އިހަވަންދޫގައި ޑައިލިސިސް ސެންޓަރެއް ހެދުމަށް ނާޑާއި ހަވާލުކޮށްފި
ހއ އިހަވަންދޫ އާމިނާދިޔޯ ސިއްޙީމަރުކަޒުގައި ޑައިލިސިސް ސެންޓަރެއް ހެދުމަށް ނާޑު ޕްރައިވެޓް ލިމިޓަޑާއި ހަވާލުކޮށްފިއެވެ. ހެލްތް މިނިސްޓްރީގެ އޮފިޝަލަކު މައުލޫމާތު ދެއްވިގޮތުގައި އެމަސައްކަތް ނާޑާއި ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުއެވެ. އަދި ޑައިލިސިސް ސެންޓަރުގެ މަސައްކަތް ނިންމައި މިއަހަރުގެ އޮކްޓޯބަރ މަހު ހިދުމަތް ފަށަންޖެހެއެވެ.
އާމިނާދިޔޯ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވީ އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. “ދެން ހަމަ އެއާއެކީގައި، ޞިއްޙީ ދާއިރާގެ ވާހަކައިގައި އަޅުގަނޑަށް ހަމަ ނުދެންނެވި ދިޔަ ކަމެއް. ޑައިލިސިސް ޚިދުމަތް ޤާއިމުކޮށްދޭން. މި ރަށުގެ ރައްޔިތުން ހަމަ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ. ވަރަށް ކޭސަސް ގިނަ. އަޅުގަނޑު ދެން މިއަދު ސަލާންކުރުމުގައި ދިމާވި ބޭފުޅުންކޮޅެއްވެސް ހަމަ އެ ވާހަކަ ފާހަގަކުރެއްވި.” ރައީސް ވިދާޅުވިއެވެ.
ޖޫން މަހުގެ 29 ވަނަ ދުވަހު ނާޑު ޕްރައިވެޓް ލިމިޓެޑްގެ ބޭފުޅުން އާމިނާދިޔޯ ސިއްޙީމަރުކަޒަށް ވަޑައިގެން ތަނުގެ އިންސްޕެކްޝަނެއްވަނީ ހަދައިފައެވެ. ނާޑު ޕްރައިވެޓް ލިމިޓެޑަކީ ފުޅާ ދާއިރާގައި މެޑިކަލް އިކުއިޕްމަންޓާއި ފާމަސިއުޓިކަލް ވިޔަފާރިކުރާ ކުންފުންޏެކެވެ. ނާޑު އަކީ ރާއްޖެ އަށް ގިނަ މެޑިކަލް ބްރޭންޑުތަކެއް ތައާރަފު ކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ތައާރަފު ކުރި ބްރޭންޑުތަކުގެ ތެރޭގައި ޖަރުމަނުގެ ސާސްޓަޑް އާއި ޖަޕާނުގެ ނިހޯން ކޯޑުން އަދި ކޮރެއާގެ ބޮޑިޓެކް އާއި އެމެރިކާގެ ޑެންޓަލް އިކުވިޕްމަންޓް ބްރޭންޑް ހެންރީ ޝައިން ހިމެނެއެވެ. އެކުންފުނިންދަނީ ބެކްސްޓާ ޑަޔަލެސިސް މެޝިންނާއި ރީއެޖެންޓްސް ބައެއް ހޮސްޕިޓަލްތަކަށް ފޯރުކޮށްދެމުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
މޮޓޯ ސައިކަލަށް ހިދުމަތްދޭ އައު ސާވިސް ސެންޓަރެއް އިހަވަންދޫގައި ހުޅުވައިފި
22 - ޖެނުއަރީ - 2026
އިހަވަންދޫގައި އާޓިފިސިއަލް ބީޗެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
6 - ޖެނުއަރީ - 2026
އިތުރު، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިހަވަންދޫގައި އަޅަނީ!
30 - މާރިޗު - 2025
އަތޮޅު ފެންވަރުގެ ފުލުހުންގެ މަރުކަޒެއް، އިހަވަންދޫގައި އިމާރާތްކުރުމަށް އާރުޑީސީއާއި ހަވާލުކޮށްފި
27 - މާރިޗު - 2025
އިހަވަންދޫގައި ޔޫތް ސެންޓަރެއް އަޅާދޭނެ ބަޔަކު ހޯދަނީ
29 - ނޮވެމްބަރު - 2021
އިހަވަންދޫގައި އައު ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބޭނުންވާ ބިން ހަވާލުކޮށްފި
4 - އޮކްޓޯބަރު - 2020
ދެވަނަ ދައުރަކަށް އިންތިހާބު ކޮށްފިނަމަ، އިހަވަންދޫގައި ކުނި މެނޭޖުމަންޓް ސެންޓަރެއް ހަދަނީ ...
20 - އޮގަސްޓު - 2018
އޯޕަން ސްޓޭޖް ގޯތިތެރޭގައި މައިޒާނެއް ހަދައިދިނުމަށް 'މެކްސްއެމް' އާއި ހަވާލުކޮށްފި...
27 - އޮކްޓޯބަރު - 2026
ދިއްދޫގައި 30 ޓަނުގެ އައިސްޕްލާންޓާއް ހަދަން ބަޔަކާ ހަވާލުކޮށްފި
22 - އޮކްޓޯބަރު - 2026
އިހަވަންދޫގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ލައިސަންސް ނެގުމުގެ ފުރުސަތު ހުޅުވާލައިފި
21 - އޮކްޓޯބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް