30 - މާރިޗު - 2024
މާރަންދޫ ޓީމަށް ލިބުނު ކާމިޔާބު ހާއްސަކުރީ ހަސަން ހުސެން (ބަގީ) އަށް
4 - ޖެނުއަރީ - 2023
އުލިގަމުން ކޮރޯނާ ވައިރަހަށް ސްކުރީން ކުރި މީހެއްގެ ސާމްޕަލް ފައްސި ވެއްޖެ
19 - އޭޕްރީލް - 2020
ކާވިޔާ ބޯޓުން ދަތުރުކުރި އެއްވެސް މީހަކާ ބައްދަލުވެފައިވާ މީހެއް ހުރިނަމަ އެކަހެރި ވުމަށް އަނގައިފި
19 - އޭޕްރީލް - 2020
ބާތިލްކުރި ފޯމުގެތެރޭގައި އިހަވަންދޫގެ 20 މީހެއްގެ ފޯމް
26 - އޮގަސްޓު - 2018
ތެޔޮތާހަށް އަތް ލައިގެން ތެލުލުމުގެ ހުނަރު ލިބިފައިވާ މީހެއް!
16 - ޑިސެމްބަރު - 2013
ބަދުއަޚްލާޤީ މައްސަލައަކާ ގުޅިގެން 4 މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި
31 - ޖުލައި - 2013
ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: ކުރީގެ ޗެމްޕިއަނުން މުބާރާތްފެށީ މޮޅަކުން
20 - ސެޕްޓެމްބަރު - 2026
މުހައްމާ ޕީއެންސީގެ ސެނެޓަށް އިންތިހާބުވެއްޖެ!
18 - ސެޕްޓެމްބަރު - 2026
ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: މުބާރާތް ފަށާނީ ޖަންގަލް އަދި ބާރަލާ ބައްދަލުކުރާ މެޗުން
17 - ސެޕްޓެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް