އިހަވަންދޫ ކައުންސިލުން، މިމަހުގެ 24 ގައި ރައްޔިތުންނާ ބައްދަލުކުރަނީ…
އިހަވަންދޫ ކައުންސިލުން، މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ ރޭ ރައްޔިތުންނާ ބައްދަލުކުރާނެކަން އިއުލާންކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމަރުކަޒީ އުސޫލުން ހިނގުމަށް ޤާނޫނު ނަންބަރު 7/2010 ގެ 107 ވަނަ މާއްދަގެ ދަށުން ބައްވާ މިބައްދަލުވުން އޮންނާނީ، މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ ރޭ 21:30 ގައި އިހަވަންދޫ ރަށްވެހިހިޔާ ހޯލްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިބައްދަލުވުމަކީ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ބަޔާން ހުށަހެޅުމާއި، 2026 ވަނަ އަހަރަށް ކައުންސިލުން ރާވާފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
ޤާނޫނުގައި ވާގޮތުން، މިބައްދަލުވުމުގެ 7 ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕުލޭނާއި ބަޖެޓުގެ މަޢުލޫމާތު ޢާންމުކޮށް ހާމަކުރަން ޖެހެއެވެ. ނަމަވެސް އެގޮތަށް އަމަލުކުރަނީ ވަރަށް މަދު ކައުންސިލަކުންކަން ފާހަގަކުރެވެއެވެ. އިހަވަންދޫ ކައުންސިލުންވެސް ޤާނޫނާއި އެއްގޮތަށް އަމަލުކުރަމުން ނުދާކަން ފާހަގަކުރެވެއެވެ. އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރާނަމަ، ރައްޔިތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރަން ސުވާލު ފޮނުވުމުގެ ފުރުސަތު ކުރިންލާ ހުޅުވައިލައެވެ. ނަމަވެސް މިފަހަރުގެ ބައްދަލުވުމާއި ގުޅިގެން އެފަދަ ފުރުސަތެއް އަދި ހުޅުވައެއްނުލައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ޓްރޮފީ ހިފައިގެން ޝަހާމާ މިއަދު އިހަވަންދޫއަށް!
23 - ޖުލައި - 2026
އިހަވަންދޫ ކައުންސިލުން އަންނަ ހުކުރު ދުވަހުގެ ރޭ ރައްޔިތުންނާއި ބައްދަލުކުރަނީ...
19 - ޖުލައި - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް