ޒެޑް.ކޭ.އީ އޮޓޯ ސޮލިޔުޝަންގެ ނަމުގައި މޮޓޯ ސައިކަލަށް ޚިދުމަތްދިނުމަށް އައު ސާވިސް ސެންޓަރެއް ހއ. އިހަވަންދޫގައި ހުޅުވައިފިއެވެ. ދާއިރާގައި 16 އަހަރުގެ ތަޖުރިބާހުރި މެކޭނިކަކާއިއެކު ޒަމާނީ ވަޞީލަތްތައް ޤާއިމްކޮށްގެން ހުޅުވާފައިވާ އެ ސާވިސް ސެންޓަރުން ދޭހިދުމަތް ތަކުގެ ތެރޭގައި:
- އިންޖީނުގެ ތެޔޮ ބަދަލުކުރުން
- ބުރަކި ޗެކްކޮށް ބަދަލުކުރުން
- ޗެއިން ސާފުކުރުން، ލިޔުބު އަދި ޓެންޝަން
- އެއަރ ފިލްޓަރ ބަދަލުކުރުން
- ސްޕާކް ޕްލަގް ޗެކްކުރުން
- ބެޓެރީ ވޯޓަރ ޓޮޕްއަޕް އަދި ޓާމިނަލް ސާފުކުރުން
- އިލެކްޓްރިކަލް ޗެކް (ލައިޓްސް، ހޯން، އިންޑިކޭޓާސް)
- ކާބްރޭޓަރ އިންސްޕެކްޝަން އަދި ޓިއުނިންގ
- ސަސްޕެންޝަން ޗެކް
- ކޭބަލް ލުބުރިކޭޝަން (ތްރޮޓްލް، ކްލަޗް، ބްރޭކްސް)
- ސައިކަލް ފުލްބޮޑީ ވޮޝް (ކެމިކަލް އަދި ފޯމް)
- ޓަޔަރު ބަދަލުކުރުމާއި ހަން ލެއްވުން
ޒެޑް.ކޭ.އީ އޮޓޯ ސޮލިޔުޝަން ސާވިސް ސެންޓަރުގައި ޓަޔަރު ނެއްޓުމަށް ބޭނުންކުރަނީ އެކަމަށް ޚާއްޞަ ޒަމާނީ މެޝިނެވެ. އަދި ސައިކަލް ދޮންނަނީ އެކަމަށް ޚާއްޞަ ކެމިކަލް އަދި ފޯމު ބޭނުންކޮށްގެންނެވެ. އެގޮތަށް ސައިކަލް ދޮވުމުން ސައިކަލްގެ ބޮޑީގައި ހިރަފުސް ހަރުވުމުން ގިނަ ދުވަހަށް ދުރުކޮށްދީ ރީތިކޮށް ބަހައްޓައިދެއެވެ. ސައިކަލް ހިފައިގެން ސާވިސް ސެންޓަރަށް ދުރުވަން އުދަނގޫ ފަރާތްތަކުން ސާވިސް ސެންޓަރަށް ގުޅައިލުމުން ސައިކަލް ނަގައިގެން ގެނެސް ދޮވުމަށްފަހު ގެޔަށް ގެންގޮސް ދެވޭނެއެވެ. އެ ސާވިސް ސެންޓަރ ހުންނަނީ ލަކީހިޔާގެ އާ ޖެހިގެން އިރުމަށްޗަށެވެ. ސާވިސް ސެންޓަރގެ ފޯނު ނަމްބަރަކީ 7671413 އެވެ.